އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް ވަރީގެ ބާރު އަނބިމީހާއަށް ދިނުން- ކުރެވޭ މޮޔަކަމެއް! ހެދޭ ބޮޑު ގޯހެއް!

ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް ވަރީގެ ބާރު އަނބިމީހާއަށް ދިނުން- ކުރެވޭ މޮޔަކަމެއް! ހެދޭ ބޮޑު ގޯހެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ވަރިކުރުމުގެ ޤަޞްދު ނެތި ކަންކަމާއި ވަރިއާއި ނާޅުވާށެވެ! އެއީ އަނބިމީހާ އާއި ވަރިޙަވާލުކުރުން ފަދަ ކަމެކެވެ. ވަކިކަމަކާއި އަޅުވައި އަނބިމީހާ އާއި ވަރިޙަވާލުކުރުމަށްފަހު އެބަސް އަނބުރައި ނުގެންނަހައި ހިނދަކު އެބާރު އެވަނީ ފިރިމީހާއަށް ގެއްލިފައެވެ.

މިޘާލަކަށް ވަކިމީހަކަށް މެސެޖްކޮށްފިއްޔާ ނުވަތަ ވަކިމީހަކާ އަނގައިން ބުނެފިނަމަ ވަރިވާނެކަމަށް ފިރިމީހާ ބުނެފައިވަނިކޮށް އެމީހަކަށް މެސެޖްކޮށްފިނަމަ، އަދި އަނގައިންބުނެފިނަމަ ވަރިވާނެއެވެ. އެވަރި ވާނީ ހަމަ ޞައްޙަ ވަރިއަކަށެވެ.

މިޙާލަތަށް ބަލައިފިނަމަ އެމީހަކަށް މެސެޖްކޮށްގެން ވަރިވުމުގެ އިޚްތިޔާރު އަނބިމީހާއަށް ދެވެނީއެވެ. އެއީ ޢަމަލުކުރަން ރަނގަޅުގޮތެއް ނޫނެވެ. ވަރިކުރުން ބާއްވަންޖެހޭނީ އެކުގައި ދިރިއުޅެވޭނެ އެއްވެސް މަގެއް ނުފެނުމުން ދެން ކުރާ (އެންމެފަހު) ކަންތަކުގެ ގޮތުގައެވެ. އަދި އެކަމުގެ ބާރު އަބަދުވެސް ބާއްވަންޖެހޭނީ ތިމާގެ އަތުގައެވެ!

އަނބިން އިޞްލާޙްކުރަން ދައްކަންވީ ވަރީގެ ބިރެއް ނޫނެވެ. ވަރީގެ ބިރުދެއްކުމަކީ ބިރުކެނޑޭނެ ކަމެކެވެ. އެހެންވެ އެންމެ ބުއްދިވެރި ގޮތަކީ ވަރިކުރުމުގެ ވާހަކަ ނުދެއްކުމެވެ. އެއީ ދެން އެހެން ގޮތެއް ނެތުމުން ކުރާ ކަންތައް ކަމުގައި ހެދުމެވެ.

ނަމަވެސް ބައެއް މީހުންނަށް ޢަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ކިތަންމެ ކުޑަކުޑަ ކަމަކާއި ހިތްހަމަނުޖެހުނަސް ދެއްކެނީ ވަރީގެ ވާހަކައެވެ. އެނުބައި އާދަދޫކޮށްލާށެވެ!

--އަލަފް / މިއަދުނޫސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް