އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުދައްޖާލު ފައުޅުވުމުން 1 ދުވަސް އެއީ 1 އަހަރުދުވަހެވެ!

ބޮޑުދައްޖާލު ފައުޅުވުމުން 1 ދުވަސް އެއީ 1 އަހަރުދުވަހެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ދައްޖާލު 40 ދުވަހު ދުނިޔޭގަ އުޅޭނެކަމަށް އާދޭ. އެގޮތުން އޭނަގެ އެއްދުވަސް އެއް އަހަރުހާ ދިގުވެގެންދާނެ. ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ސަޙާބީން ދަންނަވަނީ، އޭ ﷲގެ ރަސޫލާއޭ، ތިމަންމެން އެދުވަހާ ބައްދަލުކޮށްފިނަމަ ކިހިނެއްހޭ ނަމާދުކުރާނީ. އެހިނދު ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ، އަންދާޒާ ކޮށްފަ ނަމާދުކޮށްލާށޭ. 

އަންދާޒާ ކޮށްފަ. ބައެއް ރިވާޔަތްތަކުގަ އާދޭ އެއީ އެއް އަހަރު ވީމަ، އެ ގާތްގަނޑަކަށް ވަރަށް ގިނަ ދުވަސް އެއީ. ދެވަނަ ދުވަސް އެއް މަސް ހާ ދިގުވާނެ. ތިންވަނަ ދުވަސް އެއް ހަފްތާހާ ދިގުވާނެ އެއަށް ފަހުގާ އަޅުގަނޑުމެންގެ ދުވަސް ގުނަމުންދާ ގޮތަށޭ މިގުނަނީ އެހެންވެގެން ބައެއް ޢިލްމުވެރިން ބަޔާންކޮށްފަވޭ އޭނަ ދުނިޔޭގަ އެހެންވީމަ އުޅޭނެޔޭ 40 ދުވަސް ވެއްޖެނަމަ އެޖުމްލަ ގޮތެއްގާ 2 އަހަރު ބައި ގާތްގަޑަކަށް އޭނަ އުޅޭނޭ ގާތްގަޑަކަށް އުޅޭއިރު އޭނަގެ ފިތުނަ މިހާބޮޑުވެގެންދާނޭ. 

ގިނަ ޔަހޫދީންނާ ނަޞާރާއިން އޭނަޔަށް ތަބާ ވެގެން އަންނާނޭ އަދި މުސްލިމުންގެ ތެރެއިންވެސް އީމާންތެރިކަން ބަލިކަށި އެންމެން ތަބާވެގެން ދާނެ. މިފަދަ ބޮޑެތި ކަންތައްތައް އޭނަ ލޯމައްޗަށް ގެނެސް ދައްކާތީވެ. ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘް ބަސްފުޅެއްގައި އާދޭ، އޭނާ ދައްކާނޭ ނަރަކައަކާ ސުވަރުގެއެއް، ޚިޔާލީ. އޭނަގެ ނަރަކައަށް ވަދެއްޖެ މީހާ ﷲގެ ސުވަރުގެއަށް ވަދެއްޖެއޭ. އޭނަގެ ސުވަރުގެއަށް ވަދެއްޖެ މީހާ ﷲ ގެ ނަރަކައަށް ވަދެއްޖެއޭ، ވިސްނާލާ. މިހާވެސް ބޮޑު ފިތުނައެއްމީ، މިހާވެސް ބޮޑު ފިތުނައެއް އިނގޭތޯ، ދައްޖާލު ފާޅުވުމަކީ. 

- އައްޝައިޚް އަބްދުﷲ ސަޢުދާން.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް