އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިހުރި ނަމަވެސް މަރުވެފައިތިބޭ މީހުންނަކީ ކޮންބައެއްކަން އެނގޭހެއްޔެވެ؟

ދިރިހުރި ނަމަވެސް މަރުވެފައިތިބޭ މީހުންނަކީ ކޮންބައެއްކަން އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

އަހަރެމެން މީހަކު ދެކެ ލޯބި ވެއްޖެނަމަ އަބަދު މިދައްކަނީ އެމީހެއްގެ ވާހަކައެވެ. އަބަދު ކުރަނީ އެމީހެއްގެ ހަނދާންތަކެވެ. ފެނުނުހައި ބައެއްގެ ކައިރީގައި އެމީހެއްގެ މޮޅު ވާހަކަތައް ދައްކަމުއެވެ. ރީތި ވާހަކައާއި ކޮށްދޭ ކަންކަމުގެ ވާހަކަވެސް ދައްކަމުއެވެ. އެމީހަކަށްޓަކައި ނުކުރާ ކަމެއްވެސް ނުބާއްވަމުއެވެ.

ނަމަވެސް އަހަރެމެންނަށް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވައި އަހަރެމެންގެ އެންމެހައި ކަންކަން ބަލަހައްޓަވައި ދެއްވަވާ ﷲ ތަޢާލާގެ މަތިން އަހަރެމެން ހަނދާނެއް ނުކުރަމުއެވެ. ވީއިރު މިކުރެވެނީ ކޮންފަދަ ބޮޑު ކުށެއް ހެއްޔެވެ؟ ހަމައެކަނި ދުނިޔަވީ ނަޒަރަކުން އެކަނި ބަލައިލި ނަމަވެސް މިއީ އިންޞާފުގެ ކުޑަކުޑަ މިންވަރެއްވެސް ހިމެނޭ ގޮތެއް ހެއްޔެވެ؟

"ﷲ ތަޢަލާގެ މަތިން ހަނދުމަ ނުކުރާ، ޛިކްރް ނުކުރާ މީހާ އާއި ޛިކްރް ކުރާ މީހާ އާއި އަޅައި ބަލައިފިނަމަ ތަފާތަކީ ދިރިހުރި މީހާ އާއި މަރުވެފައިވާ މީހާގެ ތަފާތެވެ." މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.

ހަމަ އެކަނި މި ޙަދީޘްފުޅަށް ވިސްނާލާފައިވެސް ނިކަން ބުނެބަލާށެވެ! ދިރި ތިބެމެ އަހަރެމެންގެ ތެރެއިން މަރުވެފައި ތިބީ ކިތައް މީހުން ހެއްޔެވެ. މީސްތަކުންނޭވެ މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭނެ ކަމެކެވެ.

ފުރަތަމަ ކަމަކީ މަރުވުމަކީ ކުރިމަތިލާން ޖެހޭނެ ކަމެއް ނަމަވެސް އެއްވެސް މީހަކު މަރުވުމަކަށް ނުއެދޭނެއެވެ. ވީއިރު ދިރި ހުރި ނަމަވެސް މަރުވެފައިވާ މީހަކުކަމުގައި ވުމަށް ޙަޤީޤަތުގައި އެދޭނީ ފަހެ ކާކު ހެއްޔެވެ؟ ނަމަވެސް އަހަރެމެންގެ ފަރުވާ ކުޑަކަމުންނާއި ޖާހިލުކަން ބޮޑުކަމުން އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މިއަދު ދިރި ތިބި ނަމަވެސް މަރުވެފައިވާ ބައެއް ފަދަ ބައެކެވެ.

އެމީހަކަށް ﷲ ތަޢާލާ ހަނދުމަ ނެތިއްޖެ ނަމަ، އެމީހަކު ﷲ ތަޢާލާ އަށް ޛިކްރް ނުކުރާނަމަ އެމީހަކު ދިރި ހުރި ނަމަވެސް އެމީހެއްގެ ހިތް އެވަނީ މަރުވެފައެވެ. އެމީހާގެ ހިތަކީ މަރުވެފައިވާ ހިތެކެވެ. ހިތަކީ ތިމާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. އެއިރުން އެ ނާޒުކު ގުނަވަން ބަދަލުވެގެން އެދަނީ ހަރު ހިލަގަނޑަކަށެވެ. ކީއްވެގެން ހެއްޔެވެ؟ އެހިތަކީ ﷲ ތަޢާލާ އާއި ގުޅުން ކެނޑިފައިވާ ހިތަކަށްވާތީއެވެ.

ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ހިތަށް ޛިކްރަކީ މަހަށް ފެން ބޭނުންވާ ފަދައިން ބޭނުންވާ އެއްޗެކެވެ. ފެން ނުލިބިއްޖެނަމަ މަސް ދިރި ތިބޭނެ ހެއްޔެވެ؟ ހަމަ އެފަދައިން ޛިކްރް ނުކުރާ މީހާގެ ހިތަކީވެސް އެއްވެސް ދިރުމެއް ލިބިގެންވާ ހިތެއް ނޫނެވެ.

ނިކަން ވިސްނައިބަލާށެވެ! ވެރިއެއްގެ ކިބައިން ކަމެއް ބޭނުންވެއްޖެނަމަ އަހަރެމެންނަށް ސިޓީ ބިޓީތައް ފޮނުވަން ޖެހެއެވެ. ފޯނުކުރަން ޖެހެއެވެ. އެހެނިހެން ކަންކަން ކުރަން ޖެހެއެވެ. އުނދަގޫ ކުރިވަރަކުން ނޫނީ ވެރިމީހާއަށް ހަނދާނެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާ އަހަރެމެން ދެކެ ލޯބިވެވޮޑިގަތުން މާބޮޑެވެ. 7 އުޑުމަތީގައި ޢަރްޝީގައި ވޮޑިގެންވާ ﷲ ތަޢާލާ އާއި މުޢާމަލާތުކުރުމުގެ މަގު މާ ފަސޭހައެވެ. އަހަރެމެން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ﷲ ތަޢާލާ އަހަރެމެންގެމަތިން ހަނދުމަފުޅު ކުރައްވަވާނެތެވެ. އަހަރެމެންގެ ހިތާއި ﷲ ތަޢާލާ އާއި މިވަނީ ގުޅިލާމެހިފައެވެ. މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީ އެވެ.

"ފަހެ، ތިއަބައިމީހުން ތިމަން ﷲ ހަނދުމަކުރާށެވެ! އެއިރުން ތިމަން ﷲ ތިއަބައިމީހުން ހަނދުމަކުރައްވަވާ ހުށީމެވެ. އަދި ތިމަން ﷲ އަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ. އަދި ތިމަން ﷲ އަށް ތިއަބައިމީހުން ކާފިރް ނުވާށެވެ." (ބަޤަރާ ސޫރަތުގެ 152)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޖިކްރް ކުރުމަށް ވަކިތަނަކަށް ދާކަށް ނުޖެހޭނެއެވެ. ވުޟޫ ވެސް ކުރާކަށް ނުޖެހެއެވެ. އެމީހަކު ހުރި ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރަންވީއެވެ. ވީއިރު މިމަތިވެރި އަޅުކަން ކުރުން ގިނަކުރާށެވެ. ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ޛިކްރް ކުރުމަކީ ސުވަރުގޭގެ ތަޅުދަނޑިއެވެ. އެހެނީ ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހާ ހުންނާނީ ސީދާ މަގުގައެވެ. އަދި އެކަމުގެ ސަބަބުން އެމީހާގެ ސާބިތުކަން ދާނީ އިތުރުވަމުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް