އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާ ގޮވާ އަޑުއިވުން: ﷲ ތަޢާލާގެ ފަޟްލްވަންތަކަމަށް އެދި ދުޢާކުރަން ލިބޭ ރަނުގެ ފުރުޞަތެއް!

ހާ ގޮވާ އަޑުއިވުން: ﷲ ތަޢާލާގެ ފަޟްލްވަންތަކަމަށް އެދި ދުޢާކުރަން ލިބޭ ރަނުގެ ފުރުޞަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

މިހާރު މާލޭގައި ކުކުޅު ހާ ނުގެންގުޅޭތީ ހާގޮވާއަޑު ނުއިވިދާނެއެވެ. މިހާރުވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ކުކުޅު ހާ ގެންގުޅޭތީ ހާގޮވާއަޑު އިވޭނެއެވެ. ވީމާ އެއީ ބޭނުން ހިފަން އަގުހުރި ފުރުޞަތެކެވެ. 

ހާ ގޮވާ އަޑުއިވުމުން ދުޢާކުރުން: 

(صحيح) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا…)) [رواه البخاري / كتاب: بدء الخلق / باب: خير مال المسلم… / رقم: ٣٣۰٣] 

މާނައީ: " އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން އެއަށް މަލާއިކަތެއް ފެނިއްޖެއެވެ" 

-އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ބަސްފުޅަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް