އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށުސަޖިދަ ޖެހުން: އިމާމް މީހާ ކުރިކުށަކާ ގުޅިގެން އިމާމް މީހާއާ ވަކިން ކުރާ ރަކްޢަތުގަ ކުށުސަޖިދަ ޖަހަން ޖެހޭނެތަ؟

ކުށުސަޖިދަ ޖެހުން: އިމާމް މީހާ ކުރިކުށަކާ ގުޅިގެން އިމާމް މީހާއާ ވަކިން ކުރާ ރަކްޢަތުގަ ކުށުސަޖިދަ ޖަހަން ޖެހޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

"ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވުނީ އިމާމް 1 ރަކްޢަތްކުރި ފަހުންނެވެ. އިމާމް މީހާއަށް އޮޅިގެން 5 ވަނަ ރަކްޢަތަށް ތެދުވެވުނެވެ. ނަމަވެސް ހަނދާންކޮށްދިނުމުން އިށީނދެ އައްތަހިއްޔާތު ކިޔައި ކުށުސަޖިދަކުރުމަށްފަހު ސަލާމް ދިނީއެވެ. ސުވާލަކީ ނަމާދުގެ 4 ރަކްޢަތް ހަމަކުރަން އިމާމް އާއި ވަކިން ކުރި ރަކްޢަތުގައިވެސް ކުށު ސަޖިދަ ޖަހަން ޖެހޭނެ ހެއްޔެވެ؟"  

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އިމާމް މީހާ ކުށު ސަޖިދަކުރުމުން ފަހަތުން ކުށު ސަޖިދަކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އިމާމް މީހާ ސަލާމް ދިނުމުން އިމާމް އާއި ވަކިން ކުރި ރަކްޢަތުގައި ކުށުސަޖިދަ ޖަހަން ނުޖެހޭނެ" ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް