އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ އަންހެނުންނަށް އެމީހުންގެ ލޯބިވެރިން ގެއްލޭ ސަބަބަކީ އަންހެނުންގެ އަނގަ ގަދަކަން ކަމަށް ޤަބޫލުކުރާނަންތަ؟

ގިނަ އަންހެނުންނަށް އެމީހުންގެ ލޯބިވެރިން ގެއްލޭ ސަބަބަކީ އަންހެނުންގެ އަނގަ ގަދަކަން ކަމަށް ޤަބޫލުކުރާނަންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

 

ފުރަތަމަވެސް ބުނެލާނަމެވެ. މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ތިއަ ކަނަބަލުން ފަދަ އަންހެނަކު ބުނެފައިވާ ބަހެކެވެ. ގިނަ ފިރިހެނުން ވާހަކަ ދައްކާނީ ވަކި ވަރަކަށެވެ. ފުރަތަމަ ފަރިކުރާނީއެވެ. ދެން ޝައުޤުވެރިކުރުވާނީއެވެ. ދެން ޙާޞިލްކުރަން ބޭނުންވާ ކަންތަކުގެ ވާހަކަ ބުނެފައި ނިންމައިލާނީއެވެ.

ނަމަވެސް އަންހެނުން ތަފާތެވެ. ފަށާ ގޮތަށް ނިންމާކަށް ނުއެނގޭނެއެވެ. ވާހަކަތައް ކިޔައިދެމުން ގޮސް ކުރެވިފައި ހުންނަ ހުރިހާ ކަންކަން ކިޔައިދޭނެއެވެ. ކުރެވިފައި ހުންނަ ހުތުރު ކަންތައްތަކުގެ ވާހަކައިން ފެށިގެން ސްކޫލް ދައުރުގައި ފިރިހެން ކުއްޖަކު ކަތިގޮތަކަށް ބަލާލާފައި އޮތްނަމަ އެވާހަކަވެސް ކިޔައިދޭނެއެވެ.

ނަތީޖާއަކަށްވަނީ ހިތުގައި ނުބައި ޝައްކުތަކެއް އުފެދުމެވެ. ނުބައި ތުހުމަތުތަކެއް ކުރެވުމެވެ. ތިމާއަށް ތެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން އުނދަގޫވުމެވެ. އެންމެފަހުން ސީދާ ވަކިވަނީ ކަމަށް ނުބުނި ނަމަވެސް ޢަމަލުން ފެންނާނީ ވަކިވާތަނެވެ.

މިގޮތަށް ކަންތައް ނުކޮށް ބޭކާރު ވާހަކަތައް ނުދައްކައި މުޅި މާޒީ ކިޔައިނުދީ ވާހަކަތައް މަދުކުރާ އަންހެނުންނަށް ލީބިވެރިން ކާމިޔާބުކުރަން ފަސޭހަވެއެވެ. އެއީ ކުރިން މިބުނި ފަދަ މައްސަލަތައް ކުރިމަތިނުވާތީއެވެ. ނުބައި ތުހުމަތުތައް ކުރަން ފުރުޞަތު ނުދޭތީއެވެ. ކޮންމެހެން މާޒީ ރަނގަޅުވެގެނެއް ނޫނެވެ.

ކުރިން ބުނިފަދައިން މިއީ ތަޖުރިބާކާރު އަންހެނަކު ބުނެފައިވާ ވާހަކަކޮޅެކެވެ. މިއަދުނޫހުގެ ކިޔުންތެރިން މިވާހަކަކޮޅަށް އެއްބަސްވަމު ހެއްޔެވެ؟

--އަލަފް / މިއަދުނޫސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް