އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ވަނުން ނާދިރު އަންހެނަކަށް ނުވެ އެންމެ ރަނގަޅު އަންހެނަކަށްވަމާތޯ؟

ސުވަރުގެ ވަނުން ނާދިރު އަންހެނަކަށް ނުވެ އެންމެ ރަނގަޅު އަންހެނަކަށްވަމާތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 20 ސިކުންތު

އަނަހެނުންގެ ތެރެއިން ސުވަރުގެ ވަނުމަށް އެދި މަސައްކަތްކުރާ އަންހެނުންނަށް އެއީ ދާދި ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެކެވެ. ދަތިއުނދަގޫކަމަކަށްވެގެންދަނީ ސަމާލުކަންދޭންޖެހޭ ކްނަތައްތަކަށް ސަމާލުކަން ނުދިނުމުންނެވެ. ގިނަ އަންހެނުންނަށް ހަމަ ނުއެނގެނީއެވެ.  

ޙިޖާބުވުމުގައި ޒީނަތްތެރިކަން ފާޅުކުރުމަކީ ނިފާޤުކަމުގެ ތެރެއިންވާ ކަމެކެވެ. އެކަން ދަލީލުން ޘާބިތު ވެއެވެ. އެއީ ޢަމަލީ ނިފާޤުގެ ވައްތަރެކެވެ. 

عن أبي أذينة الصدفي أن رسول الله صلى الله عليه وسلم قال : خيرُ نسائِكمُ الوَدودُ الوَلودُ المُواتِيَةُ المُواسِيَةُ إذا اتقَيْنَ اللهَ وشرُّ نسائِكمُ المُتَبَرِّجاتُ المُختالاتُ وهن المُنافِقاتُ لا يدخُلُ الجنةَ منهن إلا مِثلُ الغُرابِ الأعصَمِ- أخرج البيهقي في 

السنن الكبرى ” (13478)  وصححه الألباني فيصحيح الجامع الصغيربرقم : (3330) , وفيالسلسلة الصحيحةبرقم: (1849). 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ރަނގަޅު އަންހެނުންނަކީ ބޮޑަށް ލޯބިވާ، ގިނައިން ދަރީން ވިހާ، ފިރީން ރުއްސާ ފިރީން ބުނާގޮތް ހަދާ، ފިރީންނަށް އެހީތެރިވާ އަންހެނުންނެވެ. އެއީ އެކަންކަން ކުރުމާއެކު އެކަނބަލުން ﷲ އަށް ބިރުވެތިވާނަމައެވެ. އަދި ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ނުބައި އަންހެނުންނަކީ ޒީނަތްތެރިކަން ފާޅުކުރާ (ޙިޖާބުވާންވީ ގޮތަށް ޙިޖާބުނުވާ) އަދި ބޮޑާ އަންހެނުންނެވެ. އެއީ މުނާފިޤުންނެވެ. އެކަނބަލުންގެ ތެރެއިން ސުވަރުގެ ނުވަންނާނެއެވެ. ފައި ހުދުކާޅު ފަދައިން މެނުވީއެވެ." (ޔަޢުނީ އެކަނބަލުންގެ ތެރެއިން ކަނބަލަކު ސުވަރުގެ ވަނުމަކީ ފައިހުދުކާޅެއް ފެނުންފަދަ ނާދިރު ކަމެކެވެ.)

- ޝައިޚް މުޙައްމަދު ޝާފިޢު 

މިޙަދީޘްފުޅުން އެނގޭ ގޮތުގައި އެންމެ ރަނގަޅު އަންހެނުންނަކީ:  

"ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ރަނގަޅު އަންހެނުންނަކީ ބޮޑަށް ލޯބިވާ، ގިނައިން ދަރީން ވިހާ، ފިރީން ރުއްސާ ފިރީން ބުނާގޮތް ހަދާ، ފިރީންނަށް އެހީތެރިވާ އަންހެނުންނެވެ. އެއީ އެކަންކަން ކުރުމާއެކު އެކަނބަލުން ﷲ އަށް ބިރުވެތިވާނަމައެވެ." 

އެންމެ ނުބައި އަންހެނުންނަކީ: "ަދި ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ނުބައި އަންހެނުންނަކީ ޒީނަތްތެރިކަން ފާޅުކުރާ (ޙިޖާބުވާންވީ ގޮތަށް ޙިޖާބުނުވާ) އަދި ބޮޑާ އަންހެނުންނެވެ. އެއީ މުނާފިޤުންނެވެ. އެކަނބަލުންގެ ތެރެއިން ސުވަރުގެ ނުވަންނާނެއެވެ. ފައި ހުދުކާޅު ފަދައިން މެނުވީއެވެ." (ޔަޢުނީ އެކަނބަލުންގެ ތެރެއިން ކަނބަލަކު ސުވަރުގެ ވަނުމަކީ ފައިހުދުކާޅެއް ފެނުންފަދަ ނާދިރު ކަމެކެވެ.) 

ނުބައި އަންހެނުންނަށް ހުރި ޖަޒާ: އެކަނބަލުންގެ ތެރެއިން ސުވަރުގެ ނުވަންނާނެއެވެ. ފައި ހުދުކާޅު ފަދައިން މެނުވީއެވެ." (ޔަޢުނީ އެކަނބަލުންގެ ތެރެއިން ކަނބަލަކު ސުވަރުގެ ވަނުމަކީ ފައިހުދުކާޅެއް ފެނުންފަދަ ނާދިރު ކަމެކެވެ.)

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް