އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން މީހުންނަށް ދެރަދީ ހިތްދަތިކޮށްފަ ކައިވެނިކުރާނަމަ އެންމެ އެދޭވަޤުތު ބައިވެރިޔާ ގެއްލި ހިތާމަކުރަންޖެހުމަކީ ވަރަށް ގިނަ މީހުންނަށް މެދުވެރިވާކަމެއް!

އެހެން މީހުންނަށް ދެރަދީ ހިތްދަތިކޮށްފަ ކައިވެނިކުރާނަމަ އެންމެ އެދޭވަޤުތު ބައިވެރިޔާ ގެއްލި ހިތާމަކުރަންޖެހުމަކީ ވަރަށް ގިނަ މީހުންނަށް މެދުވެރިވާކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

[ޙަޔާތުގެ ބައިވެރިޔާ ގެއްލެން ނުވަތަ ވަކިވާން ދިމާވިޔަސް އަދި ވަޒީފާ ގެއްލުނަސް އެންމެ ފުރަތަމަކަމަކަށްވެސް ގިނަ މީހުންނަށް ކުށްވެރިކުރެވެނީ ކޮންމެވެސް މީހެކެވެ. ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ.

ދުނިޔޭގައި މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކަށްބަލާއިރު ޢާންމުގޮތެއްގައި މިބުނި ފަދަ މައްސަލަތައް ކުރިމަތިވާ މީހުންގެ 80 އިންސައްތަ މީހުންނަށް އެފަދަ ޙާލަތުތައް ކުރިމަތިވެފައި އޮންނަނީ އެމީހެއްގެ އިހްމާލުންނެވެ. ނުވަތަ ކުރެވޭ ކުށަކުންނެވެ.

މިހެން ބުނުމުން ބައެއް މީހުންނަށް އެކަން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. މިޘާލަކަށް ވަޒީފާގައި ތިމާ ތެދުވެރިވިން ކަމަށް ބުނެފާނެއެވެ. މިޙާލަތުގައި ބަލަންޖެހޭނީ ހަމައެކަނި ވަޒީފާއަކަށް ނޫނެވެ. އެއްވެސް މީހަކަށް ޚިޔާނާތްތެރިވެފައިވާނެ ކަމާއިމެދުވެސް ވިސްނާލަންވާނެއެވެ.

ހަމައެފަދައިން ތިބާއަކީ ބައިވެރިޔާއަށް ވަފާތެރި މީހަކު ކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ވިސްނާލަން ޖެހޭނެ ކަމަކީ ލޯބިވެގެން ނުވަތަ އެނޫންވެސް އެފަދަ ގުޅުމެއްގެ ތެރެއިން އެއްވެސް މީހަކަށް އެއްވެސް ދެރައެއް ދީފައިވާނެތޯއެވެ.

މިފަދަ ކޮންމެ ގޮތަކުން ތިމާއަށް ކުށެއް ކުރެވިފައިވީނަމަވެސް އެކަމުގެ ޝަޒާ އެމީހަކަށް ލިބުމަކީ ނުވާނެ ކަމެއްކަމަށް ދެކެގެން ނުވާނެއެވެ. އަދި ވަރަށް ގިނަ ފަހަރު ދެރަވެ ހިތާމަކުރަންޖެހޭފަދަ ކަންކަން މެދުވެރިވަނީ އެމީހަކަށް އެންމެ ހިތްދަތިވާނެ ގޮތަށެވެ. ހިތްދަތިކަން އެންމެ ބޮޑުވާނެ ވަޤުތުތަކުގައެވެ.

ވީމާ އަހުރެންގެ އިލްތިމާސަކީ އަބަދުވެސް ތެދުވެރިވުމެވެ. އިޚްލާޞްތެރިކަން އިތުރުކުރުމެވެ. އިޚްލާޞްތެރި އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އެއްވެސް މީހަކަށް މިދުނިޔޭގައިވެސް ކަރުނައަޅާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް