އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތިސް ނަމާދުކުރުމުން ލިބެން އޮތް އެންމެ ބޮޑު އެއް ފައިދާ-

ފަތިސް ނަމާދުކުރުމުން ލިބެން އޮތް އެންމެ ބޮޑު އެއް ފައިދާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

މީހަކަށް ﷲ ތައާލާގެ ރައްކައުތެރިކަން ލިބިއްޖެ ނަމަ ދެން އިތުރަށް ބޭނުންވާނީ ކޮން ރައްކައުތެރިކަމެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިފައިވާ މީހާއަށް އެއްވެސް ގެއްލުމެއް ދެވޭނީ ކާކަށް ހެއްޔެވެ؟ އެކަން ކުރެވޭނެ މިހަކު މިދުނިޔޭގައި ހުންނާނެ ހެއްޔެވެ؟  

Jundab ibn Abdullah reported: The Messenger of Allah, peace and blessings be upon him, said,

“Whoever performs the dawn prayer will be under the guardianship of Allah. Thus, let not one of you be held to account for his guardianship in any way. For if Allah seeks recompense for his guardianship in any way, Allah will achieve it and the violator will be thrown on his face in the fire of Hell.”

Source: Ṣaḥīḥ Muslim 657 

ތިބާޢަކީ މުޅި ދުވަހު ﷲ ތަޢާލާގެ ރައްކައުތެރިކަމުގައި ހުރެވިދާނެ މީހެކެވެ. އެއީ ޢާންމުކޮށް އެންމެންނަށް ﷲ ތަޢާލާ ހުޅުއްވަވައިލައްވަވާ ފުރުޞަތެކެވެ. ކޮށްލަން ޖެހޭ ހަމައެކަނި ކަމަކީ ޖަމާޢަތުގައި ފަތިސް ނަމާދުކޮށްލުމެވެ. ޖަމާއަތުގައި ފަތިސް ނަމާދު ކުރީމާ މުޅި ދުވަހު އެމީހާ ހުންނާނީ ﷲ ތަޢާލާގެ ބެލެހެއްޓެވުމުގެ ދަށުގައެވެ. ﷲ ތަޢާލާގެ ބެލެނިވެރިކަމުގެ ދަށުގައެވެ. އެހެންކަމަށްވާއިރު އެމީހާއަށް އިތުރު އެއްވެސް މީހެއްގެ ބެލެނިވެރިކަން ބޭނުމެއް ނުވާނެއެވެ.   

މީސަތަކުންނޭވެ! އަހަރެމެންނަށް ބޭނުންވާ ރައްކައުތެރިކަމާއި ހިމާޔަތް މިހާ ފަސޭހައިން ލިބެން އޮތް އިރުވެސް އެކަމަށް އަހަރެމެން މިވަނީ ޣާފިލުވެފައެވެ. ﷲ ތަޢަލާގެ ރައްކައުތެރިކަން ދޫކޮށް އަހަރެމެން ރައްކައުތެރިކަން ހޯދަން މި މަސައްކަތް ކުރަނީ ﷲ ތަޢާލާ އުފެއްދެވި ހަމަ ތިބާ ފަދަ އިންސާނުންގެ ކިބައިންނެވެ. ބޮޑީ ގާޑުންނާއި ހަތިޔާރުގެ ބޭނުންކޮށްގެންނެވެ!  

ނިކަން ބުނެ ބަލާށެވެ! މިއީ ކޮން ގޮތަކުން ދެކޮޅު ޖެހޭ ކަމެއް ހެއްޔެވެ؟ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް