އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔަވީ ބޭނުމެއް ޙާޞިލުކުރަން ގަދައަވީގަވިޔަސް، ވެހޭވާރޭގަވިޔަސް ކިޔޫގަ ހުރެވޭ! ދާއިމީ ސުވަރުގެ ވައްދަވައިދެއްވެވުން އެދި ދަންނަވަން ލިބޭ އެންމެ ފަހިފުރުޞަތުގެ ބޭނުމެއް ނުހިފާ!

ދުނިޔަވީ ބޭނުމެއް ޙާޞިލުކުރަން ގަދައަވީގަވިޔަސް، ވެހޭވާރޭގަވިޔަސް ކިޔޫގަ ހުރެވޭ! ދާއިމީ ސުވަރުގެ ވައްދަވައިދެއްވެވުން އެދި ދަންނަވަން ލިބޭ އެންމެ ފަހިފުރުޞަތުގެ ބޭނުމެއް ނުހިފާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

އަބަދުހެން މިފެންނަނީ ދުނިޔަވީ ބޭނުންތަކަށް އެދި ފޯމްލާން ކިޔޫގައި ޖެހިގެން ނުވެސް ނިދާ ހޭލައިތިބިތަނެވެ. އެކަމަށް އޮންނަ އެދުން ބޮޑުކަމުން އެއީ ބުރަކަމަކަށްވެސް ނުވެއެވެ. އެކަންވަނީ ކުރާހިތުން އުފަލުން ކުރާ ކަމަކަށެވެ. 

ކިޔޫގައި ހުރެގެން ލާފޯމަށް ކިތަންމެ ބޮޑު، ރީތި، ފެންވަރު ރަނގަޅު ފްލެޓެއް ލިބުނު ނަމަވެސް އެއީ ހަމަ ވަގުތީކަމެކެވެ. އެފްލެޓުގައި ދިރިއުޅެވޭނީ ދާދިކުޑަކުޑަ ހިނދުކޮޅަކަށެވެ. މަލަކުލްމައުތު  ވަޑައިގެން މަރުހިއްޕަވަންދެންނެވެ. 

މަރުހިއްޕެވުމަށް ދެން އޮތީ ޓްރިލިއަން ފަހަރު ޓްރިލިއަން ކިޔައިގެންވެސް އަދަދު ނުކުރެވޭނެ ދުވަހުގެ ވާހަކައެވެ. ދުވަހަކުވެސް ނިމުމެއް ނުވާ ޙަޔާތުގެ ވާހަކައެވެ. ނަރަކަ ނުވަތަ ސުވަރުގޭގައި ތިބެންޖެހޭނެ ދުވަހުގެ ވާހަކައެވެ. ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ލިބޭނެ ޢަޛާބުގެ އިމެއްނެތެވެ. ސުވަރުގެ ވަދެވިއްޖެނަމަ ލިބޭނެ ޘަވާބުގެ އިމެއް ނެތެވެ. 

އެހެންވެ މީސްތަކުން ސުވަރުގެ ވައްދަވަން ބޭނުންފުޅުވެވޮޑިގަންނަވާތީ ﷲ ތަޢާލާ ދެއްވަވާ ދައުވަތުގެ ތަނަވަސްކަން ނިކަން ދެކިބަލާށެވެ. އެއީ ފްލެޓަށް ފޯމު ބަލައިގަންނަފަދައިން 3 ދުވަހުން ފޯމުބަލައިގެން ނިމޭގޮތަކަށް ނޫނެވެ. އިންސާނާ ދުނިޔެގައި ހުރިހާ ދުވަހަކަށް ދެމިގެންދާ ފުރުޞަތެކެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ކޮންމެރެއަކު އެ ވަޙީކުރައްވަވަނީއެވެ! "ތިމަންއިލާހަށް ދުޢާކުރާނީ ކާކުހެއްޔެވެ؟ އެމީހަކަށް އިޖާބަކޮށްދެއްވާހުށީމެވެ. ތިމަންއިލާހުގެ ކިބައިން ކަމަކަށް އެދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް ދެއްވާހުށީމެވެ. ތިމަންއިލާހުގެ ކިބައިން ފާފަފުއްސެވުން އެދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް ފާފަ ފުއްސަވައި ދެއްވާހުށީމެވެ." 

ދެން ނިކަން ބުނެބަލާށެވެ! މުހިންމުކަން ބޮޑަށް ދޭންވީ ކޮންކަމަކަށް ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ މިއީ ކިޔޫގައި ޖެހެންވެސް ޖެހޭ ކަމެއް ނޫނެވެ. ރޭގަނޑުގެ ފަހުބައިގަ ނިދީން ހޭލަންވީއެވެ. ވުޟޫކޮށްލައިގެން އެންމެ 2 ރަކްއަތް ނަމަވެސް ނަމާދެއްކޮށްލަންވީއެވެ. ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ދެއްވެވުން އެދި ދުޢާކޮށްލަންވީއެވެ. 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

(يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ فَيَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ وَمَنْ يَسْأَلُنِي فَأُعْطِيَهُ وَمَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ) متفق عليه. 

މާނައީ: "އަޅުގަނޑުމެންގެ ރައްބު ތަބާރަކަ ވަތަޢާލާ ރޭގަނޑުގެ ފަހުބައިކަމަށްވާ ތިންބައިކޮށްފައި އެއްބަޔަށްވުމުން( ތިންބައިކޮށްފައި ދެބައިނިމުމުން) ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވައެވެ. އަދި ވަޙީކުރައްވައެވެ. ތިމަންއިލާހަށް ދުޢާކުރާނީ ކާކުހެއްޔެވެ؟ އެމީހަކަށް އިޖާބަކޮށްދެއްވާހުށީމެވެ. ތިމަންއިލާހުގެ ކިބައިން ކަމަކަށް އެދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް ދެއްވާހުށީމެވެ. ތިމަންއިލާހުގެ ކިބައިން ފާފަފުއްސެވުން އެދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް ފާފަ ފުއްސަވައި ދެއްވާހުށީމެވެ."

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް