އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވާލެއް!: ކައިވެނިކުރަން އެންމެ ރަނގަޅީ ތަޖުރިބާލިބިގެންހުރި މިއަންހެންމީހާ އެބުނާ ފަދަ މީހަކާތަ؟

ސުވާލެއް!: ކައިވެނިކުރަން އެންމެ ރަނގަޅީ ތަޖުރިބާލިބިގެންހުރި މިއަންހެންމީހާ އެބުނާ ފަދަ މީހަކާތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

އަހަރެންނަކީ 70 އަހަރުވެފައިވާ އަންހެނަކީމެވެ. ކައިވެނިކުރީ ޢުމުރުން 20 އަހަރުގައެވެ. ކައިވެންޏަށް 18 އަހަރުގައި، ޢުމުރުން 48 އަހަރުގައި ކައިވެނި ރޫޅިއްޖެއެވެ. އެދުވަހުން ފެށިގެން ދިރިއުޅެމުން މިއަންނަނީ އެކަންޏެވެ. 

އެކަނި ދިރިއުޅެން ނިންމީ ފިރިއަކަށް ބޭނުން ނުވާތީއެއް ނޫނެވެ. ކަންކަން މެދުވެރިވި ގޮތުން އިތުރު ކައިވެންޏެއް ކުރާނެ ހިތްވަރު ނުލިބުނީއެވެ. ހިތްވަރު ހޯދަން މަސައްކަތްކުރާނެ ހިތްވަރުވެސް ނުލިބުނީއެވެ. އެކަނި ދިރިއުޅެމުންވެސް އުފަލުގައި ދިރިއުޅެވޭނެ މަގުތައް ވަނީ ފަހިކުރެވިފައެވެ. 

އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަންއޮތްވާހަކައަކީ ކައިވެނިކުރަން ލޯބިވާންވީ ރީތި ސިފަތައް ހަށިގަނޑުގައި ހުންނަ މީހަކުދެކެއެއް ނޫނެވެ. އެހެނީ ކައިވެނި ވާންޖެހޭނީ ޢުމުރަށް އެކުގައި ދިރިއުޅުމަށް ވެވޭ އަހުނުނާމާއަކަށް ކަމުގައިވާތީއެވެ. 

އެފަދަ އަހުދުނާމާއެއްގެ ފައިދާ ބޮޑަށް ކުރާނީ ތިމާގެ ޙަޤީޤަތް ދަންނަ ގާތް އެކުވެރިއެއް، ރަޙްމަތްތެރިއެއް ފަދަ މީހަކާއި ކައިވެނިކުރުމުންނެވެ. ސަބަބަކީ އޭނާއަކީ ހަޤީޤީ ރަޙްމަތްތެރިއަކުނަމަ އަނެކާގެ މައްޗަށް ކުލުނު ހުންނާނެއެވެ. އަނެކާއަށް ދެރަގޮތެއް ވުމަކަށް ނުއެދޭނެއެވެ. އަދި އެހީތެރިވާންވެސް ބޭނުންވާނެއެވެ. 

ސުވާލަކީ ކައިވެނިކުރަން އެންމެ ރަނގަޅީ ތަޖުރިބާލިބިގެންހުރި މިއަންހެންމީހާ އެބުނާ ފަދަ މީހަކާކަމަށް މިއަދުނޫހުގެ ކިޔުންތެރިން ޤަބޫލުކުރައްވަމުތޯއެވެ؟

- އަލަފް / މިއަދުނޫސް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް