އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާނުގެ މަޢުލުމާތު އިތުރުކުރުން: ބިސްމިއާ ނުލާ ތައުބާ ސޫރަތް ބާވާލެއްވުމުގެ ޙިކުމަތް-

ޤުރްއާނުގެ މަޢުލުމާތު އިތުރުކުރުން: ބިސްމިއާ ނުލާ ތައުބާ ސޫރަތް ބާވާލެއްވުމުގެ ޙިކުމަތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު

ބިސްމިއާ ނުލާ ތައުބާ ސޫރަތް ބާވާލެއްވުމުގެ ޙިކުމަތަކީ ކޮބާހެއްޔެވެ؟ 

ޤުރުއާނުގައިވާ ކޮންމެ ސޫރަތެއްގެ ފެށުމުގައި بسم الله الرحمن الرحيم”މިފަދައިން އައިސްފައިވެއެވެ. ތައުބާ ސޫރަތް ފިޔަވައެވެ. ފަހެ މިކަމުގައި ޢިލްމުވެރިން ދެޖަވާބެއް ދެއްވާފައިވެއެވެ. 

ފުރަތަމަ ޖަވާބު: 

ތައުބާ ސޫރަތަކީ (އޭގެ ކުރީގައިވާ) އަންފާލު ސޫރަތް ފުރިހަމަ ކުރުމަށްޓަކައިވާ ސޫރަތެކެވެ. އެހެންވެ އެސޫރަތް ފެށޭއިރުގައި بسم الله الرحمن الرحيم”އައިސްފައި ނުވަނީއެވެ. އެހެނީ އެއީ އަންފާލު ސޫރަތް ފުރިހަމަ ކުރުމަށްޓަކައިވާ ސޫރަތަކަށް ވާތީއެވެ. 

ދެވަނަ ޖަވާބު: 

ތައުބާ ސޫރަތުގައި ބިސްމި އައިސްފައި ނުވަނީ، އެހެނީ ހަމަކަށަވަރުން އެސޫރަތުގައި ޛިކުރު ކުރެވިފައިވަނީ ޖިހާދާއި ކާފަރުންނާ ހަނގުރާމަކުރުމުގެ ވާހަކައެވެ. އަދި މިސޫރަތުގައި މުނާފިޤުންނަށްވާ ވަޢީދުގެ ބަސްފުޅުތަކާއި އަދި އެމީހުން ފަޟީޙަތްކުރައްވާފައިވާ ގޮތް ބަޔާންކުރެވިފައިވެއެވެ. އަދި އެމީހުންނަށްހުރި އިހާނެތިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އަދި بسم الله الرحمن الرحيم”މިއީ،އޭގައި ރަޙުމަތުގެވާހަކަ ނަންގަނެވިފައިވާ ކަލިމަތަކެކެވެ. އަދި މިމަޤާމުގައި (ތައުބާ ސޫރަތުގައި) ބަޔާންކުރެވިފައިވަނީ ޖިހާދުކުރުމާއި މުނާފިޤުންގެ ސިފަތަކުގެ ވާހަކައެވެ. އަދި މިއީ ރަޙުމަތުގެ މަޤާމެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ. މިއީ ވަޢީދާއި ބިރުދެއްކުމުގެ މަޤާމެކެވެ. އެހެންވެގެން މިސޫރަތުގެ ފެށުމުގައި بسم الله الرحمن الرحيم”ޛިކުރުކުރެވިފައި ނުވަނީއެވެ. 

فضيلة الشيخ صالح بن فوزان الفوزان  

- އަބޫ ފުސައިލް މުއުތަމިން އަޙްމަދު

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް