އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރަށް ބޮޑަށް ސަމާލުވެގެން ނޫނީ ސަލާމަތެއް ނުވެވޭނެ! މިހާރު އުޅެންޖެހިފަ މިވަނީ މި ޙަދީޘްގަ ރަސޫލް ޞޢވ ބަޔާންކޮށްދެއްވަވާފައިވާ ޒަމާނުގަ!

ވަރަށް ބޮޑަށް ސަމާލުވެގެން ނޫނީ ސަލާމަތެއް ނުވެވޭނެ! މިހާރު އުޅެންޖެހިފަ މިވަނީ މި ޙަދީޘްގަ ރަސޫލް ޞޢވ ބަޔާންކޮށްދެއްވަވާފައިވާ ޒަމާނުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

ކުރިއަށް އަންނަން އޮތް ޒަމާންތަކުގައި ކަންކަން މެދުވެރިވާނެ ގޮތާއި ކުރިމަތިވާނެ ކަންކަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ މީގެ 1400 އަހަރުކުރިން މީސްތަކުންނަށް ބަޔާންކޮށް ދެއްވަވައިފައެވެ. އެއީ އެކަންކަމަށް މީސްތަކުން ހޭލުންތެރިވެ ތިބުމަށްޓަކައެވެ. 

އެއްވެސް ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލުﷲ   ބަޔާންކުރައްވަވާފައިވާ ކޮންމެ ޙަދީޘްފުޅަކީ ތެދު ޙަޤީޤަތެވެ. އެކަން ސާބިތުވެގެންދާނީ އެކި ޒަމާންތަކުގައެވެ. 

نْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْتِي عَلَى النَّاسِ زَمَانٌ الصَّابِرُ فِيهِمْ عَلَى دِينِهِ كَالْقَابِضِ عَلَى الْجَمْرِ

2260 سنن الترمذي كتاب الفتن باب ما جاء في النهي عن سب الرياح

8002 المحدث الألباني خلاصة حكم المحدث صحيح في صحيح الجامع 

Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, 

“A time of patience will come to people in which adhering to one’s religion is like grasping a hot coal.” 

Source: Sunan al-Tirmidhī 2260

Grade: Sahih (authentic) according to Al-Albani 

މިޙަދީޘްފުޅުގައި ރަސޫލުﷲ ބަޔާންކޮށްދެއްވަވާފައި އެވަނީ އިސްލާމް ދީނުގައި ސާބިތުވެ ހުރުމަކީ އތްމައްޗަށް ހޫނުކަންގަދަ ހިލަގަނޑެއް (އަނގުރު އަލިފާން ފަދަ އެއްޗެއް) ލައިގެން އުޅެންޖެހުން ފަދަ ކަމަކަށްވެގެންދާނެ ޒަމާނެއް އަންނާނެ ކަމެވެ. 

އެއީއަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ހޫނު ހިލަގަނޑެއް އަތަށް ލައިގެން އުޅުމަކީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

އަދި އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވަނީ ސީދާ އެޒަމާން ކަމުގައި ނުވެދާނެއެވެ. އަދިވެވެސްދާނެއެވެ. ޒަމާން ފަސްވަމުން އައިވަރަކަށް އެކަންދާނީ ބޮޑުވަމުންނެވެ. މިއަދުވެސް އެކަން ފެށިފައިވުމުން އެޒަމާން ފެށިފައިވާކަމަށް ޤަބޫލުކުރަން އެބަޖެހެއެވެ. 

މިހާރުވެސް ދީނުގައި ފުރިހަމައަށް ސާބިތުވެ ހުރުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. ވަށައިގެންވާ މާހައުލު ފުރިފައި މިވަނީ އިސްލާމް ދީނާއި ދެކޮޅު، ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކަންކަމުންނެވެ. އެއިން ކަމަށް ކިރިޔާ ސަމާލުކަން ދެވުނު ނަމަވެސް ދީނުގައި ސާބިތުވެ ހުރުމަށް ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. އެންމެ ކުޑަމިނުން ބަލައިލެވުނު ނަމަވެސްމެއެވެ. މުޖުތަމައުގެ ބޮޑުންގެ ގޮތުގައި ތިބޭ ގިން ބައަކާއި ބައްދަލުކޮށް ވާހަކަދައްކައިލެވުނު ނަމަވެސްމެއެވެ. 

ވީމާ މި ޙަދީޘްފުޅަށް ސަމާލުކަން ދިނުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. 

- ޙަދީޘްގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް