އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން މަރުވުމުގެކުރިން ޙައްޖުވެ ޢުމުރާވެފައިވީނަމަވެސް އެމީހުންނަށްޓަކާ ޙައްޖާ ޢުމުރާ ކުރެވޭނެ!

މައިންބަފައިން މަރުވުމުގެކުރިން ޙައްޖުވެ ޢުމުރާވެފައިވީނަމަވެސް އެމީހުންނަށްޓަކާ ޙައްޖާ ޢުމުރާ ކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 15 ސިކުންތު

އަޅުގަނޑު ޙައްޖުވެއްޖައީމެވެ. އަދިވެސް އަޅުގަނޑުގެ ކިބައިގައި ތަނަވަސްކަން އެބަހުއްޓެވެ. އަޅުގަނޑުގެ މަންމަވެސް ބައްޕަވެސް ވަނީ ޙައްޖުވެ ޢުމްރާވެސް ވެފައެވެ. އަޅުގަނޑުގެ ސުވާލަކީ އެދެމީހުންނަށްޓަކައި (މަންމަ އާއި ބައްޕައަށްޓަކައި) އަޅުގަނޑަށް ޙައްޖުވެވިދާނެތޯ؟ 

ކިޔުންތެރިޔާއަށް މަރުޙަބާ ދަންނަވައި ހެޔޮދުޢާކުރަމެވެ. އެއީ ތިއަ ފަދަ ހެޔޮކަމަކަށް ވިސްނަވާތީއެވެ. އެންމެ ޚަރަދު ބޮޑު އަޅުކަން މައިންބަފައިންނަށްޓަކައި ކޮށްދެއްވަން ވިސްނަވާތީއެވެ. ބޭނުންވެލައްވާ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ 

މައްޔިތާގެ މަތިން ޙައްޖާއި ޢުމްރާ އަދާކުރުމަކީ އެންމެ ހެޔޮވެގެންވާ އެއް ޢަމަލެވެ. އޭގެ ސަބަބުން މަރުވެފައިވާ މުސްލިމު އަޅާއަށް ނުހަނު ފައިދާ ކުރާނެއެވެ. މިކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާ އެކި ފަހަރު މަތިން ސުވާލުދެންނެވުން އެކަލޭގެފާނު ޙަދީޘްކުރެއްވި(ބަސްފުޅުގެ މާނައިގައިވެ)އެވެ. 

"ތިބާގެ ބައްޕަގެ މަތިން ޙައްޖުވާށެވެ." 

އަދި ސުވާލުކުރި އަންހެނަކަށް ޙަދީޘްކުރެއްވިއެވެ.

"ކަނބުލޭގެ ބައްޕަގެ މަތިން ޙައްޖުވާށެވެ." 

އަދި އެހެން ބޭކަލަކަށް ޖަވާބުދެއްވިއެވެ.

"ތިބާގެ މަންމަގެ މައްޗަށް (ޙައްޖުވާށެވެ.)" 

އަދި މީހަކު ބުނާތީ އެކަލޭގެފާނަށް އިވިވަޑައިގަތެވެ. 

"ޝުބްރުމާގެ މަތިން ތަލްބިޔާކިޔަމެވެ." 

ޙަދީޘްކުރެއްވިއެވެ.

"ޝުބްރުމާއަކީ ކާކު ހެއްޔެވެ؟" 

އެމީހަކު ދެންނެވިއެވެ.

"އެއީ ތިމަންގެ އަޚެކެވެ. ނުވަތަ ގާތްތިމާގެ މީހެކެވެ." 

ޙަދީޘްކުރެއްވިއެވެ.

"އަމިއްލަ ނަފްސުގެ މައްޗަށް ޙައްޖު އަދާކޮށްފިން ހެއްޔެވެ؟" 

ދެންނެވިއެވެ.

"ނޫނެކެވެ." 

ޙަދީޘްކުރެއްވިއެވެ.

"ތިބާގެ އަމިއްލަ ނަފްސުގެ މަތިން ޙައްޖުކުރާށެވެ. ދެން އެއަށްފަހު ޝުބްރުމާގެ މަތިން ޙައްޖުކުރާށެވެ." 

ފަހެ މީސްތަކުން އެކި ބަޔަށް ބެހިގެންވެއެވެ. 

އެގޮތުން ފަރުޟު ޙައްޖުކޮށް ޢުމްރާ އަދާކޮށްފައިވާ މީހުންވެއެވެ. ފަހެ، އެފަދަ މީހެއްގެ މައްޗަށް އަދާކުރަނީ ސުންނަތް ޙައްޖެކެވެ. އޭނާގެ އަޚެއް ނުވަތަ ބައްޕަ ނުވަތަ މުސްލިމު އަޚަކުވިޔަސް އެކަން ކޮށްދިނުމަކީ އެންމެ ރަނގަޅުގޮތެކެވެ. ޢުމްރާކުރުންވެސް ހަމަ އެފަދައެވެ. 

ނަމަވެސް އެފަދަ މީހަކު މަރުވިއިރު ޙައްޖާއި ޢުމްރާއަދާކޮށްފައި ނުވާނަމަ ކުރިން ޙައްޖާއި ޢުމްރާކޮށްފައިވާ މީހަކަށް އެފަދަ މީހެއްގެ މަތިން ޙައްޖާއި ޢުމްރާ އަދާކުރެވިދާނެއެވެ. މައްޔިތާއަށް ވެސް އެ ޢުމްރާކޮށްދޭ މީހާއަށްވެސް އޭގެ އަޖުރު ލިބޭނެއެވެ. އެއީ އެކަމަކީ ހެޔޮޢަމަލެއްކަމުގައިވާތީއެވެ. 

މައްޔިތާއަށް އިޙްސާންތެރިވުމުން އޭނާއަށް އަޖުރުލިބެއެވެ. ހަމައެއާއެކު މައްޔިތާއަށްވެސް އަޖުރުލިބެއެވެ. 

އަދި ޞަދަޤާތް ދިނުމާއި ދުޢާކުރުމުންވެސް އެފަދައެވެ. އެޞަދަޤާތް ދޭ މީހާއާއި މައްޔިތާއަށްވެސް އަޖުރުލިބެއެވެ. އެއީ އެދެމީހުންވެސް އެހެޔޮކަމުގައި ޝާމިލުވާތީއެވެ. އަދި މަރުވެފައިވާ އަޚާއަށް ދުޢާކޮށްދިނުމަކީވެސް އެފަދަކަމެކެވެ. ދުޢާކުރާމީހާއަށް އަޖުރުލިބި މައްޔިތާއަށްވެސް އެދުޢާގެ ސަބަބުން ފައިދާކުރެއެވެ. 

فتاوى نور على الدرب 

މަސްދަރު: ދިސަލަފިއްޔާ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް