އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށް އެދެން އަންހެނުންނަށްވެސް ހުއްދަ!- ތިމާއަށް ރީތި މީހަކު ފެނި ކައިވެނިކުރަން ބޭނުންވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތް-

ކައިވެންޏަށް އެދެން އަންހެނުންނަށްވެސް ހުއްދަ!- ތިމާއަށް ރީތި މީހަކު ފެނި ކައިވެނިކުރަން ބޭނުންވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ތިމާއަށް ރީތި މީހަކު ފެނިއްޖެނަމަ އެމީހަކާއި ގުޅެން ހިތްކިޔުމަކީ ފާފައެއް ނޫނެވެ. އެއީ ހުއްދަ ކަމެކެވެ. އެހެނީ އެމީހަކު ޝައިޤުވެރިވާ އެއްޗެއް ފެނިއްޖެނަމަ އެއްޗެއް ބޭނުންވުމަކީ ޠަބީޢީ ކަމެކެވެ.  

ނަމަވެސް ފެންނަ ރީތި މީހުން ޙާޞިލްކުރަން މަސައްކަތްކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކެއްވެސް ހުރެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އޭނާއަކީ މިނިވަނެއްކަން ޔަޤީންކުރަންވާނެއެވެ. މިޘާލަކަށް މީހަކާއި ކައިވެނިކޮށްގެން ހުރިނަމަ އެދެމަފިރިންގެ ދެމެދަށް ވަދެގަންނަން މަސައްކަތްކޮށްގެން ނުވާނެއެވެ.  

އެއިރުން އެކަންވާނީ މީހަކަށް ދެވޭ އަނިޔާއަކަށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ދިނުން ދީނުގައި ހުއްދައެއް ނޫނެވެ. އަދި ތިމާއަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދަން އެހެން މީހަކަށް އަނިޔާއެއްދީގެން ޙާޞިލްކުރެވޭނެ ޙަޤީޤީ އުފާވެރިކަމެއްވެސް ނުއޮންނާނެއެވެ.  

ދެން ބަލަންވީ އޭނާއަކީ އެކަނި ހުރި މީހަކަށް ވެއްޖެނަމަ ކަންތައްކުރަންވީ ގޮތަށެވެ. އެހެންކަމަށްވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އޭނާގެ އެތެރެފުށުގެ ޙަޤީޤަތް އޮޅުންފިލުވާށެވެ! އަޚްލާޤާއި ިރިއުޅެމުން އަންނަ ގޮތުގެ މައްލޫމާތުވެސް އޮޅުންފިލުވާށެވެ! ﷲ ތަޢާލާ އަށް ބިރުވެތިވާ މީހަކުތޯވެސް ބަލާށެވެ! 

އެކަންކަމުން އޭނާ ފާސްވެއްޖެނަމަ އަވަހަށް ޕްރަޕޯސަލް ހުށަހަޅާށެވެ! އޭގައި ލިޔަންވީ ނުވަތަ ބުންނަންވީ ތިބާދެކެ ވަރަށް ބޮޑަށް ލޯބިވާކަމަކަށާއި އެކަހެރި ބައްދަލުވުމަކަށް އެދޭކަމަކަށް ނޫނެވެ. ބުނަންވީ ކައިވެނިކުރަން ބޭނުން ކަމަށެވެ. އެކަން އެމީހަކު ޤަބޫލުކޮށްފިނަމަ އަވަހަށް ކައިވެނިކުރަންވީއެވެ. ޤަބޫލުނުކޮށްފިނަމަ އެމީހާގެ މަތިން ހަނދާން ނައްތާލަންވީއެވެ.  

ދެން ބުނެލަން ބޭނުންވަނީ ރީތި، ރަނގަޅު މީހަކު ފެނުމުން ކައިވެނިކުރަން ބޭނުންކަމަށް ބުނުމަކީ މުސްލިމް އަންހެނުންނަށްވެސް ލިބިގެންވާ ޙައްޤެކެވެ. ނަމަވެސް ބުނަންވާނީ ދެމީހުން އެކަހެރިވެ ތިބެގެނެއް ނޫނެވެ. ކައިވެނީގެ ކުރިން އެކަހެރިވުން އިސްލާމްދީނުގައި ހުއްދަނުކުރާތީއެވެ. އަދި އެއީ ޙަރާމް ކަމަކަށްވާތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް