އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތުރުވެރިއަކު ކަމުގައިވީނަމަވެސް ބަންގީގެ އަޑު އިވި ޢުޛުރަކާ ނުލާ އޭނާ ނަމާދަށް ނުގޮސްފިނަމަ އޭނާއަށް ނަމާދެއް ނުވެއެވެ.-

ދަތުރުވެރިއަކު ކަމުގައިވީނަމަވެސް ބަންގީގެ އަޑު އިވި ޢުޛުރަކާ ނުލާ އޭނާ ނަމާދަށް ނުގޮސްފިނަމަ އޭނާއަށް ނަމާދެއް ނުވެއެވެ.-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 1 ސިކުންތު

ބަންގިގޮވަން ފެށުމުން މިސްކިތަސްއަރާ މީހުންގެ ޢަދަދާއި އެއަޑު އިވުނު ކަމަށްވެސް ނުހަދައި ދުރަށްދާ މީހުންގެ ޢަދަދު މިސްކިތްތައް ކައިރީގައި ހުއްޓިހުރެގެން ނިކަން ބަލައިލަބަލާށެވެ! ލޮލުން ކަރުނައެޅޭނެއެވެ. މިއަދު އެގޮތަށް ދެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭ ވަޤުތު ދެފައި ހިރުވައިވެސް ނުލެވޭނެއެވެ.

މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله އާ ސުވާލު ދެންނެވުނެވެ.

"ދަތުރެއްގައި ވަނިކޮށް ބަންގީގެ އަޑު އިވުމުން އަހުރެންގެ މައްޗަށް ވާޖިބުވެގެންވަނީ މިސްކިތުގައި ނަމާދުކުރުން ހެއްޔެވެ؟ އަހުރެން މަޑުކޮށްގެން ހުންނަތަނުގައި ނަމާދުކުރުމުން ރަނގަޅުވާނެ ހެއްޔެވެ؟"

ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ.

"ތިބާ މަޑުކޮށްގެން ހުންނަ ތަނުގައި ހުއްޓާ ބަންގީގެ އަޑު އިވިއްޖެނަމަ ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ މިސްކިތަށް ޙާޟިރުވުމެވެ. މިސްކިތުގެ ޖަމާޢަތް ދޫކޮށްލުމުގެ ހުއްދަދެއްވުން އެދި ނަބިއްޔާ عليه الصلاة والسلام ގެ އަރިހަށް ދިޔަ މީހަކަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«هَلْ تَسْمَعُ النِّدَاءَ بِالصَّلَاةِ؟» قَالَ: نَعَمْ، قَالَ: «فَأَجِبْ» [رواه مسلم (653)]

މާނައީ: "ބަންގީގެ އަޑު އިވޭ ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. "އާއެކެވެ." ޙަދީޘްކުރެއްވިއެވެ. “ފަހެ (ބަންގިއަށް) އިޖާބަ ދޭށެވެ."

އަދިވެސް ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِهِ، فَلَا صَلَاةَ لَهُ، إِلَّا مِنْ عُذْرٍ» [رواه ابن ماجه (793)، وصححه الألباني في صحيح وضعيف سنن ابن ماجه]

މާނައީ: "ބަންގީގެ އަޑު އިވިފައި، ފަހެ ޢުޛުރަކާ ނުލާ އޭނާ ނަމާދަށް ނުގޮސްފިނަމަ އޭނާއަށް ނަމާދެއް ނުވެއެވެ."

މި ޙުކުމަކީ ދަތުރުވެރިންނަށް ޚާއްޞަ ޙުކުމެއްކަން އަންގައިދޭނެ ދަލީލެއް ނެތެވެ. އެއީ މިސްކިތަށް ޙާޟިރުވުމަށް، ދަތުރުގެ މަސްލަހަތާ ފުށުއަރާފަދަ ޢުޛުރެއްވާ ޙާލަތެއްގައި މެނުވީއެވެ. އެއީ މިސާލަކަށް އަރާމުކުރުމަށް ނުވަތަ ނިދުމަށް ބޭނުންޖެހިފައިވުމުގެ ސަބަބުން ނިދުމަށްޓަކައި އޭނާ މަޑުކޮށްގެން ހުންނަ ތަނެއްގައި ނަމާދުކުރުމެވެ. ނުވަތަ މިސްކިތަށް ދިއުމުން އިމާމު ލަސްވުމުން ޤަމަތް ދިނުން ލަސްވެ، ފުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ނުދެވި ދަތުރު ފާއިތުވެދާނެކަމުގެ ބިރުއޮތް ނަމައެވެ. ނުވަތަ މިނޫންވެސް މިފަދަ ޙާލަތްތަކުގައެވެ."

[مجموع فتاوى ورسائل الشيخ ابن عثيمين (١٥ / ٤٢٢)]

 

މަސްދަރު: ދިސަލަފިއްޔާ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް