އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮބުވެތިކަނބަލުންނޭވެ! މިއީ ތިއަކަނބަލުން ގިނަގިނައިން ކުރަންވީ ދުޢާއެކެވެ!

ލޮބުވެތިކަނބަލުންނޭވެ! މިއީ ތިއަކަނބަލުން ގިނަގިނައިން ކުރަންވީ ދުޢާއެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

(اللهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى، وَالْعَفَافَ وَالْغِنَى)

[أخرجه مسلم 472 – (2721)]

މާނައީ: " އޭ ﷲ! މިއަޅާއަށް ހިދާޔަތާއި، ތަޤްވާވެރިކަން ދެއްވާނދޭވެ. އަދި ޢިއްފަތްތެރިކަމާއި ފުދުންތެރިކަން ދެއްވާނދޭވެ." 

މިފަދަ ވާހަކަތައް ދައްކަން ބައެއް ޢިލްމުވެރިން ލަދުވެތިވެލައްވައެވެ. ނަމަވެސް ނުދައްކައި ވާކަށް ނެތެވެ. އަހަރެމެންގެ ލޮބުވެތި އުޚުތުން ނަރަކައިގެ އަލިފާނުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރަން އެބަޖެހެއެވެ.  

މިދުޢާގައި ހިމެނޭ ކަންކަން އަހުރެން ތަރުތީބުކުރަން ބޭނުންވަނީ މިގޮތަށެވެ. ފުރަތަމަ ހިދާޔަތާއި ތަޤްވާވެރިކަމެވެ. ދެން ދައްކަންބޭނުމީ ފުދުންތެރިކަމުގެ ވާހަކައެވެ. ޢިއްފަތްތެރިކަން ގެންނަން ބޭނުންވަނީ އެއިގެ ފަހަތުންނެވެ.  

މިގޮތަށް ތަރުތީބު މިކުރީ ހުރިހާ މައްސަލަތަކެއްގެ އަޞްލަކީވެސް ހިދާޔަތު ނުލިބި ތަޤްވާވެރިކަންވެސް ނުލިބުން ކަމުގައިވާތީއެވެ. އަދި ކިރިޔާ ކަމަކަށް ދަތިވެލާއިރަށް ފައިސާ ޖަހާމެޝިނެއްގެ ގޮތުގައި ޢިއްފަތްތެރިކަން ޤުރްބާންކުރެވޭލެއް ގިނަކަމުންނެވެ.  

ލޮބުވެތިކަނބަލުންނޭވެ! ނުކައިހުރުމަކުން ފާފަވެރިއެއް ނުވާނެއެވެ. ބޭނުންވާ ކަންކަން ނުފުދި ހުރިނަމަވެސް ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ޢިއްފަތްތެރިކަން ޤުރްބާންކުރެވިއްޖެނަމަ ބާރުސްޕީޑުގައި އެދެވެނީ ނަރަކައާއި ދިމާއަށެވެ. ލިބޭނެ އެންމެ ބޮޑު ހިތާމައަކީ ނަރަކައަށް ވަންނަން ޖެހުމެވެ. ކޮންމެ ފަދަ ނިކަމެތި ޙާލެއްގައި އުޅެންޖެހުނުނަމަވެސް ނަފްސް ނަރަކައިން ސަލާމަތްކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް