އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޟުޙާ ނަމާދާއި އިޝްރާޤު ނަމާދަކީ ތަފާތު ދެ ނަމާދެއް ނޫން! ޟުޙާ ނަމާދު ކުރުމަށް އެންމެ މަތިވެރި ވަޤުތަކީ ކޮބާ؟

ޟުޙާ ނަމާދާއި އިޝްރާޤު ނަމާދަކީ ތަފާތު ދެ ނަމާދެއް ނޫން! ޟުޙާ ނަމާދު ކުރުމަށް އެންމެ މަތިވެރި ވަޤުތަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު

ޟުޙާ ނަމާދާއި އިޝްރާޤު ނަމާދުގެ ތަފާތަކީ ކޮބާ؟ 

އިޝްރާޤު ނަމާދަކީ ވަޤުތުގެ އެންމެ ކުރީކޮޅު ކުރެވޭ ޟުޙާ ނަމާދެވެމިއީ ތަފާތު ދެ ނަމާދެއް ނޫނެވެ. 

ޟުޙާ ނަމާދުގެ ވަޤުތު ފެށެނީ ކޮންއިރަކު؟ 

ޟުޙާ ނަމާދުގެ ވަޤުތަކީ އިރު އެރީއްސުރެ މެންދުރު ނަމާދުގެ ކުޑަ އިރުކޮޅެއް ކުރިއާއި ހަމައަށެވެ.

އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. "(ޟުޙާ ނަމާދުގެ ވަޤުތަކީ) އިރު އަރައި ފަނަރަ މިނެޓުން ފެށިގެން މެންދުރު ނަމާދުގެ ދިހަ މިނެޓް ކުރިއާއި ހަމައަށެވެ."

[الشرح الممتع 4 / 122] 

ޟުޙާ ނަމާދު ކުރުމަށް އެންމެ މަތިވެރި ވަޤުތަކީ ކޮބާ؟ 

ޟުޙާ ނަމާދުކުރުމަށް އެންމެ މޮޅުއިތުރުވެގެންވަނީ އިރުގެ ހޫނުކަން ގަދަވުމުންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُ)) [رواه مسلم (748)] 

މާނައީ: "ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަޤުތެވެ." 

އޭގެ މުރާދަކީ ޅަޖަމަލުތަކަށް ބިންގަނޑުގެ ހޫނުކަން އިޙުސާސްވާ ގަޑިއެވެ. 

މިވަޤުތަކީ ދުވާލު ވަޤުތުގެ ހަތަރުބައިކުޅަ އެއްބައި ފާއިތުވުމުންކަމަށް ޢިލްމުވެރިން ކަނޑައަޅުއްވައެވެ. މާނައަކީ އިރުއެރީއްސުރެ މެންދުރު ނަމާދާއި ދެމެދުގައިވާ ވަޤުތު ދެބައިކޮށްލުމުން އަންނަ ވަޤުތެވެ. 

ބައްލަވާ: المجموع للنووي (4 / 36)، والموسوعة الفقهية الكويتية (27 / 224)]

والله أعلم. 

އަލްއަޚް ނަޡީމް ނިޡާމް

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް