އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމިހާގެ މަންމަ މަރުވުމުން ލިބުނު ހިތާމައިން ސަލާމަތްވާން ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުން ބޮޑަށް ފިރިމީހާއަށް ފަރުވާކުރި ޑޮކްޓަރެއްގެ ވާހަކަ-

އަނބިމިހާގެ މަންމަ މަރުވުމުން ލިބުނު ހިތާމައިން ސަލާމަތްވާން ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުން ބޮޑަށް ފިރިމީހާއަށް ފަރުވާކުރި ޑޮކްޓަރެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

ކުރިން އަޅުގަނޑު އަޑުއަހަނީ ނަފްސާނީ ޑޮކްޓަރުން ބުނާތީ ގޭގަ މަޑުނުވެ ކޮފީތަކަށް ދިއުން ގިނަވާ ވާހަކައެވެ. މިހާރު ދިމާވެގެން މިއުޅޭ ކަމަކީ ބަލިމީހާ އާއި ޑޮކްޓަރު އެކުގަ ކޮފީގަ ހޭދަކުރާ ވަޤުތު ގިނަވުމެވެ. އަނބިމީހާ އެއްޗެއް ބުނެފިނަމަ ނަފްސާނީކަން ބޮޑުވެ ރަތަށް އަރައި އަމިއްލަގައިގައި ތަޅައިވެސް ހަދަނީއެވެ.

މިކަމަށް އޮތް ޙައްލަކީ ކޮބައިތޯއެވެ؟

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކޮންމެ ބައެއްގެ ތެރޭގައިވެސް ތަފާތު މީހުން އުޅޭނެއެވެ. ވީމާ ނަފްސާނީ ޑޮކްޓަރުންގެ ތެރޭގައިވެސް ތަފާތު ގޮތްގޮތަށް ފަރުވާދޭ ޑޮކްޓަރުންވެސް އުޅޭނެއެވެ. ޙާލަތަށް ވިސްނައިގެން ޢަމަލުކުރީމާ ރަނގަޅުވާނެއެވެ.

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވައިގެންވެސް ޙާލަތަށް ފަރުވާއެއް ހޯއްދެވިދާނެއެވެ. އިން ޝާ ﷲ

އަޅުގަނޑުމެންނަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް އޭނާގެ ޢަމަލުތަކުން އެކަމެއް ނުދައްކައެވެ. އަޅުގަނޑާއިއެކު ހޭދަކުރާ ވަގުތުތަކުގައި އަޅުގަނޑުގެ މަސައްކަތަށްވެސް އެހީތެރިވެއެވެ.

ކައިވެންޏަށް 3 ވަނަ އަހަރަކީ އަޅުގަނޑުގެ މަންމަ ނިޔާވި އަހަރެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމައިގެ ސަބަބުން އަޅުގަނޑަށް ހުއްޓުމެއް އެރިއެވެ. ގިނަވަގުތުތަކުގައި މަޑުން އިނދެވެން ފެށިއެވެ. ފިރިމީހާއަށް އެކަން ބޮޑުވެގެން ނަފްސާނީ ޑޮކްޓަރަކަށް އަޅުގަނޑު ދެއްކިއެވެ

އެއީ ޢަޖައިބެއްފަދަ ޑޮކްޓަރެކެވެ. ދެމަފިރިންނާއިއެކުގައި ހޭދަކުރަނީ 5 މިނިޓެއްހައިއިރެވެ. ފިރިމީހާ ނެރެފައި އަޅުގަނޑާއިއެކު ހޭދަކުރަނީ 5 މިނިޓެއްހައި އިރެވެ. ފިރިމީހާ އެކަނި ވައްދާފައި 20 ވަރަކަށް މިނިޓް ހޭދަކުރެއެވެ.

ބަލިމީހަކީ އަޅުގަނޑެވެ. ނަމަވެސް ޑޮކްޓަރަށް ދައްކާ ކޮންމެ ދުވަހަކުވެސް ގިނަ ވަގުތު ހޭދަކުރަނީ ފިރިމީހާ އާއިއެކުގައެވެ. މިކަން މިވާގޮތުން އަޅުގަނޑު ކަންބޮޑުވާންފެށިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. ކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްފެށީމެވެ. ޙަޤީޤަތް އެނގުނީ އެއް ރޭ ޑޮކްޓަރުގެ ގެއަށް ގޮސް އިނުމުންނެވެ. ދޮރުވާނު އަޅުގަނޑު ގާތުގައި ބުނީ ޑޮކްޓަރު ގޭގައި އުޅޭކަމަށާއި އަޅުގަނޑަކީ އޭނާގެ ޕޭޝަންޓަކަށްވުމުން ސިޓިންގ ރޫމްގައި މަޑުކޮށްލެވިދާނެ ކަމަށެވެ. މަޑުކޮށްގެން އިންދައި ގަޑިއެއްހާއިރުފަހުން ގޭތެރެއިން ނުކުތީ އަޅުގަނޑުގެ ފިރިމީހާ އާއިއެކުގައެވެ. ދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބުނެވެ.

އަޅުގަނޑާއި ސުވާލުކުރުމުން އަޅުގަނޑު ބުނީ ވަރަށް ގަދައަށް ބޮލުގައި ރިއްސާތީ ކެތްނުކުރެވިގެން ޑޮކްޓަރާއި ބައްދަލުކުރަން އައީ ކަމަށެވެ. ޑޮކްޓަރު އަޅުގަނޑުބަލާފައި ބޭހެއް ލިޔެދިނުމުން ފިރިމީހާ އާއިއެކުގައި ނުކުމެގެން އައީއެވެ. ބޭސްގަންނަން ފިރިމީހާ އުޅުމުން ބޭސް ބޭނުން ނޫންކަމަށް ބުނީމެވެ. އަދި ބުނީމެވެ. "ބޭސް ލިބިއްޖެއެވެ. ދެން އޮތީ ފަރުވާ ހޯދުމެވެ." އެނޫން އެއްވެސް ބަހެއް ނުބުނަމެވެ. އަދި ފަހަކުންވެސް އެކަމުގެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އަދި އެޑޮކްޓަރު ދީފައިހުރި އެއްވެސް ބޭހެއްވެސް ބޭނުމެއް ނުކުރަމެވެ.

ހަފްތާއެއްވަރު ފަހުން ފިރިމީހާއަށް ކެތްނުކުރެވިގެން އަޅުގަނޑު ގާތު ބުންޏެވެ. "އިންސާކަށްވީތީ ކުށެއް ކުރެވުނީއެވެ. ނަމަވެސް އިރާދަކުރެއްވިއްޔާ ދެން އެފަދަ ކުށެއް ނުކުރާނަމެވެ. އިބިލީހަށް ސަވާރުނުވެވޭ ސިކުނޑިތަކަށްވެސް އިންސާނުން ސަވާރުވޭ ނޫންހެއްޔެވެ؟ އޭނާ ކިޔަވައިގެން ހުރިއެއްޗަކުން ދަސްވެފައިހުރި އުކުޅުތައް މޮޅީއެވެ. ގޯހެއް ނުހެދެނީސް ސަލާމަތްވެވުނީ ތިބާގެ ސަބަބުންނެވެ. އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ."

އަޅުގަނޑު ބުނީމެވެ. "ﷲ ގެ ޙަޟްރަތުގައި އެދި ދުޢާކުރި ޖަވާބު ތިއަ ލިބުނީއެވެ. އެއްވެސް ޝަކުވާއެއް ދުވަހަކުވެސް ނުކުރާނަމެވެ. އެކަމަކު ކޮންމެ ފަދަ ކަމެއް މެދުވެރިވިނަމަވެސް ދެން ދުވަހަކުވެސް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ނުހަދާތިއެވެ! ހިތް ކުދިކުދިވެއްޖެއެވެ. މަންމަ މަރުވުމުން ލިބުނު ހިތާމައަށްވުރެ ޑޮކްޓަރު ތިބާއަށް ދިން ފަރުވާއިން ލިބުނު ހިތާމަ މާބޮޑެވެ. އެއީ ކޮންމެ މީހަކުވެސް މަރުވާނެއެވެ. ވީމާ މަންމަވެސް މަރުވާނެކަން އަބަދުވެސް ހުރީ ޤަބޫލުކޮށްގެންނެވެ. ނަމަވެސް ތިބާ އަހަރެންގެ ހިތުގައި ޖެހޭނެ ކަމެއް ކޮށްފާނެކަމަށް ޤަބޫލުނުކުރެވި އޮތުމުން ލިބުނު އަނިޔާ މާބޮޑުވީއެވެ. އެހެންކަމާއިއެކުވެސް އެދުނު ފަދައިން މާފުކޮށްފީމެވެ. މިހިސާބުން މިވާހަކަ ދެއްކުން ދެން ނިންމައިލަމާހިނގާށެވެ!"

--ޝައިބާ ޚާން / ފައިސަލް އާބާދު ޕާކިސްތާން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް