އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާއެކު ސަރަހައްދީ ގިނަ އެވޯޑްތަކެއް ރާއްޖެ ޙާސިލްކޮށްފި

އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާއެކު ސަރަހައްދީ ގިނަ އެވޯޑްތަކެއް ރާއްޖެ ޙާސިލްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާއެކު ސަރަހައްދީ ގިނަ އެވޯޑްތަކެއް ރާއްޖެ ޙާސިލްކޮށްފިއެވެ.

އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ކުރިއަށް ދިޔަ ވޯލްޑް ޓްރެވެލް އެވޯޑު ހަފްލާގައި ރާއްޖެ އަށް ވަނީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ލިބިފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީގެ ބައިން އެވޯޑް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

ރާއްޖެއަށް ލިބުނު އެވޯޑްތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޓޫރިޒަމް، އިބްރާހީމް ފައިޞަލާއި އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އައިޝާ ނޫރައިން ޖަނާޙާއި އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ފާޠިމަތު ތައުފީޤް އަދި ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލްއެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބުނު  މިއީ ހަތަރުވަނަ އަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ