އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުންނަތް ރޯދަ ހިފުމުގެ މާތްކަން ދޭހަވާ ދެ ޙަދީޘްފުޅު-

ސުންނަތް ރޯދަ ހިފުމުގެ މާތްކަން ދޭހަވާ ދެ ޙަދީޘްފުޅު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

أحبُّ الصِّيامِ إلى اللَّهِ عزَّ وجلَّ صيامُ داودَ علَيهِ السَّلامُ ، كانَ يَصومُ يومًا ويُفطِرُ يومًا ، وأحبُّ الصَّلاةِ إلى اللَّهِ عزَّ وجلَّ صلاةُ داودَ علَيهِ السَّلامُ ، كانَ يَنامُ نصفَ اللَّيلِ ، ويقومُ ثلُثَهُ ، ويَنامُ سُدُسَهُ

މާނައަކީ: ” ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ. އަދި ﷲ ތަޢާލާ އެންމެ ލޯބިވޮޑިގަންނަވާ ނަމާދަކީ ދާއޫދުގެފާނު ކުރެއްވި ނަމާދެވެ. އެކަލޭގެފާނު ރޭގަނޑުގެ އެއްބައި އަވަހާރަފުޅު ލައްޕަވައެވެ. އަދި ރޭގަނޑުގެ ތިން ބައިކުޅަ އެއްބައިގައި ނަމާދުކުރައްވައެވެ. އަދި ރޭގަނޑުގެ އަނެއްބައި އަވަހާރަފުޅު ލައްޕަވައެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

أَوْصَانِي خَلِيلِي بثَلَاثٍ لا أدَعُهُنَّ حتَّى أمُوتَ: صَوْمِ ثَلَاثَةِ أيَّامٍ مِن كُلِّ شَهْرٍ، وصَلَاةِ الضُّحَى، ونَوْمٍ علَى وِتْرٍ.

މާނައަކީ: "އަހަރެންގެ މިތުރު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވަންދެންވެސް އެ ކަންތައްތައް ދުލެއް ނުކުރާނަމެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުން އަދި ޟުޙާ ނަމާދު ކުރުން އަދި ވިތުރި ކޮށްގެން ނިދުމެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

Advertisement

ކޮމެންޓް ކުރެއްވުމަށް