އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއް އަންހެނަކު އިޚްތިޔާރުކުރީމާ އޭނާ ތިބާ އިތުރަށް ތަނަވަސްކޮށްދޭނެ! ގިނަ އަންހެނުންގެ ފަހަތުން ދުވާނަމަ އެމީހުން ތިބާ ފަޤީރުކުރާނެ!

އެއް އަންހެނަކު އިޚްތިޔާރުކުރީމާ އޭނާ ތިބާ އިތުރަށް ތަނަވަސްކޮށްދޭނެ! ގިނަ އަންހެނުންގެ ފަހަތުން ދުވާނަމަ އެމީހުން ތިބާ ފަޤީރުކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ނަޞޭޙަތުގެ ބަސްކޮޅެއްގެ ގޮތުން ބިލިއަނަރަކު ބުނެފައިވެއެވެ. 

1 ތިބާއަށް ތަނަވަސްކަން ލިބުނީ ޢާއިލާގެ ސަބަބުން ކަމުގައިނުވާނަމަ ފަޤީރު ޢާއިލާތަކަކަށް ތަނަވަސްކަން ހޯދައިދީ ތިބާފަދައިން މުއްސަނދިކުރުވާށެވެ! އެކަމުން ތިބާ ފަޤީރެއް ނުވާނެއެވެ. އިތުރަށް މުއްސަނދިވާނީއެވެ. 

2 އަންހެނުންތަކުގެ ފަހަތުން ނުދުވެ އެއް އަންހެނަކު އިޚްތިޔާރުކުރާށެވެ! އޭނާ ތިބާ އިތުރަށް މުއްސަނދިކުރުވާނެއެވެ. ގިނަ އަންހެނުންތަކުގެ ފަހަތުން ދުވާނަމަ އެމީހުން ތިބާ ފަޤީރުކުރުވާނީއެވެ. 

3 މީހުން ފާޑުކިޔުމުން އަޅައިނުލާށެވެ! ފާޑުކިޔާނީ ތިބާއަށްވުރެ ދަށުދަރަޖައިގެ މީހަކަށްވީމައެވެ. 

4 ހާޞިލުކުރަން ބޭނުންވާކަމެއް އެއްފަހަރުން ޙާޞިލުނުވިނަމަ ދެވަނަ ފަހަރު އެކަމަށް ކުރިމަތިލާންވާނީ ކުރިން ފޭލްވި ސަބަބުދަސްކޮށް އެކަން ނައްތާލުމަށްފަހުގައެވެ. 

5 މީހުން ބޭނުންވާ ކަންކަން ކޮށްނުދިނުމުން އެމީހުން މޮޔަވާނެއެވެ. ނަމަވެސް މީހުންނަށް ކަންކަން ކޮށްދޭންވާނީ އެކަމެއް ކޮށްދިނުމުން އެމީހަކަށް ފައިދާނެކަން ޔަޤީންކުރުމަށްފަހުގައެވެ. ނޫންނަމަ އެމީހަކަށް އެކަމުން ލިބޭނީ ގެއްލުމެވެ.  

މި 5 ކަންތަކަކީވެސް އަގުހުރި ނަޞޭހަތެވެ. ދުނިޔަވީ ދިރިއުޅުމަށްބަލާއިރު މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ 2 ވަނަ ކަންތަކެވެ. " އަންހެނުންތަކުގެ ފަހަތުން ނުދުވެ އެއް އަންހެނަކު އިޚްތިޔާރުކުރާށެވެ! އޭނާ ތިބާ އިތުރަށް މުއްސަނދިކުރުވާނެއެވެ. ގިނަ އަންހެނުންތަކުގެ ފަހަތުން ދުވާނަމަ އެމީހުން ތިބާ ފަޤީރުކުރުވާނީއެވެ."މިއީ ދިރިއުޅުމަށް އެންމެ އަގުހުރި ނަޞޭހަތެވެ. ގިނަ ބައަކު ނިކަމެތިވެ ފަޤީރުވަމުން އެދަނީ މި ނަބޭޙަތުގައި ނުހިފެހެއްޓޭތީއެވެ. 

ދެން ބަލައިލަން ބޭނުންވަނީ ފުރަތަމަ ނަޞޭޙަތަށެވެ. " ތިބާއަށް ތަނަވަސްކަން ލިބުނީ ޢާއިލާގެ ސަބަބުން ކަމުގައިނުވާނަމަ ފަޤީރު ޢާއިލާތަކަކަށް ތަނަވަސްކަން ހޯދައިދީ ތިބާފަދައިން މުއްސަނދިކުރުވާށެވެ! އެކަމުން ތިބާ ފަޤީރެއ ނުވާނެއެވެ. އިތުރަށް މުއްސަނދިވާނީއެވެ." 

އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ފަޤީރުންނަށް އެހީތެރިވެ އެމީހުންގެ ތަނަވަސްކަން އިތުރުކޮށްދޭން މަސައްކަތްކުރާ މީހާގެ ތަނަވަސްކަން ﷲ ތަޢާލާ އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

- އަލަފް / މިއަދުނޫސް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް