އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރުމާ މައިންބަފައިންނަށް ހެޔޮކޮށްހިތުން- ﷲ ގެ މަގުގަ ޖިހާދުކުރުމަށްވުރެ މަތިވެރި-

ނަމާދުކުރުމާ މައިންބަފައިންނަށް ހެޔޮކޮށްހިތުން- ﷲ ގެ މަގުގަ ޖިހާދުކުރުމަށްވުރެ މަތިވެރި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ނަމާދު އަޅާފައި ތިޔަތިބެނީ ފަހެ ނަމާދު އެޅުމުގެ ފާފައިގެ ބޮޑުކަން ނޭގޭތީތޯއެވެ؟ ނުވަތަ އެކަމާއި މެދު ޣާފިލްވެފައިވާތީތޯއެވެ؟ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

حَافِظُوا عَلَى الصَّلَوَاتِ وَالصَّلاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ” (سورة البقرة: 238) "ތިޔަބައިމީހުން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ. އަދި ޚާއްޞަކޮށް މެދުނަމާދަށް (އެބަހީ ޢަޞުރު ނަމާދަށް) ރައްކައުތެރިވާށެވެ. އަދި ކިޔަމަންތެރިވެގެންވާ ހާލު ތިޔަބައިމީހުން ﷲ ގެ ކުރިފުޅުމައްޗަށް ތެދުވާށެވެ." 

ކީރިތި ޤުރުއާނުގައި ނަމާދު ފިޔަވައި އެހެން އެއްވެސް އަޅުކަމަކަށް މިހާބޮޑަށް ރައްކައުތެރިވުމަށް އަންގަވާފައެއް ނުވެއެވެ. މީގެ އިތުރުން ނަމާދު މިއުއްމަތަށް ފަރުޟުކުރެއްވުނީ އެހެނިހެން އަޅުކަންތަކާއި ޚިލާފަގޮތަކަށެވެ. ނަމާދު ފިޔަވައި އެހެން އަޅުކަންތައްތައް ފަރުޟުކުރެއްވުނީ رسول الله صلى الله عليه وسلم ބިމުގައި ހުންނަވަނިކޮށެވެ. ނަމަވެސް ނަމާދު ފަރުޟުކުރެއްވުނީ އެކަލޭގެފާނު ހަތް އުޑު މައްޗަށް އުފުއްލަވައި، ފަރުދާއެއްގެ ފުރަގަހުން، ﷲ ތަޢާާލާ އެކަލޭގެފާނާއި ސީދާ ބަސް ވަޙީކުރައްވައިގެންނެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅާއި ފުރާނަފުޅާއި އެއްކޮށް މިޢުރާޖް އަރައިވަޑައިގެންނެވުމުގެ ޝަރަފު ދެއްވި ރޭގައެވެ.

عبد الله بن مسعود رضى الله عنه ވިދާޅުވިއެވެ. ތިމަންކަލޭގެފާނު، رسول الله صلى الله عليه وسلم ކުރެން އެއްސެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ހެޔޮ ޢަމަލަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ ވަޤުތުގައި ކުރުމެވެ". ތިމަންކަލޭގެފާނު އަނެއްކާ އެއްސެވީމެވެ. "ދެން ކޮންކަމެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." ތިމަންކަލޭގެފާނު ދެންވެސް އެއްސެވީމެވެ. "ދެން ކޮންކަމެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމެވެ." ދެން رسول الله صلى الله عليه وسلم ކުރެން ތިމަން އިތުރަކަށް ނާހަމެވެ. އަދި ތިމަން އިތުރަށް އެއްސެވިނަމަ އެކަލޭގެފާނު އެއަށްވުރެ އިތުރަށްވެސް ކިޔައިދެއްވެވީހެވެ."

(ޞަޙީޙުލް ބުޙާރީ، ޖިލްދު 4، ޙަދީޘް ނަންބަރ 41)

- ޝައިޚް އާދަމް ނިޝާން ޢަލީގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް