އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިބުނެދެނީ ކައިވެނި އުފާވެރިކަމުގަ ދަމަހައްޓަން އެންމެ މުހިންކަންތައް! ދެމަފިރިން އެކަކު އަނެކަކަށް ދަސްކޮށްދީ!

މިބުނެދެނީ ކައިވެނި އުފާވެރިކަމުގަ ދަމަހައްޓަން އެންމެ މުހިންކަންތައް! ދެމަފިރިން އެކަކު އަނެކަކަށް ދަސްކޮށްދީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ކައިވެނި އެންމެ އުފާވެރިކަމާއިއެކު ދަމަހައްޓަން ބޭނުންވަނީ ފައިސާކަމަށް ބައަކު ޤަބޫލުކުރިނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އެންމެންނަށް އެހާގިނަ ފައިސާ ނުލިބިދާނެއެވެ. ވީމާ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަކީ ފައިސާ ކަމުގައި ވެއްޖެނަމަ ގިނަ ބައަކަށް އޮންނާނީ އެކަން ނުކުރެވިފައެވެ.

ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށް ކުރަން އޮތް ކަންތައް ކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. އަދި އަތުގައި ކިތަންމެ ގިނަ ޢަދަދަކަށް ފައިސާހުރިނަމަވެސް އެކަން ނުކުރާނަމަ ކައިވެނީގައި އުފާވެރިކަމެއް ނުއޮންނާނެއެވެ.  

އެކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެކަމަކީ ކުށެއް ކުރެވިއްޖެނަމަ އެކަން ޤަބޫލުކޮށް ދެރަވެލާފައި މާފަށް އެދުމެވެ. އަދި މާފުލިބުމުން އެކަން އަލުން ތަކުރާރުނުކުރުމެވެ! މާފުކުރާށެވެ ބުނާކަށްވެސް އަދި އެފަދަ ކަމެއް ދެން ނުކޮށް ހުންނާކަށްވެސް އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. 

"އަހުރެންގެ ބައިވެރިޔާ ހަނދާން ނެތިގެން ބައެއް ކަންކަން ކޮށްދިނުން ލަސްވުމުން ހަނދާންކޮށްދެމެވެ. ބައެއް ފަހަރު ބުނަނީ އަހުރެން އެކަމަށް ނުއެދޭ ކަމަށެވެ. އެއީ އަޅުގަނޑު އެދުނުކަން އޭނާ ހަނދާން ނުހުންނާތީއެވެ. އެޙާލަތުގައި އަހުރެން ހަދާގޮތަކީ ނުބުނެވި އޮތްކަމަށް ޤަބޫލުކޮށްލާފައި މާފަށް އެދެނީއެވެ. އެގޮތަށް ކަންތައް ކުރުމުން ވަރަށް އަވަހަށް އެކަންކޮށްދެއެވެ."  

މިއީވެސް ދިމާވެދާނެ ގޮތެކެވެ. އެނގިގެން މިދިއައީ މިދިއައީ ކުށެއް ނުކުރިނަމަވެސް މާފަށް އެދުމުން ކުރާ ފައިދާއެވެ. ދެން އޮތީ ހަމަ ކުށެއް ކުރެވުމެވެ. ކުށް އެންމެންނަށްވެސް ކުރެވޭނެއެވެ. ވީމާ ތިމާއަށް ކުށެއް ކުރެވިއްޖެނަމަ ފުރަތަމަކަމަކަށް އެކަން ޤަބޫލުކުރާށެވެ! ދެން ދެރަވެފަ މާފަށް އެދޭށެވެ. އެއަށްފަހު އެކުށް އަލުން ތަކުރާރުނުކުރަން މަސައްކަތްކުރާށެވެ.

ކައިވެނީގައި އުފާވެރިކަން ދެމިއޮންނާނެއެވެ. އިން ޝާ ﷲ  

- އަލަފް / މިއަދުނޫސް   

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް