އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ވާގިނެތި އެނދުމަތިވެފައި އޮވެގެންވެސް ޛިކުރުކުރުން ގިނަކުރި އަންހެނަކަށް ކުއްލިއަކަށް އާދައާ ޚިލާފް ގޮތަކަށް ޝިފާލިބުނު ގޮތުގެ ވާހަކަ-!

ޢިބްރަތްތެރި ވާހަކަ: ވާގިނެތި އެނދުމަތިވެފައި އޮވެގެންވެސް ޛިކުރުކުރުން ގިނަކުރި އަންހެނަކަށް ކުއްލިއަކަށް އާދައާ ޚިލާފް ގޮތަކަށް ޝިފާލިބުނު ގޮތުގެ ވާހަކަ-!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

އެއްވެސް މީހަކު ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރާނަމަ އެމީހަކަށް ރަޙްމަތް ލެއްވެވުމުގައި އިމެއް ނުއޮވެއެވެ. ޢަޖައިބުކުރުވަނިވި އެތައް ގޮތަކުން ކަންކަން ހިންމަވައި ދެއްވަވައެވެ. ތިރީގައި އެވަނީވެސް އެފަދަ ކަމެއް މެދުވެރިވި މީހެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!  

އަޅުގަނޑުގެ މަންމައަކީ ވަރަށް އާދައާ ޚިލާފް ތަޖުރިބާއެއް ކުރަންލިބުނު އަންހެނެކެވެ. މަންމަ ވާގިނެތި އެނދުމަތިވީ ލިބިފައިތިބި 4، 6، 8 އަހަރުގެ 3 ދަރިން ގޮވައިގެން އެކަނި އުޅެނިކޮށެވެ.  އަޅުގަނޑުމެންނަށް ކާނެއެތިކޮޅުދީ އެހީތެރިވީ އަވަށްޓެރިންނެވެ. ސްކޫލަށް ގެންގޮސް ގެނެސްދިނީވެސް އަވަށްޓެރިންނެވެ. މަންމައަށް ޝިފާލިބުނީ އެއްވެސް ބޭހެއް ކޮށްގެނެއް ނޫނެވެ. ތަނަވސްކަން ނެތުމުން ބޭސްފަރުވާ ނުކުރެވުނީއެވެ.  

ދެން މިކިޔައިދެނީ މަންމައަށް ޝިފާލިބެން މެދުވެރިވި ގޮތެވެ!  

މަންމަ އެހާލުގައި އެނދުގައި އޮވެގެންވެސް ނަމާދުކުރެއެވެ. ޛިކުރުކުރުން ހުއްޓައިނުލައެވެ. އަބަދުވެސް އޮންނާނީ ހެޔޮއެއްޗެއް ކިޔާލަކިޔާލައެވެ. އެހާލުގައި އޮންނަތާ އަހަރުވާން ކައިރިވެފައިވަނިކޮށް އެއްރޭ ފެނުނީ ހުވަފެނެކެވެ. ހުވަފެނުގައި އިވުނީ އަޑެކެވެ. "ތެދުވާށެވެ! ތާހިރުވެ ވުޟޫކޮށްގެން އައިސް އަވަހަށް ސަޖިދަކުރާށެވެ!"  

ސިއްސައިގެން ގޮސް ހޭލެވުމާއިއެކު މަންމައަށް ބޭއިޚްތިޔާރުގައި ނަމަވެސް ތެދުވަން މަސައްކަތްކުރެވުނެވެ. މަސައްކަތްކުރުމުން ތެދުވެވުނެވެ. ފައިބަން މަސައްކަތްކުރުމުން އެނދުން ފޭބުނެވެ. ހިނގައިގަންނަން އުޅުމުން ހިނގައިގަނެވުނެވެ.  

މަންމައަށް ލިބުނު އުފާވެރިކަން ކިތަންމެހައި ބޮޑު ނަމަވެސް ކުއްލިއަކަށް އެކަންކަން މެދުވެރިވުމުން ބިރުންހުރެ މަޑުމަޑުމަޑުން ހިނގަމުން ގޮސް ފާޚާނާއަށްވަދެ ފެންވަރައި ވުޟޫކޮށްގެން އައިސް އަވަސްއަވަހަށް ދަމުނަމާދުކުރީއެވެ. ފަތިހު އަހަރެމެންނަށް ހޭލެވުނުއިރު މަންމަ ރީތިކޮށް ގޭތެރޭގައި ހިނގާ އުޅެއެވެ.  

މިހާރު މަންމަގެ ފަސް ދަރިން އެބަ ތިއްބެވެ. ލޯބިން މަންމައަށް ޚިދުމަތްކުރާ ފިރިއަކު އެބަހުއްޓެވެ. 7 މާމަދަރިން އެބަތިއްބެވެ. އެންމެންވެސް މިއުޅެނީ މަންމަ ގާތުގައި މަންމަގެ ގޭގައެވެ. ދަރިންނާ ދަރިންގެ ފިރިންނާ މަންމަގެ މިހާރުގެ ފިރިމީހާ (ދޮންބައްޕަ)ގެ މަސައްކަތުން ގެވެސް އެހުރީ އުޅެވޭނެ ވަރަށް އަޅައިފައެވެ. އިން ޝާ ﷲ  

މަންމަގެ ވަޞިއްޔަތް:  

އަޅުގަނޑުމެން އެންމެންވެސް މިއަދުނޫހުގައި ލިޔާ ދީނީ ވާހަކަތަކާއި ޢިބްރަތްތެރި ވާހަކަތަކުގެ ސިލްސިލާ ކިޔަމެވެ. މަންމަވެސް ކިޔައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން މަންމަ ބޭނުންވަނީ ބަލިޙާލުގައި އެނދުމަތިވެފައި އޮންނަން ޖެހިއްޖެ ނަމަ ފިކުރުކުރަން ނުހަދާށެވެ! ޛިކުރުކުރުން ގިނަކުރާށެވެ! އެ ފުރުޞަތަކީ ޛިކުރުކުރަން ލިބުނު ފުރުޞަތަކަށް ހަދާށެވެ. ފައިދާކުރާނީ އެއިރުންނެވެ. ފިކުރުކުރާވަރަކަށް ބަލި ދާނީ ބޮޑުވަމުންނެވެ.  

ޝިފާ ލިބުން ވަނީ ޤުރްއާނުންނެވެ. ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ލިބުންވަނީ ﷲ ހަނދުމަކުރުމުން ކަމަށް އޮތް ބަސްފުޅަށް ޢަމަލުކުރާށެވެ.  

- ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް