އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިއަކު ލިބުމުން ކުރަންވީ ކޮންކަންތައްތަކެއްތޯ؟

ދަރިއަކު ލިބުމުން ކުރަންވީ ކޮންކަންތައްތަކެއްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 15 މިނެޓް, 56 ސިކުންތު

ދަރިއަކު އުފަންވުމުން ކުރަންޖެހޭ ކަންތައްތައް: 

1.     ތަޙްނީކް ކުރުން: 

ތަޙްނީކްކުރުމަކީ ކަދުރުކޮޅެއް ޗިސްކޮށްލުމަށްފަހު އޭގެ ދިޔަ ކުއްޖާގެ ތަލީގައި ކާއްތާލުމެވެ. ނުވަތަ ކުއްޖާއަށް އޭގެ ރަހަ ފޯރުކޮށްދިނުމެވެ. ކަދުރު ނުލިބުނު ނަމަ މާމުއި ފަދަ ކޮންމެވެސް ފޮނިއެއްޗަކުންނެވެ. މިއީ މުސްތަޙައްބުކަމެކެވެ. ދަލީލު: 

 عَنْ عَائِشَةَ رضي الله عنها أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُؤْتَى بِالصِّبْيَانِ فَيُبَرِّكُ عَلَيْهِمْ وَيُحَنِّكُهُمْ-روى البخاري (6355) ومسلم (286) – واللفظ له 

"ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ކުދީން(އަލަށް އުފަންވާ) ގެނެވޭކަމުގައިވިއެވެ. ދެންފަހެ އެކަލޭގެފާނު އެކުދީންގައި ބަރަކާތް ލެއްވުމަށްއެދި ދުޢާކުރައްވާ އެކުދީން ތަޙްނީކްކުރައްވަތެވެ." 

2- ނަންކިޔުން: 

ކުއްޖާ އުފަންވާ ދުވަހު ނުވަތަ ތިންވަނައަށް ވާދުވަހު ނުވަތަ ހަތްވަނަދުވަހުވެސް ނަންދެވިދާނެއެވެ. މިތިންގޮތަކީވެސް ސުންނަތުގައި އައިސްފައިވާ ގޮތްތަކެވެ. ކުއްޖާއަށް ކިޔަންވާނީ މާނަ ރިވެތި އިސްލާމީ ނަމެކެވެ. ދަލީލު: 

 عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللهِ صَلَى اللهُ عَلَيْهِ وَسَلَّمِ : ” وُلِدَ لِي اللَّيْلَةَ غُلاَمٌ فَسَمَّيْتُهُ بِاسْمِ أَبِي إِبْرَاهِيْمَ .. "

 . رواه مسلم ( 3126 ) . 

"އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް މިރޭ ދަރިއަކު ލިބިއްޖެއެވެ. ތިމަންކަލޭގެފާނުގެ ކާބަފާކަލުން އިބްރާހީމްގެ ނަމުން އެދަރިފުޅަށް ތިމަންކަލޭގެފާނު ނަންދީފީމެވެ."

2.     ޢަޤީޤާ ކަތިލުން:  

ފިރިހެން ކުއްޖެނަމަ ދެބަކަރިއެވެ. އަންހެން ކުއްޖެއްނަމަ އެންމެ ބަކަރިއެކެވެ. ޢަޤީޤާ ކަތިލާނީ ހަތްވަނަ ދުވަހުއެވެ.
ދަލީލު: 

عن سمرة عن رسول الله صلى الله عليه وسلم قال : كُلُّ غُلاَمٍ مُرتَهِنٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُسَمَّى فِيهِ وَيُحْلَقُ رَأْسُهُرواه الترمذي ( 1522 ) والنسائي ( 4220 ) وأبو داود ( 2838 ) .

والحديث : صححه الألباني " الإرواء " ( 4 / 385 )  

"ސަމުރަތު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ‘ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ މައްޗަށް ޢަޤީޤާ ކަތިލަން ޖެހޭނެ ކުއްޖެކެވެ. އެކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު އެކުއްޖާގެ މަތިން ޢަޤީޤާ ކަތިލެވެއެވެ. އަދި އެދުވަހުގައި ނަންދެވެއެވެ. އަދި އެކުއްޖާގެ ބޯ ބޭލެއެވެ."  

ފިރިހެން ކުއްޖެއްނަމަ ދެބަކަރި އަދި އަންހެން ކުއްޖެއްނަމަ އެއްބަކަރި ކަތިލަންޖެހޭނެކަމުގެ ދަލީލަކީ: 

عَنْ أُمِّ كُرزٍ أَنَّهَا سَأَلَتْ رَسُولَ اللهِ صَلَى اللهُ عَلَيْهِ وَسَلَّمَ عَنِ الْعَقِيْقَةِ ، فَقَالَ عَلَيْهِ الصَّلاَةُ وَالسَّلاَمُ : ( عَنِ الْغُلاَمِ شَاتَانِ ، وَعَنِ الأُنْثَى وَاحِدَةٌ ، لاَ يَضُرُّكُمْ ذُكْرَاناً أَمْ إِنَاثاً ) . رواه الترمذي ( 1516 ) والنسائي ( 4217 ) و صححه الألباني في " إرواء الغليل " ( 4 / 391 ) .  

"ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަރިހުގައި، އުންމު ކުރްޒު ޢަޤީޤާއާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. "ފިރިހެން ކުއްޖަކަށް ދެ ބަކަރިއެވެ. އަންހެން ކުއްޖަކަށް އެއް ބަކަރިއެކެވެ. އެއީ ފިރިހެން އެއްޗަކަށް ވިޔަސް ނުވަތަ އަންހެން އެއްޗަކަށް ވިޔަސް ތިޔަބައިމީހުންނަކަށް ގެއްލުމެއް ނެތެވެ." 

3. ބޯބޭލުން އަދި ބޮލުގެ އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތްކުރުން:  

ދަލީލު:  

عَن علي رضي الله عنه عن النبيصلى الله عليه وسلمأنه قال: ( عَقَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ الْحَسَنِ بِشَاةٍ وَقَالَ يَا فَاطِمَةُ احْلِقِي رَأْسَهُ وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً قَالَ فَوَزَنَتْهُ فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ ) روى الترمذي (1519) وحسنه الشيخ الألباني في صحيح الترمذي.  

"ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޙަސަން ރަޟިޔަﷲ ޢަންހުއަށް ޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަކައްޓެއް ޢަޤީޤާގެ ގޮތުގައި ކަތިލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. އޭ ފާޠިމާ އެވެ. ދަރިފުޅުގެ ބޯބާލާފައި އިސްތަށީގެ ބަރުދަން ބެލުމަށްފަހު އޭގެ ބަރުދަނަށް ރިހިން ޞަދަގާތް ކުރާށެވެ. ޢަލީގެފާނު ވިދާޅުވިއެވެ. ތިމަންނާ އެއިސްތަށި ބަރުދަންބެލީމެވެ. ބަރުދަނަކަށް ހުރީ ދިރްހަމެއް ނުވަތަ ދިރުހަމެއްގެ ބައެއްގެ ބަރުދަނެވެ." 

 އަންހެންކުއްޖާގެ ބޯ ބޭލުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. އެކަމުގެ ރާޖިޙުގޮތަކީ (އެންމެ ޞައްޙަގޮތަކީ) އަންހެން ކުއްޖެއްކަމުގައިވިޔަސް ބޯ ބޭލުމެވެ. 

4.  ޚިތާނުކުރުން:  

ޚިތާނުކުރުމަށް ވަކި ޚާއްޞަ ދުވަހެއް ކަނޑައެޅިފައެއް ނެތެވެ. ހަތްވަނަ ދުވަހުގައި ނުވަތަ އަހަރު ފަހުންވެސް ޚިތާނުކުރެވިދާނެއެވެ. އެހެންނަމަވެސް ކުއްޖާ 7 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ޚިތާނު ނުކޮށް ބެހެއްޓުން ޢިލްމުވެރިން އެއީ އެދެވިގެންނުވާ ކަމެއްކަމުގައި ވިދާޅުވެއެވެ. ފިރިހެން ކުދިން ޚިތާނުކުރުމަކީ ވާޖިބެކެވެ. އަންހެން ކުދިން ޚިތާނުކުރުމަކީ ސުންނަތެކެވެ. عَنْ أَبِي هُرَيْرَةَخَمْسٌ مِنَ الْفِطْرَةِ الْخِتَانُ وَالاسْتِحْدَادُ وَنَتْفُ الإِبْطِ وَتَقْلِيْمُ الأَظْفَارِ وَقَصُّ الشَّارِبِ ” . رواه البخاري ( 5550 ) ومسلم ( 257 ) .  

ދަލީލު: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "ފިޠުރަތުގެ ތެރެއިން ފަސްކަމެއް ވެއެވެ. އެއީ ޚިތާނުކުރުމާއި ލަދުވެތި ގުނަވަންތަކުގެ އިސްތަށިބޭލުމާއި ކިހިލިފަތުގެ އިސްތަށި ލުއްސުމާއި ނިޔަފަތި ކެނޑުމާއި މަތިމަސް ކުރުކޮށް ކޮށުމެވެ." 

އުފަންވާ ކުއްޖާގެ ކަންފަތްދޮށުގައި ބަންގިގޮވުމަކީ ނުވަތަ ޤަމަތްދިނުމަކީ، ބައެއް ސަލަފުއްޞާލިޙުންގެ ކިބައިން ވާރިދުވެފައިވާ ކަމެއްކަމުގައި ވިޔަސް އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޘާބިތުވާ ކަމެއް ނޫނެވެ. އަދި އެކަން ކުރުމަށްޓަކައި އައިސްފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. 

ކުއްޖާ އުފަންވާތާ ހަތްވަނައަށް ވާދުވަހު މާލޫދުކިޔުމަކީ ރާއްޖޭގައި ވަރަށް ގިނައިން ކުރަމުން އަންނަ ކަމެކެވެ. އެކަން ކުރުމަކީ ކަނޑައެޅިގެން ބިދުޢައެކެވެ. އެކަމުގެ ސަބަބުން އެކުއްޖާއަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އަދި ކިޔެއްތަ ބިދުޢައިގެ އަދި ޝައިޠާނާގެ ނުރައްކަލާ ކުރިމަތިލާން ޖެހުން ނޫންކަމެއް މާލޫދު ކިޔުމުގެ ސަބަބުން ނުވެއެވެ. 

އައްޝައިޚު މުޙައްމަދު ޝާފިޢު  

(މައުލޫދު ކިޔުމަކީ ކުރިން ކުރަމުން އައި ކަމެއް ނަމަވެސް ފަހަކަށް އައިސް އެއީ ބިދުޢައެއްކަން އެނގުމުން މައުލޫދު ކިޔުން ވަނީ ހުއްޓާލައިފައެވެ. މިއީ ޝައިޚްގެ ކުރީގެ ލިޔުއްވުމެކެވެ.)

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް