އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުއްދިވެރިންނަކީ ދުނިޔޭގައި ބޯހިޔާވަހިކަމެއް ނެތި ފަންޖިފުޓިއެއްގައި އުޅެންޖެހުނަސް ޝުކުރުކޮށް ސުވަރުގެއިން ގަނޑުވަރެއް ހޯދަން މަސައްކަތްކުރާ މީހުން!: މުފްތީ މެންކް

ބުއްދިވެރިންނަކީ ދުނިޔޭގައި ބޯހިޔާވަހިކަމެއް ނެތި ފަންޖިފުޓިއެއްގައި އުޅެންޖެހުނަސް ޝުކުރުކޮށް ސުވަރުގެއިން ގަނޑުވަރެއް ހޯދަން މަސައްކަތްކުރާ މީހުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މިއަދު ގިނަ ބައަކު އަވަދިނެތި އުޅެނީ ދުނިޔޭގައި އުޅޭނެ ބޮޑު ގެއެއް ނޭޅިގެންނެވެ. ނުވަތަ ފްލެޓެއް ނުގަނެވިގެންނެވެ. ލޯނުނަގައި ދަރަނިވެރިވެގެންވެސް ބަލަނީ އެކަންކުރެވޭތޯއެވެ. އެޙާލުގައި ގެއަޅާތަނުން ނުވަތަ ފްލެޓް ގަންނަތަނުން، ލޯނުވެސް ނުދެއްކިގެން އުޅެނިކޮށް އެތަނުން ނުކުންނަންޖެހި ކައްވަޅަށް ދާންވެސް އެބަޖެހެއެވެ.

ގިނަ މީހުންނަށް މެދުވެރިވާ ގޮތަކީ ގެއަޅަން، ފްލެޓް ގަންނަން، ލޯނުއަދާކުރަން އަވަދިނެތި މަސައްކަތްކުރަންޖެހުމުން އޮންނަނީ އާޚިރަތް ދުވަހު ސުވަރުގެއިން ބޭނުންވާ ގަނޑުވަރު ހޯދަން މަސައްކަތްނުކުރެވިފައެވެ. ސުވަރުގެއިން ގަނޑުވަރެއް ހޯދިފައި ނެތުމުން ޖެހެނީ ނަރަކައަށް ވަންނާށެވެ!

ވީމާ ދުނިޔެއިން ބޭނުންވާ ގެ ނުވަތަ ފްލެޓް ހޯދުމަށްވުރެ ބޮޑަށް ސުވަރުގެއިން ގަނޑުވަރެއް ހޯދަން އިސްކަންދޭށެވެ! އެމަސައްކަތަށް އިހްމާލުނުވާށެވެ! އިހްމާލްވެއްޖެނަމަ ލިބެން އޮތް ގެއްލުމާއި ދެރަ މާބޮޑުވާނެއެވެ.

ބުއްދިވެރިންނަކީ ދުނިޔޭގައި ބޯހިޔާވަހިކަމެއް ނެތި އުޅެންޖެހުނަސް، ފަންޖިފުޓިއެއްގައި އުޅެންޖެހުނަސް މިންވަރަށް ޝުކުރުކޮށް ސުވަރުގެއިން ގަނޑުވަރެއް ހޯދަން މަސައްކަތްކުރާ މީހުންނެވެ. އެހެނީ އަހުރެމެންގެ ދާއިމީ ޙަޔާތް ފެށެނީ މަރުވުމުންނެވެ. އެންމެ މުހިންމު ކަމަކީ ދާއިމީ ޙަޔާތަށް ގަނޑުވަރެއް ހޯދުމެވެ.

ސުވަރުގެއިން ގަނޑުވަރެއް ހޯދަން ލޯނުނަގާކަށް ނުޖެހޭނެއެވެ. އޮތީ ހެޔޮ ޢަމަލުތައް ކުރުމެވެ. ހެޔޮ ޢަމަލުކުރުމަކީ އަތުގައި އެއްވެސް ފައިސާއެއް ނެތަސް ކުރެވޭނެ ކަމެކެވެ.

މިދެއްކި ހުރިހާ ވާހަކަތަކެއްގެ ދަލީލަކީ ސުވަރުގޭގައި ގިނަވާނީ ފަޤީރުންކަމެވެ. ސުވަރުގެ ވަދެވޭ ހިސާބުން ދުނިޔޭގައި އޭނާއަށް އުޅެންޖެހުނު ނިކަމެތި ޙާލު ހަނދާންނެތިގެންދާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް