އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނަރަކައިގެ އަހުލުވެރިންގެ ކެއިން ބުއިމުގެ މެނޫ" ހިތަށް ބިރުވެރިކަން ވައްދަވާތޯ ނިކަން ކިޔާލަބަލަ!: ޝައިޚް އަޙްމަދު ރިމާޒް

"ނަރަކައިގެ އަހުލުވެރިންގެ ކެއިން ބުއިމުގެ މެނޫ" ހިތަށް ބިރުވެރިކަން ވައްދަވާތޯ ނިކަން ކިޔާލަބަލަ!: ޝައިޚް އަޙްމަދު ރިމާޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ކޮންމެ ކަމަކަށްވެސް ބިރުގަނެވޭނީ އެކަމެއްގައި ހުރި ނުރައްކަލާއި ބިރުވެރިކަން އެނގުމުންނެވެ. އެގޮތުން ނަރަކައާއިމެދުގައިވެސް ބިރުވެތިވެވޭނީ ނަރަކައިގެ ކަންކަން އެނގިގެންނެވެ. ނަރަކައަށް ވައްދަވައިފިނަމަ ކުރިމަތިވާނެ ކަންކަން އެނގިގެންނެވެ.

"ނަރަކައިގެ އަހުލުވެރިންގެ ކެއިން ބުއިމުގެ މެނޫ" ނުވަތަ ކައިބޮއިހަދަންޖެހޭ ތަކެތި!:

" ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ. ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ."

"އަދި ޣިސްލީން މެނުވީ (އެބަހީ: ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ".

"އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ. ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ. ފަހެ، އޭގަމައްޗަށް ކެކިކެކި ހުންނަ ހޫނުފެން ބޯނޭމެއެވެ. ފަހެ، ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ".

"ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ. އޭގެ މޭވާ، ޝައިތާނުންގެ ބޯތަކެކޭ އެއްފަދައެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ. ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: ޒައްޤުމު އާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއް) އެއުރެންނަށްވާކަން ކަށަވަރެވެ".

"اللَّه ރަޙްމަތްލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޢަޒީޒްވަންތަ، ރަޙީމުވަންތަ ރަސްކަލާނގެއެ

ވެ.ހަމަކަށަވަރުން، ޒައްޤޫމު ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ. ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ. ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ".

"އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"

"މިއީ ޢަޛާބެވެ. ފަހެ، އެއުރެން އޭގެ ރަހަ ލިބިގަންނަހުށިކަމެވެ! (އެއީ) ކެކިކެކިހުރި ހޫނުފެނާއި، ފާދިޔައެވެ".

"އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ"

"އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ. އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ".

--ޝައޚް އަޙްމަދު ރިމާޒް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް