އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަތިބި އިންޑިއާގެ 51 ސިފައިން އަނބުރާ ފޮނުވާލާފައި

ރާއްޖޭގަތިބި އިންޑިއާގެ 51 ސިފައިން އަނބުރާ ފޮނުވާލާފައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ރާއްޖޭގަތިބި އިންޑިއާގެ ސިފައިންގެތެރެއިން 51 ސިފައިން އަނބުރާ ފޮނުވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، ރާއްޖޭގެ 3 ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ދިޔައީ ހަރަކާތްތެރިވަމުންކަމަށާއި މި 3 ޕްލެޓްފޯމުގެ ތެރެއިން 2 ތަނެއްގައި ތިބި އިންޑިއާގެ 51 ސިފައިން އަނބުރާ ފޮނުވާލާފައިވާކަމަށެވެ. އަދި ސަރުކާރުން ކުރިންވެސް ހާމަކުރައްވާފައިވާގޮތަށް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހުރިހާ ސިފައިން އަނބުރާ ޤައުމަށްދާނެކަމަށެވެ.

"މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 ފައިބައިގެން ދިޔަ. މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިއުން އެއީ ސަރުކާރުން އަދި އެކަން އޮތް ގޮތަކީ. އެހެންވީމަ މެއިމަހުގެ 10 ވާންވާއިރަށް ރާއްޖޭގައި ތިބި ހުރިހާ ސިފައިން ފައިބައިގެންދާނެ." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި 3 ޕްލެޓްފޯމުގައި ތިބި ހުރިހާ އިންޑިއާ ސިފައިން ހުކުރު ދުވަހުގެ ނިޔަލަށް އަނބުރާ ޤައުމަށް ދިއުމާއެކު، އެކަމާގުޅޭ އިތުރު ތަފްޞީލު ސަރުކާރުން ހާމަކުރައްވާނެކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު