އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަމާނަށް ފެތޭ ކޮންޓްރޯލް ޓެކްސީ ލައިންއެއް އުފައްދަނީ

ޒަމާނަށް ފެތޭ ކޮންޓްރޯލް ޓެކްސީ ލައިންއެއް އުފައްދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޒަމާނަށް ފެތޭ ކޮންޓްރޯލް ޓެކްސީ ލައިންއެއް އުފެއްދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިފަދައިން ވިދާޅުވީ، ރޭގައި ކުރިއަށް ދިޔަ "އަހާ" ފޯރަމްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފާ ފީއަށް ވުރެއް ބޮޑުކޮށް ޓެކްސީތަކުން ފީ ނަގަމުންދާތީ އެކަން ހައްލުކުރުމަށް އެ ވުޒާރާއިން އެއްވެސް މަސައްކަތްތަކެއް ކުރައްވަމުންދޭތޯ ރައްޔިތަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

"އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފާ ފީއަށް ވުރެއް ބޮޑުކޮށް ޓެކްސީތަކުން ފީ ނަގަމުންދާތީ އެކަން ހައްލުކުރުމަށް އެ ވުޒާރާއިން އެއްވެސް މަސައްކަތްތަކެއް ކުރައްވަމުންދޭތޯ ސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ޓެކްސީތަކުން ކަނޑައަޅައިފައިވާ އަގަށްވުރެ އިތުރަށް ފީ ނަގާކަމުގެ ކަންބޮޑުވުމާއި ޝަކުވާ އެ ވުޒާރާއަށްވެސް ހުށަހެޅޭކަމަށެވެ. އަދި މި މައްސަލައަކީ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އަމީން ވިދާޅުވީ، ޓެކްސީ ލައިނުގައި މިހާރުވެސް ޓެކްސީ ކުރާ ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެކަމަށާއި މި މަސައްކަތުގައި ބޭނުން ކުރާނީ ފިއުލްގެ ބަދަލުގައި ބެޓްރީ ޓެކްސީކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު