އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު ހޫނުގަދަވެ ގައިން ފައިބާ ދަލުން ފެންގަނޑުބޮޑުވެ އެއްބައަކު ޣަރަޤްވަމުންދާއިރުގައިވެސް އުސް މިންބަރުތަކުގަ ބައަކު ތިބޭނެ! އަރަން ބޭނުންތަ؟

ޤިޔާމަތް ދުވަހު ހޫނުގަދަވެ ގައިން ފައިބާ ދަލުން ފެންގަނޑުބޮޑުވެ އެއްބައަކު ޣަރަޤްވަމުންދާއިރުގައިވެސް އުސް މިންބަރުތަކުގަ ބައަކު ތިބޭނެ! އަރަން ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ޤިޔާމަތް ދުވަހު ހޫނު ގަދަވެ މީސްތަކުންގެ ގައިން ފައިބާ ދަލުން ބޮޑު ފެންގަނޑެއް ހެދޭނެކަމާއި އެފެންގަނޑުގައި ބައަކު ޣަރަޤުވޭވެ ތިބޭނެކަން އެބަ އެނގެއެވެ. އެޙާލަތުގައި ބައަކު ހަމަ އުފަލުގައި އުސް މިންބަރުތަކުގައި ތިބޭނެއެވެ.  

އަދި މީސްތަކުން ސުވަރުގެ ވެއްދެވުމަށްފަހު އެމީހުންގެ ޝަރަފުގައި ﷲ ތަޢާލާ ޖާފަތެއް ދެއްވަވާނެތެވެ. އެޖާފަތުގައި އެއްބައަކު ގޮމަކަސްތޫރީގެ ވެލިގަނޑުމަތީގައި ތިބޭނެއިރު އަނެއް ބައަކު ތިބޭނީ އުސް މިންބަރުތަކުގައެވެ. މިންބަރު އުސްވާނީ އެމީހާ ކުރި ހެޔޮ ޢަމަލުތަކުގެ މައްޗަށެވެ.  

މީސްތަކުންނޭވެ! ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ މަދު ދުވަސްކޮޅު މަސައްކަތްކުރަންވީ ކާފިރުން ބުނާ ގޮތަށް ޢަމަލުކުރުމުން ދުނިޔޭގެ ޖަމާއަތްތަކުންދޭ މެޑެލް ލިބިގަތުމަށް އުސް ސްޓޭޖަކަށް އެރުމަކަށް ނޫނެވެ. ގަދައަޅައި މަސައްކަތްކުރަންވީ ކީރިތި ޤުރްއާނަށް ޢަމަލުކޮށްގެން މިބަޔާން ކުރި ދެ ޙާލަތުގައި އުސް މިންބަރަށް އެރުމަށެވެ.  

ފަންސާސް ހާސް އަހަރަށް ދެމިގެންދާ ޤިޔާމަތް ދުވަހު ތިބާއަށް އުސް މިންބަރެއްގައި އިނދެވިއްޖެނަމަ ލިބޭނެ އުފާ ހިތަށް ގެންނާށެވެ! އަދި ހަމައެފަދައިން ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވީ އަޅުންނަށް ދެއްވަވާ ޖާފަތުގައި ތިބާއަށް އުސް މިންބަރަކަށް އަރައި އިނުމުގެ ފުރުޞަތު ލިބިއްޖެނަމަ އެކަންވާނީ ކިހައިބޮޑު ރަހްމަތަކަށްކަން ހިތަށް ގެންނާށެވެ! ތިބާއަށް ސުވަރުގެއިން ދެއްވަވާނެ މަތިވެރިޖައާއިމެދު ވިސްނައިލާށެވެ! އެކަންކަމަށް ވިސްނައި ޢަމަލުކުރަން އޮތް ދުވަހަކީ މިއަދެވެ. މާދަމާއެއް ނޫނެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް