އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި، އެންމެ އިތުރުކަންބޮޑު އާޔަތް- ކޮންމެ ދުވަހަކު އެތައްފަހަރަކު ކިޔާއިރު މާނަ ދަސްކޮށްނުލަނީ ކީއްވެ؟

ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި، އެންމެ އިތުރުކަންބޮޑު އާޔަތް- ކޮންމެ ދުވަހަކު އެތައްފަހަރަކު ކިޔާއިރު މާނަ ދަސްކޮށްނުލަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

ޤުރްއާނުގައިވާ އެންމެ އިތުރުކަންބޮޑު އާޔަތަކީ އާޔަތުލްކުރުސިއެވެ. ބަޤަރާ ސޫރަތުގެ 255 އާޔަތެވެ. އެއާޔަތަކީ ގިނަ ބައަކު ކޮންމެ ދުވަހަކު އެތައް ފަހަރަކު ކިޔަވާ އާޔަތެކެވެ. ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައިވެސް ކިޔަވަމުއެވެ. އަދި ނިދުމުގެ ކުރިންވެސް ކިޔަވަމުއެވެ.

އެހެންކަމާއިއެކުގައިވެސް އެހައި ގިނައިން އެއާޔަތް ކޮންމެ ދުވަހަކުވެސް އަދި އެއީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތްކަން އެނގޭއިރުވެސް އާޔަތުގެ މާނަ ދަސްކޮށްލެވެނީ ހާދަ މަދު ބައަކަށެވެ. ކުޑަކުޑަ ހިތްވަރެއްލައިގެން މާނަ ދަސްކޮށްލުން ކީއްހެއްޔެވެ؟ 

﴿255﴾ اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

މާނައީ: 

"ﷲއީ، އެކަލާނގެ ފިޔަވައި ޙައްޤު ވެގެން އަޅުކަމެއް ވެވޭ އިލާހަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިޛުނަފުޅާ ނުލައި އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: ޚަލްޤުތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ ކުރުސިއްޔު، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ ޙަޟްރަތަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ."

ޙަދީޘް: 

عَنْ أُبَيِّ بْنِ كَعْبٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

يَا أَبَا الْمُنْذِرِ أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ قَالَ قُلْتُ اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ 

قَالَ فَضَرَبَ فِي صَدْرِي وَقَالَ وَاللَّهِ لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ

810 صحيح مسلم كتاب صلاة المسافرين وقصرها باب فضل سورة الكهف وآية الكرسي

Ubayy ibn Ka’b reported: The Messenger of Allah, peace and blessings be upon him, said, 

“O Abu Mundhir, do you know which verse in the book of Allah with you is greatest?” I recited the verse of the throne, 

“Allah, there is no God but him, the Living, the Sustainer,” (2:255). The Prophet struck me on the chest and he said, “By Allah, Abu Mundhir, rejoice in this knowledge!”

Source: Ṣaḥīḥ Muslim 810

Grade: Sahih (authentic) according to Muslim

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް