އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރުމުއްދަތެއްގައިވެސް ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށްދެއްވައިފި! މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ލިބިއްޖެނަމަ ބޮޑުތަނުން އިތުރަށް ލުއިވެގެންދާނެ! އިން ޝާ ﷲ

ކުރުމުއްދަތެއްގައިވެސް ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށްދެއްވައިފި! މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ލިބިއްޖެނަމަ ބޮޑުތަނުން އިތުރަށް ލުއިވެގެންދާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

މިހައިތަނަށް ރައްޔިތުންނަށް ފެންނަމުން އައީ ވެރިކަން ހޯދަން ވާވަޢުދުތައް ވެރިކަން ލިބުމުން ހަނދުމަ ނެތިކޮށްލާތަނެވެ. އަބަދުވެސް ކޮންމެވެސް ބަހަނާތަކެއް ދައްކަމުން ގެންދާތަނެވެ. ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަނޑާއި ފަޅުން ގޯތިދޭންޖެހުންވެސް އެއީ އެކަމުގެ ހެއްކެކެވެ. 

ކޮންމެއަކަސް މިއަދު ވެރިކަމުގައި ހުންނެވި ރައީސް، ރައީސ ޑރ. މުޙައްމަދު މުޢިއްޒު މުޅިން ތަފާތެވެ. ވެވަޑައިގެންނެވި ވަޢުދުތައް އަކުރުން އަކުރަށް ލިޔުއްވަވައި ރައްޔިތުންނަށް ހާމަކުރައްވައިފިއެވެ. 14 ހަފްތާތެރޭގައި ކޮށްދެއްވަން ވަޢުދުވެވަޑައިގެންވި ކަންކަން ފުރިހަމަކުރައްވަވައި އެއަށްވުރެ އިތުރަށްވެސް ކަންކަން ކޮށްދެއްވައިފިއެވެ. އަދި މިހާރުވެސް ގެންދަވަނީ ކޮށްދެއްވަމުންނެވެ. 

5 އަހަރުންވެސް ނުނިންމުނު ވީއައިއޭގެ މަސައްކަތް ނިންމައި 2 ވަނަ ޓާމިނަލް ހުޅުވަން ތައްޔާރުވަނީއެވެ. އުފުލެމުންދިއަ ޑޮލަރުގެ އަގު ދަމައި ބޮޑުތަނުން މިހާރުވެސް ބޮޑުތަނުން ތިރިކުރައްވައިފިއެވެ. 

ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލްވެއްޖެއެވެ. ނިމިގެންދިއަ ރަމަޟާން މަހަކީ ކާބޯތަކެތީގެ އަގުތައް އެންމެ ބޮޑަށް ކޮންޓްރޯލްކުރެވިފައި ހުރި ރަމަޟާން މަހެވެ. ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދެއްވައި ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށްދެއްވައިފިއެވެ. މިފަދަ އެތައް ކަމެއް ކޮށްދެއްވައިފިއެވެ. މިއީ ފާއިތުވި އެއްވެސް ވެރިކަމެއްގައި ފެނުނު ކަންތައްތަކެއް ނޫނެވެ. 

ވީމާ ރައްޔިތުންނަށް އޮތީ ޝުކުރުވެރިވުމެވެ! މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކެންޑީޑޭތުންނަށް ވޯޓުލައި އެމެންބަރުންތައް އިންތިޚާބުކުރުމެވެ. އެކަން އެގޮތަށް ކޮށްފިނަމަ ސީދާ ރައްޔިތުންގެ ޖީބުތަކަށް ކުރާ ފައިދާ ބޮޑުތަނުން އިތުރުވެގެންދާނެކަން ޔަޤީން ނޫންތޯއެވެ؟

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް