އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާ މަރުވާއިރަށް ކައިވެނިކުރާނެ މީހުން ކިޔޫގައި ބައިތިއްބައިގެން އެބައުޅޭ! ބައިވެރިޔާ އަވަހަށް މަރުވާން އެބައެދޭ! މިއީ ކުރެވޭ ކޮންފަދަ ބޮޑު ފާފައެއް؟: މުފްތީ މެންކް

ބައިވެރިޔާ މަރުވާއިރަށް ކައިވެނިކުރާނެ މީހުން ކިޔޫގައި ބައިތިއްބައިގެން އެބައުޅޭ! ބައިވެރިޔާ އަވަހަށް މަރުވާން އެބައެދޭ! މިއީ ކުރެވޭ ކޮންފަދަ ބޮޑު ފާފައެއް؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ބައިވެރިޔާ އަވަހަށް މަރުވަން އެދޭ ބައަކު އެބައުޅެއެވެ. އެމީހުން ތިބެނީ ބައިވެރިޔާ މަރުވާއިރަށް ކައިވެނިކުރާނެ 2،3 މީހުން ކިޔޫގައި ބައިތިއްބައިގެންނެވެ. މާނައަކީ ކައިވެނިކުރާނެ 2،3 މީހުން އިޚްތިޔާރުކޮށްގެންނެވެ. އެމީހުންނާއި ކައިވެނި ނުކުރެވި ލަސްވާތީ ތިބެނީ ކަންބޮޑުވެފައެވެ. އެއިރުން އެކުރެވެނީ ބޮޑު ފާފައެއްކަމާއިމެދުގައިވެސް ވިސްނާނުލައެވެ.

ޚާއްޞަކޮށް ބައިވެރިޔާއަކީ އެއްވެސް ބައްޔެއްގައި އުލެންޖެހިފައިވާ މީހަކު ނަމަ ނުވަތަ ޢުމުރުގެ ތަފާތު ބޮޑުނަމަ އަވަހަށް މަރުވަން ބޮޑަށް އެދެވެއެވެ. މިއީ ކޮންފަދަ ނުބައިކަންބޮޑު ވިސްނުމެއް ހެއްޔެވެ؟ ބަލިވެ އުޅުނަސް، ޢުމުރު ތަފާތު ނަމަވެސް އޭނާއަށްވުރެ ކުރިން ތިމާމަރުވެދާނެކަން ނުވެސް ވިސްނެނީއެވެ. ގަދަވެ ސަލާމަތުން ތިބޭ މީހުން އަވަހަށް މަރުނުވަނީ ހެއްޔެވެ؟ ދޮށީ ބައިވެރިޔާ ދުނިޔޭގައި ހުއްޓާ ޒުވާން ބައިވެރިން މަރުނުވަނީހެއްޔެވެ؟

ދެން ވިސްނައިލާށެވެ! ކޮންމެ ދެމީހަކުވެސް ކައިވެނިކުރަނީ ﷲ ތަޢާލާ ހެކިކޮށް ދެމީހުންގެ ޢުމުރަށް އެކުގައި ދިރިއުޅުމަށް އެތައް ވަޢުދުތަކެއް ވެފައެވެ. އެކަންކަން ﷲ ތަޢާލާ ދެނެވޮޑިގެން ނުވާކަމަށް ހީކުރާނަމަ އެކުރެވެނީވެސް ބޮޑު ފާފައެކެވެ.

ލޮބުވެތި އެކުވެރިންނޭވެ! މިފަދަ ނުބައި ވިސްނުންތައް ނުގެންގުޅޭށެވެ! އެފަދަ ޚިޔާލުތައްވެސް ނުކުރާށެވެ! އަމިއްލަ ނަފްސަށް ތެދުވެރިވާށެވެ! ބަލިޙާލެއްގައި އުޅެން ބައިވެރިޔާއަށް ޖެހިއްޖެނަމަ އޭނާއަށް ޚިދުމަތްކުރުމަކީ އުފަލެއްކަމަށް ދެކޭށެވެ! ބައިވެރިޔާ ޢުމުރުން ދޮށިނަމަވެސްމެއެވެ. ބައިވެރިޔާއަށް ހެޔޮކޮށް ހިތައި ޚިދުމަތްކުރުމުގެ ޖަޒާއަކަށް ސުވަރުގެ ވެއްދެވުމަށް އެދޭށެވެ. ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމަކީ ސުވަރުގެ ވަދެވެން އޮތް މަގެއްކަން ކުރިންވެސް ބަޔާންކޮށްދީފީމެވެ.

--މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް