އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅަށް ބުލީކުރާނަމަ އެކަމުން ސަލާމަތްވެހުންނަން ދަރިފުޅަށް މިކަންކަން ވިސްނައިދިނުމަކީ ދެވޭނެ އެންމެ ކާމިޔާބު ކައުންސިލިންގ- އިން ޝާ ﷲ

ދަރިފުޅަށް ބުލީކުރާނަމަ އެކަމުން ސަލާމަތްވެހުންނަން ދަރިފުޅަށް މިކަންކަން ވިސްނައިދިނުމަކީ ދެވޭނެ އެންމެ ކާމިޔާބު ކައުންސިލިންގ- އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 2 ސިކުންތު

ދަރިފުޅާއެވެ! އެކުދިން ދަރިފުޅާ ދިމާކޮށް ފުރައްސާރަކޮށް ދެރަބަސްބުނާތީ ކަންބޮޑުނުވާށެވެ! ﷲ ތަޢާލާ އަކީ ބައެއްގެ ތަނަވަސްކަން ބޮޑުކަމުން ނުވަތަ ބައެއްގެ ޢަދަދު ގިނަކަމުން ނަބްރުދެއްވަވާ އިލާހެއް ނޫނެވެ. ﷲ ތަޢާލާ ނަޞްރު ދެއްވަވާނީ ޙައްޤަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަންއަދާކުރާ އަޅުންނަށެވެ. އަދި ކޮންމެ ކަމަކަށް ބޭނުންވިޔަސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވިޑިގެންވެއެވެ.  

ދެން އޮތީ ދަރިފުޅަށް ގޯނާކުރާ ކުދިންނަށް ތަނަވަސްކަން ލިބުނު ގޮތާއި އެކުދިން ކިޔަވަން މޮޅުވާ ގޮތަށް ބަލައިލުމެވެ. އެކުދިންގެ މައިންބަފައިންނަށް ތަނަވަސްކަން ދެއްވެވީވެސް އަދި އެކުދިން ކިޔަވަން މޮޅުވަނީވެސް އެކުދިންގެ ބާރަކު ނޫނެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ.   

ދަރިފުޅަކީ މިހާރުވެސް ކިޔަވަން މޮޅުކުއްޖެކެވެ. ﷲ ތަޢާލާ އިރާދަކުރެއްވެވީމާ އަހަރެމެންނަށްވެސް ތަނަވަސްކަން ދެއްވަވާނެއެވެ. އެކުދިންގެ މައިންބަފައިންނާއި އެއްވަރަށް ތަނަވަސްކަން ނެތްނަމަވެސް އަހަރެމެންވެސް މިއުޅެނީ ހަމަ ބޭނުންތައް ފުއްދައިގެން ނޫންހެއްޔެވެ؟  

ދެން އޮތީ އެކުދިން ދަރިފުޅަށް ދެރައެއް ދީފާނެތީ ބިރުނުގަތުމެވެ. އެކުދިން ކީއްކުރަން ހެއްޔެވެ؟ ދުނިޔޭގެ ހުރިހާ ކުދިން އެއްވިޔަސް ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ނޫނީ ދަރިފުޅަށް އެއްވެސް ދެރައެއް ނުދެވޭނެއެވެ. އަދި އެކުދިންގެ ތަނަވަސްކަން ބޭނުންކޮށްގެން ސްކޫލުގެ ހުރިހާ ކުދިންގެ ރުހުން ހޯދިޔަސް، ހުރިހާ ކުދިން އެކުދިންނަށް ވާގިވެރިވާން އުޅުނަސް ﷲ ތަޢާލާ އިރާދާކުރެއްވެވުމުން ނޫނީ ލިބޭނެ އެއްވެސް މޮޅެއްވެސް ނުއޮންނާނެއެވެ. 

ދަރިފުޅާއެވެ! ދަރިފުޅު ކުރަން އޮތް ފުރަތަމަ ކަމަކީ އެންމެ ނަމާދެއްވެސް ނުއަޅައި ނަމާދުކުރުމެވެ. ނަމާދުކޮށްގެން ޛިކުރުކޮށް ދުޢާކުރުމެވެ. ހުރިހާ އެންމެންގެ ހުރިހާ ނުބައިކަމަކުން ސަލާމަތްކަން ލިބިގަނެގެން ހުންނަން ކިޔަންހުރި ޛިކުރުތައް މިހާރުވެސް ދަރިފުޅަށް އެނގޭނެއެވެ. ކިޔަވާށެވެ!  

ދެންއޮތީ އެކުދިން ދަރިފުޅަށް ބަލާ މައްސަލައެވެ. ކަޅިއަޅާ މައްސަލައެވެ. އެކުދިންނާއި ދިމާއަށް ދަރިފުޅު ނުބެލީމާ އެކުދިން ކުރާ ކަންތައްތަކެއް ނުފެންނާނެއެވެ. އެކުދިންނާއި ކައިރިނުވެ ދުރުގައި ހުންނަން މަސައްކަތްކުރާށެވެ. އެއިރުން ކިޔާ އެއްޗެތި އަޑެއް ނުއިވޭނެއެވެ. ދަރިފުޅަށް އަޑުއިއްވައިގެން އެއްޗެއް ބުނެގެން ދަރިފުޅު އެއްޗެއް ބުނަން ބޭނުންވެއްޖެނަމަ ﷲ އަކްބަރު ކިޔާށެވެ! އެއިރުން ދަރިފުޅަށް އެބުނެވެނީ އެންމެ މަތިވެރިވަންތައީ ﷲ ތަޢާލާއެވެ. އެންމެ ބޮޑީ ﷲ ތަޢާލާއެވެ.  

ދަރިފުޅާއެވެ! ނަޞްރުލިބުން ވަނީ ކެތްތެރިވުމާއެކީގައިކަން ދަންނާށެވެ. އަދި ސަލާމަތްވުން ވަނީ ދަތިއުނދަގުލަށްފަހުގައިކަން ދަންނާށެވެ. އަދި ހަމަކަށްވަރުން ދަތިކަމަކަށް ފަހު ލުއިފަސޭހަކަންއާދެއެވެ.  

ދަރިފުޅާއެވެ! ދަރިފުޅުނު ނިކަމެތިވީމާ ދަރިފުޅުގެ އެކުވެރިން މަދުވުމަކީ މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ ދަރިފުޅާއިއެކު ވޮޑިގެންވާނެ މަގު މިކިޔައިދިނީއެވެ. ދަރިފުޅާއެވެ! އަހުރެމެން ކޮންމެ މީހަކާއިއެކުވެސް ﷲ ތަޢަލާވަނީ މަލާއިކަތުންތަކެއް ލައްވަވައިފައެވެ. ދަރިފުޅާއިއެކުގައިވެސް ތިއްބަވާނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދަރިފުޅަށް ލިބޭނެ ގޮތަށް ދަރިފުޅު އުޅުނީމާ ދަރިފުޅަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ދަރިފުޅާއިއެކު ﷲ ތަޢާލާ ދަރިފުޅާއިއެކު ލައްވަވާފައިވާ މަލާއިކަތުން އެކަމަކުން ދަރިފުޅު ސަލާމަތްކުރައްވަވާނެތެވެ. އެކުދިންނަކަށް އެއްވެސް ދެރައެއް ނުދެވޭނެއެވެ.  

މިލިޔުން ލިޔެފައިއެވަނީ ތިރީގައިވާ ޙަދީޘްފުޅުން އެނގެންހުރި ކަންކަމުގެ މައްޗަށް ބަލައިގެންނެވެ. މިއީ މުޖުތަމަޢުގައި ބޮޑުވެފައިވާ މައްސަލައަކަށްވުމުން ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުންނެވެ. މިފަދަ ކަންކަމުގައި ކުރަންޖެހޭ ޝަކުވާތައް ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅިނަމަވެސް އެންމެ މުހިންމީ ބެލެނިވެރިންގެ މަސައްކަތެވެ. އަދި މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ކުދިންނަށްވެސް ދެވޭނެ އެންމެ ބޮޑު ކައުންސިލިންގއަކީ މަތީގައި ބަޔާންކުރި ކަންކަން އެކުދިންނަށް ވިސްނައިދިނުމެވެ. އެކަންކުރެވިއްޖެނަމަ އެކުދިން ތިބޭނީ ޘާބިތުކަންމަތީގައެވެ. ބުލީކުރަންއުޅޭ ކުދިންނަށްވެސް ދައްކާނީ އުފާވެރި މޫނެކެވެ. އިން ޝާ ﷲ   

މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ.  އެއްދުވަހަކު މާތް ނަބިއްޔާ صلى الله عليه و سلم ގެ ފަހަތްޕުޅުގައި ތިމަންކަލޭގެފާނު ވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިމަންކަލޭގެފާނު ދަރިފުޅަށް ބަސްތަކެއް ދަސްކޮށެދެއްވާހުށީމެވެ. ދަރިފުޅު ﷲ އަށް ރައްކާތެރިވާށެވެ. ( އެބަހީ އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވާށެވެ. ) އޭރުން ﷲ ތިބާ ރައްކަތެރިކުރައްވާނެއެވެ. ( އެބަހީ އޭނާގެ ދީނާއި އޭނާގެ ދުނިޔެވީ ދިރއުޅުމާއި ހަށިގަނޑުވެސްމެވެ. ) އޭރުން ތިބާގެ ކުރިމަތީގައި ﷲ ވާފަދައެވެ. ( އެބަހީ އަބަދުވެސް އެދޭ އެދުމެއް ފުއްދަވައިދެއްވާނެއެވެ. ) ތިބާ ކަމަކަށް އެދޭނަމަ ﷲ ގެ ހަޟުރަތުން އެދޭށެވެ. އަދި ތިބާ މަދަދާއި ވާތްގަށް އެދޭނަމަ ﷲ ގެ ހަޟުރަތުން މަދަދާއި ވާތްގަށް އެދޭށެވެ. އަދި ތިބާ ދަންނާށެވެ. މުޅި އުއްމަތް އެއްވެގެން  ތިބާއަށް މަންފާއެއް ހޯދައިދޭން މަސައްކަތްކުރިޔަސް ﷲ ތިބާޔަށްޓަކައި ލިޔުއްވާފައިވާ ކަމެއްމެނުވީ ތިބާޔަކަށް ނުލިބޭނެއެވެ. އަދި އެ އެންމެން އެއްވެގެން ތިބާޔަށް ގެއްލުމެއްދޭން މަސައްކަތްކުރިޔަސް ﷲ ތިބާގެމައްޗަށް ލިޔުއްވާފައިނުވާ ގެއްލުމެއް އެބައިމީހުންނަކަށް ނުދެވޭނެއެވެ. ﷲ ތަޢާލާ ( ލަޥްޙުލް މަޙްފޫޡުގައި ) ލިޔުއްވި ލިޔުއްވުން ނިމި ގަލަން އުފުލިއްޖެއެވެ. އަދި ޞަފްޙާތައް ހިކިއްޖެއެވެ. ( އެބަހީ އެއިލާހުގެ ނިންމެވުމަކަށް ބަދަލެއްނާންނެއެވެ. )  

މާނައީ: އަދި ( ތިރްމިޒީގެ ރިވާޔަތްނޫން  ) އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. " ތިބާ ﷲ އަށް ރައްކާތެރިވާށެވެ. އޭރުން ﷲ ތިބާގެ ކުރިމަތީގައި ވާފަދައެވެ. އަދި ތިބާ ހެޔޮޙާލުގައި ފުރިހަމަ ޞިއްޙަތުގައިވާއިރު ﷲ ގެ ޙައްޤުތައް އަދާކުރާށެވެ. އޭރުން ތިބާ ދަތިޙާލުގައި ބަލިޙާލުގައި އޮންނައިރު ﷲ އެކަން ދެނެވޮޑިގެންވާނެއެވެ. އަދި ތިބާއަށް ދިމާވާ ކަންތައްތައް ތިބާއަކަށް ދުރުކޮށްނުލެވޭނެއެވެ. އަދި ތިބާއަށް ނުލިބި އޮތްކަމެއް ތިބާއަށް ހޯދައިވެސް ނުގަނެވޭނެއެވެ. ( އެބަހީ ކޮންމެ ކަމެއްވެސް ވަނީ ﷲ ތަޢާލާ ޤަރަދުކުރައްވައި ނިންމަވާފައެވެ. އެކަލާނގެ ޤަދަރުފުޅުގައިވާ ގޮތުގެ މަތިން ހުރިހާކަމެއްވެސްވާނެއެވެ. އެޔަކަށް ބަދަލެއް ނާންނާނެއެވެ. ) އަދި ނަޞްރުލިބުން ވަނީ ކެތްތެރިވުމާއެކީގައިކަން ދަންނާށެވެ. އަދި ސަލާމަތްވުން ވަނީ ދަތިއުނދަގުލަށްފަހުގައިކަން ދަންނާށެވެ. އަދި ހަމަކަށްވަރުން ދަތިކަމަކަށް ފަހު ލުއިފަސޭހަކަންއާދެއެވެ. "

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް