އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަސްކޮށް އެންމެން ގިނަގިނައިން ކުރަންޖެހޭ ދުޢާއެއް! ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުމަށް އެދިވަޑައިގެން ދާވޫދުގެފާނު ކުރެއްވެވި ދުޢާ-: ޝައިޚް އަބޫބަކުރު ޒައުދު

ދަސްކޮށް އެންމެން ގިނަގިނައިން ކުރަންޖެހޭ ދުޢާއެއް! ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުމަށް އެދިވަޑައިގެން ދާވޫދުގެފާނު ކުރެއްވެވި ދުޢާ-: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 0 ސިކުންތު

ހީކޮށްލާށެވެ! ތިމާ މިވަނީ ހަނަފަސްތަނެއްގައެވެ. ކާނެ ބޯނެ އެއްވެސް އެއްޗެއް ނެތެވެ. އެންމެ ކުޑަމިނުން ބޯނެ ފެންތިއްކެއްގެ މިންވަރުވެސް އަތަކު ނެތެވެ. ބަނޑުހައިވުމާއި ކަރުހިއްކުން ބޮޑުވެ މަރުވަނީއެވެ. އެ ޙާލަތުގައިވަނިކޮށް މީހަކު އައިސް އައިސްފެންފުޅިއެއް ދިނީއެވެ. އެއިން ކޯވަރެއް ކަރުން އެތެރެއަށްދާއިރު ލިބޭނެ އުފާވެރިކަމާއި ހިތްހަމަޖެހުން ނިކަން ހިތަށް ގެނެސްބަލާށެވެ.  

މީސްތަކުންނޭވެ! އެވަގުތު އެފެންފޮދުދެކެ ތިބާ ލޯބިވާނެ މިންވަރު ހިތަށް ގެންނާށެވެ. މިއީ އަހުރެން މިގޮތަށް ބަޔާންކުރިނަމަވެސް ތިމާ ﷲ ތަޢާލާ ދެކެ ލޯބިވާންޖެހޭ މިންވަރު ބަ ޔާންކުރައްވަވައި ރަސޫލް ކުރައްވަވާފައިވާ ޙަދީޘްފުޅަކުން އެނގެން އޮތްކަމެކެވެ.

عَنْ أَبِي الدَّرْدَاءِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ مِنْ دُعَاءِ دَاوُدَ يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنَ الْمَاءِ الْبَارِدِ

3490 سنن الترمذي كتاب الدعوات باب ما جاء في عقد التسبيح باليد

3490 المحدث الترمذي خلاصة حكم المحدث حسن غريب في سنن الترمذي 

Abu Darda reported: The Messenger of Allah, peace and blessings be upon him, said, 

“David would supplicate, saying: O Allah, I ask you for your love and the love of those who love you and the deeds that will bring me your love. O Allah, make your love more beloved to me than myself and my family and even cold water.”

Source: Sunan al-Tirmidhī 3490

Grade: Hasan (fair) according to Al-Tirmidhi 

ޙަދީޘްފުޅުގައި ހިމެނޭ ދުޢާ:  

يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنَ الْمَاءِ الْبَارِدِ

ދާވޫދުގެފާނު ކުރެއްވެވި މިދުޢާގައި އެކުލެވިގެންވާ މާނައީ:  

"ޔާ ﷲ! އިނބަ ﷲ މިއަޅާދެކެ ލޯބިވެވޮޑިގަތުމަށް  މިއަޅާ އެދެމެވެ. އިނބަ ﷲ ދެކެ ލޯބިވާ މީހުންގެ ލޯތްބަށްވެސްމެއެވެ. އިނބަ ﷲ ލޯބިވެވޮޑިގަންނަވާނެ ޢަމަލުތައް ކުރުމަށް ލޯބިކުރާ އަޅަކުކަމުގައިވުމަށްވެސް މިއަލާ އެދެމުއެވެ. ޔާ ﷲ! މިއަޅާގެ އަމިއްލަ ނަފްސާއި ޢާއިލާ އާއި އަދި ފިނި ފެނަށްވުރެ އިނބަ ﷲ ދެކެ ލޯބިވާ އަލަކުކަމުގައި މިއަޅާ ލައްވަވާނދޭވެ!"  

މިއީ ރަސޫލް ބޭކަލުންގެ ދުޢާއެވެ. އަހަރެމެންވެސް ކުރަންޖެހޭ ދުޢާއެވެ. ދުޢާގެ މަޤްޞަދަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުކުރުމެވެ. އަހަރެމެންނަކީ އަހަރެމެންގެ އަމިއްލަ ނަފްސާއި އާއިލާ އާއި އަދި ދުނިޔަވީ ހުރިހާ ހުރިހާ ބޭނުންތަކަށްވުރެ ބޮޑަށް ﷲ ތަޢާލާ ދެކެ ލޯބިވާ ބައަކު ކަމުގައި ލެއްވެވުން އެދުމެވެ.

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް