އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޤްވާވެރިކަން ހީނަރުވިޔަނުދީ ނަގަހައްޓަން ބޭނުންވާނަމަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންތައް-: ޝައިޚް ޢާޞިމް އަލްޙަކީމް

ތަޤްވާވެރިކަން ހީނަރުވިޔަނުދީ ނަގަހައްޓަން ބޭނުންވާނަމަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންތައް-: ޝައިޚް ޢާޞިމް އަލްޙަކީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އެމީހުންގެ އީމާންކަން ކުޑަވާތީ، ނުވަތަ އެއް މިނެއްގައި ނުހިފެހެއްޓޭތީ ގިނަ ބައަކު ކައުންސިލިންގ ހޯދައެވެ. އެމީހުންނާއި އަހުރެން ސުވާލެއް ކުރަމެވެ. އެސުވާލަކީ ތިބާގެ ފޯނުގައި ކިތައް އެކުވެރިންގެ ނަންބަރު ސޭވްކުރެވިފައިވޭތޯއެވެ؟ ޖަވާބުގައި 500 ނަންބަރުކަމަށް ބުނެފާނެއެވެ. 

ދެން އަހުރެން ކުރާ ސުވާލަކީ އެއިގެ ތެރޭގައި ފަރުޟު 5 ނަމާދާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވެ، ރޭއަޅުކަންކޮށް، ޛިކުރުކުރާ ކިތައް މީހުން ހިމެނޭތޯއެވެ؟ ޖަވާބުގައި ބުނަނީ އެންމެ 2،3 މީހުން ކަމަށެވެ. 

ދެން އަހުރެން ކުރާ ސުވާލަކީ އެ 2،3 މީހުންނާއި ބައްދަލުކޮށް ވާހަކަދައްކައި ހަދަނީ ކިތައް ދުވަހުންތޯއެވެ؟ ޖަވާބުގައި ގިނައިން ބުނެފައި ހުރީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ކަމަށެވެ.

މީސްތަކުންނޭވެ! އީމާންކަން ކުޑަވާ އެއް ސަބަބަކީ މިއީއެވެ. ހެޔޮލަފާ މީހުންނާއި ގުޅުން ނުބޭއްވޭކަމެވެ. އެމީހުންނާއިއެކުގައި ވަޤުތު ހޭދަނުކުރެވޭކަމެވެ. ދީނުގެ ކަންކަމަށް ވާހަކަދައްކައި އީމާންކަން ތާޒާކުރަން މަސައްކަތް ނުކުރެވޭކަމެވެ. 

ޞަޙާބީން އެމީހުންގެ އީމާންކަން ނަގަހއްޓަން އެންމެ ގިނައިން ކުރައްވައި އުޅުއްވެވި އެއްކަމަކީ ގިނަގިނައިން ދީނުގެ ވާހަކަތައް ދައްކަވައި އުޅުއްވެވުމެވެ. ވީމާ އަހުރެމެންވެސް އަހުރެމެންގެ އީމާންކަން ނަގަހައްޓަން ބޭނުންވާނަމަ އެކަންކުރަންޖެހޭނެއެވެ. ތަޤްވާވެރިން ނޫން މީހުންނާއި ދުރުހެލިވާންޖެހޭނެއެވެ. ތަޤްވާވެރިކަމުގައި ޘާބިތުވެހުރެވޭނީ އެއިރުންނެވެ. 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް