އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީސްތަކުންނަށް ނިއްމަތް ދެއްވެވުމަށްފަހު އަނބުރާ ގެންދަވާ 2 ސަބަބު-: މުފްތީ މެންކް

މީސްތަކުންނަށް ނިއްމަތް ދެއްވެވުމަށްފަހު އަނބުރާ ގެންދަވާ 2 ސަބަބު-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އިންސާނުންނަށް ނިޢްމަތްތައް މިންވަރުފުޅު ކުރެއްވެވުމަށްފަހު އެ ނިޢްމަތްތައް އަނބުރައި ގެންދަވާނަމަ އެކަމުގައި ދެ ސަބަބެއް އޮވެދާނެއެވެ.

އެތަނުން ފުރަތަމަ ސަބަބަކީ ނިޢްމަތް މިންވަރުފުޅު ކުރެއްވެވުމުން ޝުކުރުވެރިނުވެ ޝައިޠާނާގެ ބަހަށް ހެއްލި އެމީހެއްގެ މަގުފުރެދުން އިތުރުވުމެވެ.

ދެވަނަ ސަބަބަކީ އިމްތިޙާން ކުރެއްވެވުމެވެ. އެހާލަތުގައި ކުރިމަތި ކުރައްވަވާ އިމްތިހާނުން ފާސްވެއްޖެނަމަ ދުއްވަވާ ނިޢްމަތްތައް މާމަތިވެގެންވެއެވެ.

ސޫރަތުލްއަންފާލް ސޫރަތުގެ 53 ވަނަ އާޔަތަށް ބަލާށެވެ. "އެއީ ބައަކުމީހުންނަށް اللَّه ދެއްވާފައިވާ ނިޢްމަތެއް، އެބައަކުގެ އަމިއްލަ ނަފުސްތަކުގައިވާ ކަންތައް އެބައަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެވެ."

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާ ނިޢްމަތްތައް ގެއްލިގެންދަނީ އަހަރެމެންގެ ނުބައި އަމަލުތަކުގެ ސަބަބުން ކަމެވެ. އަހަރެމެން ޙައްޤު ގޮތުގައި ތިއްބައި އެ ނިޢްމަތް އަނބުރައި ނުގެންދަވާނެ ކަމެވެ. މިކަމުން އެނގޭ ކަމަކީ ނިޢްމަތްތައް މިންވއރުފުޅު ކުރެއްވެވުމުން އަހަރެމެންނަށް އޮތީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރުން ކްމެވެ.

ހިތާމައަކީ ތަނަވަސްކަން ދެއްވެވުމުން ﷲ ތައާލާގެ މަތިން ގިނަ ބައަކު ހަނދާންނެތިގެންދާ ކަމެވެ. ފުރިހަމަ ޞިއްހަތުގައި ތިބޭއިރު ނަމާދު ނުކުރަނީ ކިތައް މީހުން ހެއްޔެވެ؟ ބައްޔެއް ނުވަތަ މުޞީބާތެއް ކުރިމަތިވުމުން ނަމާށދުކުރަން ފަށަނީ ކިތައް މީހުން ހެއްޔެވެ؟ ރަނގަލު ޞީއްހަތެއް ދެއްވެވުމަކީ ތިބާއަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާ މަތިވެރި ނިޢްމަތެއް ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު ދެއްވެވި ތަނަވަސްކަމާއި ޞިއްހަތު އަނބުރައި ގެންދެވުމަކީ ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާ ނިޢްމަތަކަށް ނުވޭ ހެއްޔެވެ؟

"ނިޢްމަތް މިންވަރުފުޅު ކުރެއްވެވުމުން ތިމަން ﷲ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރާށެވެ. ތިމަން ﷲ އާއި ކުއްތަންވުމަށް މަސައްކަތްކުރާ މީހުންނަށް ނިޢްމަތްތައް އިތުރު ކުރައްވަވާ ހުށީމެވެ" ވަޙީ ކުރައްވަވާ ބަސްފުޅު ޢިބްރަތަކަށް ނުފުދޭ ހެއްޔެވެ؟ ނިއްމަތްތަކުގައި ދެމިހުރެވޭނީ އެގޮތުގައި މަސައްކަތްކުރާ މީހުންނަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް