އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޫކުރަން ނިންމައިފި

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޫކުރަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މަތީ ތައުލީމު ހޯދަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ންދާ "އަހާ ޕްރޮގްރާމް" ގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ޝަރުތު ހަމަވާނަމަ އެ ދަރިވަރަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ފުރުސަތު ލިބޭގޮތަށް ހުޅުވާލި މި ލޯނަށް އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު ހަމަވާނީ މެއި މަހުގެ ދެވަނަ ދުވަހުގައެވެ.

ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެެވެ. އެގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނަށް ހޮވުނު ފަރާތުން އިޚުތިޔާރުކުރާ އިޢުލާންކުރި ޤައުމަކާއި ކިޔަވަންދާ ޤައުމަކާއި އަޅާކިޔައި ޚަރަދު ކުޑަ ޤައުމެއްގެ ރޭޓުންކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ. މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް ޗާރޖް ގެ ގޮތުގައި އެއް އިންސައްތަ ހިމެނޭހެންނެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށްވެސް ފުރުޞަތު ހުޅުވާލާފައިވެއެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު