އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިކަމެތިވެ ބައިވެރިޔާއާ ނުލާ ނޫޅެވޭނެ ޙާލަތެއް ޖެހުމުން ނޫނީ ބައިވެރިޔާގެ އަގުވަޒަން ނުކުރެވޭކަން- ވަރަށް ގިނަ އެކަމަކު ބޮޑު މައްސަލައެއް!

ނިކަމެތިވެ ބައިވެރިޔާއާ ނުލާ ނޫޅެވޭނެ ޙާލަތެއް ޖެހުމުން ނޫނީ ބައިވެރިޔާގެ އަގުވަޒަން ނުކުރެވޭކަން- ވަރަށް ގިނަ އެކަމަކު ބޮޑު މައްސަލައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ނިޢުމަތަށް ޝުކުރުވެރިނުވެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. ނިޢުމަތް ދެއްވެވީ ﷲ ތަޢާލާކަން ސިކުނޑިން ފުހެލުވަނީ ޝައިޠޯނާއެވެ. އަދި އެކަމަކީ ތިމާގެ މޮޅުކަމުން ޙާޞިލްކުރެވުނު ކަމެއްކަން ވިސްނައިދެނީ ޝައިޠޯނާއެވެ. އެކަންކަން ޝައިޠޯނާ ބުނާގޮތަށް ބަލައިގަނެވެނީ ތަޤްވާވެރިކަން ކުޑަވުމުންނެވެ.

އިމްތިޙާނެއްގެ ގޮތުން މެދުވެރި ކުރައްވަވާ ޙާލަތްތަކުގައި މެނުވީ ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާ ނިޢްމަތްތައް އަނބުރައި ގެންދަވަނީ އެމީހަކު އެ ނިޢްމަތަށް ޝުކުރުވެރިނުވުމުންނެވެ ވީމާ ރަނގަޅު ޞިއްހަތެއްގައި ލެހެއްޓެވުމުން ﷲ ތާޢާލާގެ މަތިން ހަނދުމަކޮށް ޝުކުރު ނުކުރާނަމަ، އަޅުކަން ނުކުރާނަމަ، އެ ނިޢްމަތް އަނބުރައި ގެންދަވާނެތެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.

އެހާލަތުގައި ބުނަން ޖެހޭނީ އެއީ އަހަރެމެން އަމިއްލައަށް ލިބިގަތް ހާލަތެއް ކަމަށެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އަޅުކަން ކުރަން ހަނދާންވަނީ ބޮޑު ބައްޔެއް ޖެހުމުންނެވެ. ނުވަތަ ބޮޑު މުޞީބާތެއް ޖެހުމުންނެވެ. ޞަދަޤާތްކުރަން ހަނދާންވަނީ ފަޤީރުވުމުންނެވެ. ތަނަވަސްކަމުގައި ހުންނައިރު ޞަދަޤާތްކުރުން މަތިން ހަނދާނެއް ނުހުރެއެވެ.

އަނބިމީހާގެ އޯގާތެރިކަން ހަނދާންވަނީ ވެސް ގެއިން ބޭރަށް ނުނުކުމެވި ކޮންމެ ކަމަކަށްވެސް އަނބިމީހާގެ އެހީތެރިކަމަށް އެދެން ޖެހުމުންނެވެ. ހަމަ އެގޮތަށް ބައެއް އަނބިންނަށް މިހާރަކަށް އައިސް ފިރިމީހާގެ އޯގާތެރިކަން އެނގެނީ ވަރުގަދަ ލަގާއެއް އެހެން ފިރިހެނެއްގެ ކިބައިން ލިބުމުންނެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިހާރު ކަންތައްތައްވަމުން އަންނަ ގޮތެވެ. ގިނަ ބައަކު ކުރަމުން ގެންދާ ތަޖުރިބާއެވެ.

މީސްތަކުންނޭވެ! ގިނަ މީހުންނަކީ އެމީހުންނަށް ނިޢްމަތެއް ދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިލާ ބައެކެވެ. މިސާލަކަށް ހަޔާތުގެ ބައިވެރިއަކު ދެއްވެވުމުން މުނާސަބާތައް ފާހަގަކުރާއިރު ﷲ ގެ މަތިން ހަނދާނެއް ނުހުރެއެވެ. ޢީދެއް އަތުވެއްޖެނަމަ ހަނދާނެއް ނުހުރެއެވެ. އެންމެ ކުޑަމިނުން ދަރިއަކު ދެއްވެވުމުން ޝުކުރުކޮށްލަންވެސް ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެކަމުން އެނގެނީ އެމީހުންގެ ކިބައިގައި ތަޤްވާވެރިކަން ކުޑަވެފައިވާ މިންވަރެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް