އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ ޖުމްހޫރީވެރިކަމުން ފެށިގެން ބެލިނަމަވެސް ބަހާ ޢަމަލުގެ އިތުރުން ހުންނަވާ ސިފައިން ތިމާއަކީ މުސްލިމެއްކަން ދައްކަވާލައްވަން ކެރިވަޑައިގެންނެވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުޢިއްޒު

ދެވަނަ ޖުމްހޫރީވެރިކަމުން ފެށިގެން ބެލިނަމަވެސް ބަހާ ޢަމަލުގެ އިތުރުން ހުންނަވާ ސިފައިން ތިމާއަކީ މުސްލިމެއްކަން ދައްކަވާލައްވަން ކެރިވަޑައިގެންނެވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

މީހުން ދައްކާ ވާހަކަތައް ކަންފަތަށް އަޑުއިނު ނަމަވެސް ޤަބޫލުކުރަންޖެހޭނީ ޢަމަލުތަކުގެ މައްޗަށް ބަލައިގެންނެވެ. ތިމާއަކީ އިސްލާމް ދީނަށް ނަޞްރުދޭނެ މީހަކު ކަމަށް ބުނި ނަމަވެސް އެކަން ޢަމަލުން ނުދެއްކޭނަމަ އެވާހަކަ ޤަބޫލުކުރުމެއް ނެތެވެ. އެހެނީ އިސްލާމް ދީނަކީ އެމީހަކު ބުނާ ބަހާއި އެއްގޮތަށް ޢަމަލުކުރުމުގެ ދީނެވެ. ޢަމަލުނުކުރާނަމަ އެކަން ހިމެނިގެންދާނީ މުނާފިޤުންގެ ސިފަތަކުގެ ތެރެއިންނެވެ. 

ނިމިގެންދިއަ ސަރުކާރުގައި އަބަދުވެސް ޖެހުނީ ވާހަކައަޑުއަހާށެވެ! އިސްލާމް ދީނަށް ނަޞްރުދޭނެ ވާހަކައާއި އިސްލާމް ދީނުގެ މަގުގައި ދަރިވަރުން ތަރުބިއްޔަތުކުރާނެ ކަމުގެ ވާހަކަތައް މެދު ނުކެނޑި އަޑުއެހީމުއެވެ. ކޮންމެ ދަރިވަރަކު ދެން ދުވަސްފަށާނީ ފަތިސްނަމާދުކުރުމުން ކަމަށްވެސް އިޢުލާނުކުރިއެވެ. 

ސުވާލަކީ ޢަމަލީ ގޮތުން އެއިން އެއްވެސް ކަމެއް ތަންފީޒުކުރަން، ނުވަތަ ތަންފީޒުކުރަން ބާރުއަޅަން 5 އަަހރު ނިމިގެންދިއައިރުވެސް ސަރުކާރުން ކުރީ ކޮންކަމެއް ހެއްޔެވެ؟ ޤައުމީ ޔުނިވަސިޓީގެ ތެރެއަށް ކްރިސްޓިއަން ދީން ވައްދައި ކުރަހައި ކުރެހުން ޢާންމުކުރުން ނޫން ކަމެއް ކުރިތަން ފެނުނުހެއްޔެވެ؟ އިސްލާމް ދީން ނިކަމެތިކުރުން ނޫން އެއްވެސް ކަމެއް ކުރިހެއްޔެވެ؟ 

ރާއްޖޭގެ އިސްލާމީވަންތަކަމާއި އެއްދީންވަނަތަކަން ފުހެލަން ފައުޅުގައި މަސައްކަތް ކުރަމުން ގެނދިއަތަން ރައްޔިތުންގެ ލޯތަކަށްވަނީ ކިތަންމެ ރަނގަޅަކަށްވެސް ފެނިފައެވެ. އެކަންކަމަށް ކެތް ނުކުރެވިގެން އިސްލާމް ދީން ދެކެ ލޯބިވާ ރައްޔިތުން ކުރަމުންދިއަ ދުޢާ ޢިޖާބަކުރައްވަވައި ﷲ ތަޢާލާ މިވަނީ އެކަލާނގެ ދީނަށް ނަޞްރުދެއްވާނެ ވެރިއަކު ކުރިމަތިކުރައްވަވައިފައެވެ. 

ފާއިތުވި ފަސް މަސްދުވަހު އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކުން އެކަނިވެސް މިވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެކަންކަން މިވަނީ ރައްޔިތުންނަށް ފެނި ތަޖުރިބާކުރަން ލިބިފައެވެ. 

މީގެ އިތުރުން ދެވަނަ ޖުމްހޫރީވެރިކަމުން ފެށިގެން ބެލިނަމަވެސް ބަހާ ޢަމަލުގެ އިތުރުން ހުންނަވާ ސިފައިން ތިމާއަކީ މުސްލިމެއްކަން ދައްކަވާލައްވަން ކެރިވަޑައިގެންނެވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަން އެއީ ދުވާލުގެ އިރުފަދައިން ފެންނަން ހުރި ޙަޤީޤަތެކެވެ. 

ﷲ ތަޢާލާގެ ދީނަށް އެފަދަ އިޚްލާޞްތެރި ވެރިއަކަށް މަޖިލީހުގެ އަޣްލަބިއްޔަތުލިބިވަޑައިގެންފިނަމަ އިސްލާމް ދީނަށް ޤާނުނުތަކުގައި މިހާރުހުރި ގޮންޖެހުންތައް އިޞްލާޙްކުރައްވަވާނެކަން އެއީ ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ. ވީމާ މިހާރު ފާސްކޮށްފައިވާ ޤާނޫނުތަކުން ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ތަންފީޒުކުރަން އެޅިފައި ހުރި ހުރަސްތައް ނައްތާލުމަށްޓަކައިވެސް މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު އެމަނިކުފާނަށް އެރުވުމަކީ މުސްލިމެއްގެ ޙައިޞިއްޔަތުންވެސް ކޮންމެ ރައްޔިތަކުވެސް އަދާކުރަންޖެހިފައިވާ މަސްއޫލިއްޔަތެކެވެ. 

ލޮބުވެތި ރައްޔިތުންނޭވެ! އަމިއްލަ ވިސްނުމާއި ނިޞްބަތްވާ ޕާޓީގެ ވިސްނުން އެއްކިބާކުރާށެވެ! ހުހާ އެންމެންވެސް މިތިބީ ﷲ ތަޢާލާގެ ޕާޓީއެވެ. ވީމާ ﷲ ތަޢާލާގެ ޕާޓީއަށް ތާއީދުކުރައްވައި ވޯޓުދެއްވާށެވެ! ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހަކަށް ﷲޣ ތަޢާލާ ނަބްރުދެއްވަވާނެތެވެ. އިން ޝާ ﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް