އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅު ޙާފިޡަކަށް ހަދަން ބޭނުން ނަމަ ނިކަން މިކަންކަން ތަޖުރިބާކޮށްލަބަލަ!

ދަރިފުޅު ޙާފިޡަކަށް ހަދަން ބޭނުން ނަމަ ނިކަން މިކަންކަން ތަޖުރިބާކޮށްލަބަލަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ވަރަށް ތުއްތު ކުދިން ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުންނަށްވެއެވެ. މީޑިއާގެ ވަސީލަތްތަކުން އެފަދަކުދިންގެ ޚަބަރުތައް ލިބުމުން ގިނަ ބައަކު އުފާކުރެއެވެ. ތިމާމެންގެ ދަރިންވެސް ޙާފިޡުންނަށް ހަދަން ޝައުޤުވެރިވެއެވެ.

ބައެއް މީހުން ބުނެ ސުވާލުކުރެއެވެ. "އަހުރެންގެ ދަރިފުޅުވެސް ޙާފިޡަކަށް ހަދަން ބޭނުންވެއެވެ. އަހަރެންގެ ދަރިފުޅަކީ ޙާފިޡަކަށް ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެކަމަށް ކުރަން އޮތީ ކޮންކަމެއް ހެއްޔެވެ؟"

އެފަދަ މީހުންނަށް ބުނަން އޮތް ބަހަކީ ދަރިފުޅު އުފަންވުމުން ފެށިގެން ދަރިފުޅާއި އެންމެ ރަޙްމަތްތެރި އެއްޗަކީ ކީރިތި ޤުރްއާން ކަމުގައި ހަދާށެވެ! ވާހަކަ ނުދެއްކޭއިރު ކަންފަތަށް އަޑު އިއްވާށެވެ! އެންމެ ރަނގަޅީ މައިންބަފައިން ކިޔަވައިގެން އަޑު އިއްވުމެވެ. ނަމަވެސް އެހައި ގިނައިން ކިޔެވުމަކީ ފަސޭހަކަމަކަށް ނުވާނެ މީހުން ވެސް ތިބޭނެއެވެ. އެފަދަ މީހުން ރެކޯޑިންގ އަޑު އިއްވާށެވެ! ކުއްޖާ އަޑުއަހާ ހިތްވާފަދަ، ކުއްޖާގެ ޝައުޤުވެރިކަން ލިބޭފަދަ ރީތި ރާގުތަކުން އަޑު އިއްވާށެވެ!

އެއަށްފަހު އަކުރު ދަސްވާ އުމުރު އައުމުން ފުރަތަމަ ކަމަކަށް އަލިފު ބާގެ އަކުރުތައް ދަސްކޮށްދޭށެވެ! އެއްޗެއްސަށް ކިޔާ ނަން ދަސްކޮށްދޭއިރުވެސް ބެލެނިވެރިންގެ ޤާބިލުކަން ހުރި ވަރަކުން ޢަރަބި ނަންތައް ދަސްކޮށްދޭށެވެ. ކުއޖާގެ ހިތުގައި ޢަރަބި ބަހަށް ލޯބި ޖައްސުވާށެވެ! މީގެ މާނައަކީ މާދަރީ ބަހާއި އެހެން ބަސްތައް ދަސްކޮށް ނުދިނުމެއް ނޫނެވެ. އިނގިރޭސި ބަސްވެސް ދަސްކޮށްދޭށެވެ! އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ޢަރަބި ބަސް ދޫކޮށްނުލާށެވެ! އެއިރުން ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް ޢަރަބި ބަހަށް ލޯބި ޖެހި ކީރިތި ޤުރްއާނަށްވެސް ލޯބި ޖެހޭނެއެވެ.

އިންސާނާގެ ޙަޔާތަށް ބަލައިފިނަމަ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ކައިވެންޏަށެވެ. ކައިވެންޏަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ދަރިން ލިބުމަށެވެ. އެންމެ ބޮޑަށް ތައްޔާރުވާނީ ދަރިފުޅު އުފަންވާ ދުވަހަށެވެ. ދަރިފުޅު އުފަންވާ ވަގުތަށެވެ. ދަރިފުޅަށް މަރުޙަބާ ކިޔަން އެމީހެއްގެ ފެންވަރުން ލިބެންހުރި އެންމެ ފެންވަރު ރަނގަޅުތަކެތި ގަނެ ޖަމާކުރެއެވެ.

ނަމަވެސް ހިތާމައަކީ ހުރިހާ ކަމެއް ލިސްޓްކޮށް ރާވައި ހަދާއިރުވެސް ދަރިފުޅާއި ކީރިތި ޤުރްއާނާއި ގުޅުވައިލަން ވިސްނިފައިވެސް ނުއޮންނަ ކަމެވެ. މިހެން ބުނި ނަމަވެސް ބައެއް މައިން ބަފައިން އެކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއްވެސް ދެއެވެ. އެގޮތުން ބަލިވެއިނީންސުރެ ކީރިތި ޤުރްއާން ކިޔެވުން ބައެއް މައިން ގިނަކުރެއެވެ. އަދި މާބަނޑު ދުވަސްވަރު އަނބިމީހާ ކައިރީގައި އިނދެގެން ދަރިފުޅަށް އަޑު އިއްވޭތޯ ބައެއް ބައްޕައިން ކީރިތި ޤުރްއާން ކިޔަވައެވެ. މިފަދަ މީހުންނަށް ލިބޭ ދަރިންގެ ކިބައިން މިކަމުގެ ފައިދާ ވެސް ފެނެއެވެ.

އެއްވެސް ޙާލެއްގައި މިބުނަނީ ކީރިތި ޤުރްއާން ހިތުދަސްކުރެވޭނީ ހަމައެކަނި އެންމެ ތުއްތު އިރުންސުރެ އެކަމަށް މަސައްކަތްކޮށްގެން ކަމަކަށް ނޫނެވެ. ކޮންމެ އުމުރެއް2ގައި މަސައްކަތް ފެށި ނަމަވެސް އެއީ ކުރެވޭ ކަމެކެވެ. ނަމަވެސް މިބުނެދިނީ ހާފިޡަކަށް ދަރިފުޅު ހަދަން ބޭނުން މައިން ބަފައިންނަށް އެކަމުގައި އިތުރު އެހީތެރިކަމެއް ލިބިދާނެ ކަމަށް އަހަރެންނަށް ޤަބޫލުކުރެވޭ ކަންކަމެވެ. ގިނަ ބައެއްގެ ތަޖުރިބާއިން ވަނީ މިކަންކަން ސާބިތުވެސް ވެފައެވެ.

ކޮންމެ އުމުރެއްގައި ދަރިފުޅަކީ ޙާފިޡަކަށް ހެދުމުގެ މަސައްކަތް ފެށި ނަމަވެސް ދަރިފުޅުގެ ހިތުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސުވަން މަސައްކަތްކުރަންވާނެއެވެ. އަދި އަރަބި ބަހަށް ވެސް ލޯބި ޖައްސުވަން މަސައްކަތްކުރާށެވެ! ރިވެތިކޮށް ޚާއްޞަކޮށް ނުބަލައި ޤުރްއާން ކިޔަވާ މަޖިލިސްތަކުގައި ދަރިފުޅު ބައިވެރިކުރުމަކީ ވެސް ކުއްޖާގެ ޝައުޤްވެރިކަން އިތުރުވާ ކަމެކެވެ.، އިން ޝާ ﷲ ކާމިޔާބުކުރެވޭނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް