އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޫނުމަތީގަ ޒުވާބުކުރާ ބައިވެރިއަކާއެކު ދިރިއުޅެން ބޭނުން މީހަކު ނުހުންނާނެ!

މޫނުމަތީގަ ޒުވާބުކުރާ ބައިވެރިއަކާއެކު ދިރިއުޅެން ބޭނުން މީހަކު ނުހުންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

މީހުންގެ ކިބައިގައި ހުންނަ ނުބައި ސިފަތަކުގެ ތެރެއިންވެސް އެންމެ ނުބައި އެއް ސިފައަކީ މޫނުމަތީގައި ޒުވާބުކުރުމެވެ. ވީމާ ޖުމުލަކޮށް ބުނާނަމަ މޫނުމަތީގަ ޒުވާބުކުރާ ބައިވެރިއަކާއިއެކު ދިރިއުޅެން ބޭނުންވާ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ފުރަތަމަ ބަލައިލަންވީ އެނުބައި ޢަމަލުކުރެވޭ ސަބަބަށެވެ. އެސަބަބަކީ ރުޅި ކޮންޓްރޯލް ނުކުރެވޭކަމެވެ. ފަސޭހައި ރުޅި އައުދެވޭކަމެވެ. ވީމާ އެނުބައި އާދަ އެމީހެއްގެ ކިބައިގައި ހުރިނަމަ ފުރަތަމަ ކަމަކަށްވެސް ރުޅި ކޮންޓްރޯލްކުރާށެވެ. ލޭގެ ޕްރެޝަރުވެސް ޗެކްކުރާށެވެ!  

ޒުވާބުކުރެވޭ ގިން މީހުން އެޙާލަތުގައި ދުލުން ނުބައި ބަސްތައް ބުނެއެވެ. އަދި ތަކެއްޗަށާއި އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން ފަދަ ކަންކަންވެސް ކުރެވެއެވެ. އެއީ ރުޅި ކޮންޓްރޯލްނުކުރެވޭތީއެވެ.  

ޒަވާޖީ ޙަޔާތުގައި ދިރިއުޅެމުންދާއިރު މިފަދަ ހުރިހާ ކަމަކަށް ރަތްކާޑު ދައްކަންޖެހޭނެއެވެ. ނުދެއްކޭނަމަ ހަށިގަނޑުގެ މައްޗަށް ޝައިޠޯނާ ވެރިވެގަނެ ކޮންމެފަދަ ނުބައިކަމެއްވެސް ކުރުވަފާނެއެވެ. ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ.  

ރުޅިއަންނަންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ޒުވާބުނުކުރާށެވެ! މަޑުމައިތިރިކަމާއިއެކު ރިވެތިބަހުން މުޢާމަލާތުކުރާށެވެ. މައްސަލަ ޙައްލުވެ ތިމާގެ ކޮޅަށް ނަޞްރުލިބުން އެއިރުން މާ ގާތްވާނެއެވެ! އިން ޝާ ﷲ  

ދެނަ ކުރާނެ ސުވާލަކީ އެއީ ކީއްވެގެންތޯއެވެ؟ ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ ނުބައި ބަސްތައް ނުބުނުމަށެވެ. ޒުވާބުނުކުރުމަށެވެ. ތިމާހުރީ ޙައްޤުމަގުގައިކަމަސްވީނަމަވެސްމެއެވެ. ވީމާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުން ﷲ ތަޢާލާ ނަޞްރު ދެއްވަވަނީއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް