އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާތުގަ ތިބޭ ދަރިންނަށް ޚަރަދުކުރާ މިންވަރަށް ދުރުގަ ތިބޭ ދަރިންނަށްވެސް ޚަރަދުނުކުރުމަކީ ފާފަވެރިވާނެ ކަމެއް! ދީނުގަ އޮތީ ހުރިހާ ދަރިން ހަމަހަމަކުރަން!

ގާތުގަ ތިބޭ ދަރިންނަށް ޚަރަދުކުރާ މިންވަރަށް ދުރުގަ ތިބޭ ދަރިންނަށްވެސް ޚަރަދުނުކުރުމަކީ ފާފަވެރިވާނެ ކަމެއް! ދީނުގަ އޮތީ ހުރިހާ ދަރިން ހަމަހަމަކުރަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ޢާއިލީ ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތަކުގެ ވާހަކައެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރެވުމުގެ ތަޅުދަނޑިއަކީ ޢާއިލީ ހަމަޖެހުން، ނުވަތަ ޢާއިލީ ހަމަޖެހުން އޮވެގެން ކަމަށް ވަރަށް ގިނަ ޢިލްމުވެރިން ފާހަގަކުރައްވައެވެ. 

އަދި އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަމުގައި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. އެންމެންގެ ތެރެއިން ޢާއިލާއަށް ނުވަތަ އަނބިންނަށް އެންމެ ހެޔޮލަފާ ބޭކަލަކީ އިތުރުއެކަލޭގެފާނުކަން ވަނީ ޢަމަލުފުޅުން މުޅި އުންމަތަށް ދައްކަވައިދެއްވައިފައެވެ. 

ވީމާ ޢާއިލީ ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ ދައްކަން ޖެހެއެވެ. އެކަންކަމަށް ޙައްލު ހޯދަން މަސައްކަތްކުރަން ޖެހެއެވެ. ކޮންމެ މައްސަލައެއްވެސް ޙައްލުކުރެވޭނީ އެކަމެއްގެ ވާހަކަދައްކައިގެންނެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ މައްސަލަތަކުގެ ވާހަކަ ދައްކާއިރު އެއްވެސް މީހެއްގެ ވާހަކަދައްކައި ފަޟީޙަތްކޮށްގެން ނުވާނެއެވެ. ކުރިން ބުނި ފަދައިން ދައްކަންވާނީ މައްސަލައިގެ ވާހަކައެވެ. 

މިޘާލަކަށް ކައިވެނި ރޫޅުމަށްފަހު މައިމީހާ ނުވަތަ ބައްޕަ ދަރިންނާއި އަޅައިނުލުމުގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމާއިއެކުގައިވެސް މިވެނި މީހާ ކިޔާފައި އެއްވެސް މީހަކަށް އިނގިލިދިއްނުކުރާށެވެ. މައްސަލައަށް އަމާޒުކުރާށެވެ. އެގޮތަށް ދެއްކުމުންވެސް ގިނަ ފަހަރު އެކުށްކުރާ މަންމަ ނުވަތަ ބައްޕަ، ތިމާއަށް އެވާހަކަ އަމާޒުވާތީ ހިތްހަމައެއް ނުޖެހޭނެއެވެ. ރުޅިއަންނާނެއެވެ. ނަމަވެސް ތިމާއަށް ކުރެވޭ ކުށް ޤަބޫލުކޮށް އިޞްލާޙްވާން މަސައްކަތްކުރާ މީހުންވެސް މަދެއް ނޫނެވެ. ޙަޤީޤަތުގައި ހެޔޮލަފާ، އިޞްލާޙްވާން ބޭނުން މީހުންނަކީ އެއީއެވެ. 

އަދި ހަމައެފަދައިން އެމީހަކަށް ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުކުރުމަކީ ކޮންމެ ބައްޕައެއްގެ މައްޗަށްވެސް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމެކެވެ. އެކަމަށް ދެއްކޭނެ އެއްވެސް ޢުޛުރެއް ނުއޮންނާނެއެވެ. ދަރިން ލިބިފައިވާ އަނބިމީހާ ނުވަތަ އަނބިން ވަރިކޮށް ދެވަނަ އިވެންޏެއް ކޮށްގެން އުޅުނަސް އަދި އެކަވެނީގައި ދަރިން ލިބިފައި ތިބިނަމަވެސް އެމީހަކަށް ލިބޭ މިންވަރަކުން ކުރިން ލިބިފައިވާ ދަރިންނަށްވެސް ޚަރަދުކުރަން ޖެހޭނެއެވެ. ދަރިންނަށް ޚަރަދުކުރުމުގައި ތަފާތުކޮށްގެންނުވާނެއެވެ. އެއީ ދީނުގައި ހުއްދަ ގޮތެއް ނޫނެވެ! ހުއްދަ ނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ ފާފަވެރިވާނެއެވެ. 

މިކަންކަން ހާމަކުރުމުން ނަފްރަތުކުރާ ބައަކުވެސް އުޅޭނެއެވެ. ނަމަވެސް މިބަޔާންކުރަނީ ދީނުގައި އެކަންކަން ބަޔާންވެގެންވާ ގޮތެވެ. އަހުރެންގެ އަމިއްލަ ބަހެއް ނޫނެވެ. ވިސްނައި ޢަމަލުކުރާށެވެ! އާޚިރަތް ދުވަހަށް ދުވަހަށް ބިރުވެތިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް