އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީސީސީން ކުދި އަދި މެދުފަންތީގެ 6،000 އަށްވުރެ ގިނަ ވިޔަފާރިތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފި

ބީސީސީން ކުދި އަދި މެދުފަންތީގެ 6،000 އަށްވުރެ ގިނަ ވިޔަފާރިތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުދި އަދި މެދުފަންތީގެ 6،000 އަށްވުރެ ގިނަ ވިޔަފާރިތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެކޯޕަރޭޝަނުން އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފިއެވެ.

ބީސީސީގެ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުންފުނީގެ ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މި މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނަށް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމަށް އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ފިހާރައެއް ހުޅުވުމާއި ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް ހޯދައިދީ، ތަހުލީލު ކުރެވޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް އުފައްދާފައިވާ އެސްއެމްއީ ހަބާއި ސީޑް ބައި ބީސީސީފަދަ ތަންތަން ހިމެނޭކަމަށް ބަޔާނުގައިވެއެވެ.

ހަމައެއައިއެކު ބީސީސީގެ ލަފާދާރީ ޚިދުމަތްތަކުން ރާއްޖޭގެ ކުދި ފަންތިއާ މެދުފަންތީގެ 6،000 އަށްވުރެ ވިޔަފާރިތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދީފައިވާކަމަށާއި މުސްތަޤުބަލުގައި ކޯޕަރޭޝަންގެ މަސައްކަތްތައް ބައްޓަންވާނީ އިޤްތިޞާދީގޮތުން އެހީތެރިކަން ފޯރުކޮށް ނުދެވި ހުރި ދާއިރާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެންކަމަށް ބީސީސީ ވަނީ ބުނެފައެވެ. 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީ އުފައްދާފައިވަނީ ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިއާބެހޭ ޤާނޫނުގެ ދަށުން 2017 ވަނަ އަހަރުއެވެ. އެ ކޯޕަރޭޝަނަށް 7 އަހަރުވެފައިވާއިރު، ބީސީސީ އުފެދުނީވެސް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަޤުޞަދުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު