އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސް ބައިވެރިއަކަށް ދަހިވެތިވެ ބައިވެރިޔާ ބާކީކޮށްލައި ހިތުގަ ޖައްސުވާ މީހުން މިކަންކަމަށް ވިސްނައިލާނެ ނަމަ އެކަމެއް ނުކުރާނެ! އިން ޝާ ﷲ

ތަނަވަސް ބައިވެރިއަކަށް ދަހިވެތިވެ ބައިވެރިޔާ ބާކީކޮށްލައި ހިތުގަ ޖައްސުވާ މީހުން މިކަންކަމަށް ވިސްނައިލާނެ ނަމަ އެކަމެއް ނުކުރާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ދުނިޔޭގެ ހުރިހާ ބޭނުންތަކެއް ފުދިގެން އުޅޭ ދެމަފިރިއެއްގެ ގާތުގައި ސުވާލުކޮށްލި ނަމަވެސް ދިރިއުޅުމުގައި މައްސަލަތަކެއް އެބަހުރިކަމަށް ބުނާނެއެވެ. ޝަކުވާތަކެއް ކުރާނެއެވެ. އެހެން އެވަނީ ތަނަވަސްކަން އިތުރުވާވަރަކަށް އަދި އެއަށްވުރެ ގިނައިން ބޭނުންވާތީއެވެ. ﷲ ތަޢާލާ ތިމާމެންނަށް ދެއްވަވާފައިވާ މިންވަރަށް ޝުކުރުވެރިނުވެވޭތީއެވެ. 

ކޮންމެ ދެމަފިރިއަކުވެސް ހަނދާނުގައި ބަހައްޓަންވީ ދުނިޔޭގައި ހޭދަކުރާ ޙަޔާތަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫންކަމެވެ. އަދި އެއީ ދާދިކުޑަކުޑަ ހިނދުކޮޅެއްގެ ކަމެއްކަމެވެ. ނިކަން ވިސްނައިލަބަލާށެވެ! އެވްރެޖް ޢުމުރަކީ 70 އަހަރު ކަމަށް ބެލިނަމަވެސް އެއީ ކޮންއެއްޗެއް ހެއްޔެވެ؟ ހަމައެކަނި އާޚިރަތް ދުވަހަށް ބެލިނަމަވެސް އެއީ 50،000 އަހަރުގެ އެންމެ ދުވަހެކެވެ. 

އެހެންކަމަށްވާއިރު އުޚުރަވީ ޙަޔާތުގެ ދިގުމިނަށް ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ ޙަޔާތް އެހައިކުރެވެ. ބަރުޒަޚުގައި ހޭދަކުރަންޖެހޭ ޙަޔާތުގެ ދިގުމިނަކީ ޤިޔާމަތްވުމާއި ހަމައަށެވެ. ޤިޔާމަތްވުމަށްފަހު ދެން އޮތް ޙަޔާތަކީ ނިމުމެއް ނެތް ޙަޔާތެކެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެ ހިތާމަތައް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ތަނަވަސްކަމަށް ހެއްލެވި ތަނަވަސް ދިރިއުޅުމަކަށް ބަދަލުވާން ބޭނުންވެގެން ކައިވެނި ރޫޅާލަމުން ގެންދާތީއެވެ. ބައެއްފަހަރު ފިރިހެނުންނެވެ. އަނެއްބައި ފަހަރު އަންހެނުންނެވެ. 

ތަނަވަސް ދިރިއުޅުމަކަށް ދަހިވެތިވެގެން ބައިވެރިޔާއަށް އެހައި ބޮޑު އަނިޔާއެއް ތިއަދެނީ ލިބޭ ތަނަވަސްކަމުގައި ކިހައިދުވަހަކު ދުނިޔޭގައި އުޅެވޭނެކަމަށް ބަލައިގެން ހެއްޔެވެ؟ އެވްރެޖް ޢުމުރަކީ 70 އަހަރުކަމަށް ބެލިނަމަވެސް އެއިގެ މާކުރިން ދުނިޔެ ދޫކުރަންޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! ދުނިޔޭގެ ތަނަވަސްކަމަށް އެދި އެކަމުގެ ދަހިވެތިކަމުގަ ބައިވެރިޔާއަށް އަނިޔާވެރިނުވާށެވެ! ހިތުގައި ނުޖައްސާށެވެ! ކަރުނައަޅަން ނުޖައްސާށެވެ! އާޚިރަތް ލިބިގަންނަން ދެމަފިރިން އެކުގައި ކުރާ މަސައްކަތްތައް ގިނަކުރާށެވެ! ސުވަރުގެއާއި ސުވަރުގޭގެ ނިޢުމަތްތައް މާތަނަވަސްވެފައި މާފުރިހަމަވާނެއެވެ. އެކަންކަމަށް ދަހިވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް