އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮ ޢަމަލުކުރަން ބުނެ ފޮނުވާ މެސެޖަކުން ގޮހޮރު ބޭރަށް ނެރެގެން ނަރަކައިގަ އެނބުރެންޖެހޭ މީހަކަށްވާން ޖެހިދާނެ!

ހެޔޮ ޢަމަލުކުރަން ބުނެ ފޮނުވާ މެސެޖަކުން ގޮހޮރު ބޭރަށް ނެރެގެން ނަރަކައިގަ އެނބުރެންޖެހޭ މީހަކަށްވާން ޖެހިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 48 ސިކުންތު

ސޯޝަލް މީޑިއާ ޢާންމުވެ މެސެޖްކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމަކަށްވުމުން މިހާރަކަށް އައިސް ހުކުރު ދުވަހާއި ގުޅިގެން އެކަކު އަނެކަކަށް އެބަ ތަފާތު މެސެޖްތައް ފޮނުވަމުއެވެ. އެއީ ބާޠިލްކަމެއް ނަމަވެސް ތަހުނިޔާވެސް އެބަކިޔަމުއެވެ. އަދި ހުކުރު ދުވަހު ކުރުން މުހިންމު އަޅުކަންތައް ކުރަން ހަދާންވެސް އެބަކޮށްދެމުއެވެ. އަޅުކަންކުރަން ހަނދާންކޮށްދިނުމަކީ ކިތަންމެހައިވެސް ރަނގަޅު ކަމެކެވެ. 

ނަމަވެސް ތިމާ އެކަންކަން ކުރަމުންނެވެ. ނޫންނަމަ ގޮހޮރު ބޭރަށް ނެރެގެން ހިމާރެއް ފަދައިން ނަރަކައިގައި އެނބުރެންޖެހޭ މީހުންގެ ތެރެއިން ހިމެނިދާނެއެވެ. އެއީ މީސްތަކުން ގާތު ހެޔޮ އަމަލުތައްކުރަން ބުނެ، އެއަމަލުތައް ތިމާ ނުކުރާތީއެވެ. 

عَنْ أُسَامَةَ بْنِ زَيْدٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ يُؤْتَى وَسَلَّمَ

بِالرَّجُلِ يَوْمَ الْقِيَامَةِ فَيُلْقَى فِي النَّارِ فَتَنْدَلِقُ أَقْتَابُ بَطْنِهِ فَيَدُورُ بِهَا كَمَا يَدُورُ الْحِمَارُ بِالرَّحَى فَيَجْتَمِعُ إِلَيْهِ أَهْلُ النَّارِ فَيَقُولُونَ يَا فُلَانُ مَا لَكَ أَلَمْ تَكُنْ تَأْمُرُ بِالْمَعْرُوفِ وَتَنْهَى عَنْ الْمُنْكَرِ فَيَقُولُ بَلَى قَدْ كُنْتُ آمُرُ بِالْمَعْرُوفِ وَلَا آتِيهِ وَأَنْهَى عَنْ الْمُنْكَرِ وَآتِيهِ

3094 صحيح البخاري كتاب بدء الخلق باب صفة النار وأنها مخلوقة

2989 صحيح مسلم كتاب الزهد والرقائق باب عقوبة من يأمر بالمعروف ولا يفعله وينهى عن المنكر ويفعله 

Usamah ibn Zayd reported: The Messenger of Allah, peace and blessings be upon him, said,

 “A man will be brought on the Day of Resurrection and cast into the Hellfire, and his intestines will pour forth in Hell. He will go around them  as a donkey around a millstone. The people of Hell will gather around him and say: What has happened to you? Were you not enjoining good and forbidding evil? He will say: Of course, I used to enjoin good but I did not practice it myself, and I used to forbid evil but I practiced it myself.”

Source: Ṣaḥīḥ al-Bukhārī 3094, Ṣaḥīḥ Muslim 2989

Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim  

މިޙަދީޘްފުޅުގައި އެވަނީ މި ބަޔާންކުރެވު ފަދަ މީހުންގެ ވާހަކައެވެ. ވީމާ ފުރަތަމަ ތިމާއަކީ ހެޔޮ ޢަމަލުތައްކުރާ މީހަކަށްވާށެވެ! ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވާ، ޞަލަވާތް ކިޔެވުން ގިނަކުރާ، ޢާއިލާއަށް ހެޔޮކޮށްހިތާ، ޢާއިލާ އާއިއެކު ވަޤުތު ހޭދަކުރާ، ލިބޭ މިންވަރުން ޞަދަޤާތްކުރާ މީހަކަށްވާށެވެ! 

ހުކުރު ދުވަހުގެ ވާހަކައިން މިޘާލު ބަޔާންކުރިނަމަވެސް ޚުލާޞާއަކީ ހެޔޮ ޢަމަލުތައް ކުރަން މީސްތަކުންގެ ގާތުގައި ބުނެފައި އެކަން ނުކުރާނަމަ ޙަދީޘްފުޅުގައިވާ ފަދައިން ޢަޛާބުލިބޭނެ މީހަކަށްވާންޖެހިދާނެކަމެވެ. ވީމާ ފުރަތަމަ ކަމަކަށް ތިމާއަކީ ހެޔޮ ޢަމަލުތައްކުރާ މީހަކަށްވުމުގެ މުހިންމުކަން ބޮޑުކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް