އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ނޫނީ ސިޔާސީ ކަމެއްގަ ސަޖިދައިގަ ކަރުނައެއް ނޭޅޭ! އެޅުނު ކަރުނަ ހިންމަވައިދެއްވައިފި! އިން ޝާ ﷲ

މިއަދު ނޫނީ ސިޔާސީ ކަމެއްގަ ސަޖިދައިގަ ކަރުނައެއް ނޭޅޭ! އެޅުނު ކަރުނަ ހިންމަވައިދެއްވައިފި! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ރާއްޖޭގައި އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކޮށްދެއްވެވުން އެދި އަބަދުވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަމެވެ. މިދިވެހި ފަސްގަނޑުން އިސްލާމީ ވަންތަކަން ފުހެވިގެން ނުދިއުމަށާއި ބޭރުގެ ބާރާއި ނުފޫޒުތަކުން ސަލާމަތްކުރެއްވެވުން އެދިގެންނެވެ. 

މިއަދުވެސް އަސަރާއިއެކު ދުޢާކުރީމެވެ. ސަޖިދައިގައިވެސް ދުޢާކުރީމެވެ. މިއަދަކީ މިފަދައިން ކުރި ދުޢާއެއްގައި ކަރުނަ އެޅުނު ފުރަތަމަ ދުވަހެވެ. ﷲ ތަޢާލާ މިވަނީ މުޅި ދިވެހި އުންމަތަށް ނަޞްރު ދެއްވަވައިފައެވެ. 

މީސްތަކުންގެ މަކަރުވެރި ރޭވުންތައް ﷲ ތަޢާލާ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ. ރައްޔިތުން ތިބީ ހެޔޮ ބަސް އަހައި ޤަބޫލުކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން ކަމުގައިވާނަމަ ﷲ ތަޢާލާ ނަބްރުދެއްވަވާނެތެވެ! އިން ޝާ ﷲ 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އިންތިޚާބަކީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނުނަމަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކޮށް ޕާކިސްތާނުގައި އިމްރާން ޚާނަށް ހެދިގޮތް ހަދާލަން ފުރުޞަތު ލިބޭނެކަމުގެ އުންމީދުގައި ބައަކު މޮޔަވި އިންތިޚާބެކެވެ. މިއިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއަކީ ﷲ ތަޢާލާގެ ދީނަށާއި މުޅި ދިވެހި ޤައުމަށް ލިބިގެންދިއަ ބޮޑު ކާމިޔާބީއެކެވެ. ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ނަޞްރެކެވެ. އިން ޝާ ﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް