އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދަށް ބަލާއިރު މިއަހަރަކީ ފަތުރުވެރިކަމުގަ ކާމިޔާބު އަހަރެއް! އިން ޝާ ﷲ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދަށް ބަލާއިރު މިއަހަރަކީ ފަތުރުވެރިކަމުގަ ކާމިޔާބު އަހަރެއް! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދަށް ބަލާއިރު މިއަހަރަކީ ފަތުރުވެރިކަމުގަ ކާމިޔާބު އަހަރެކެވެ. މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %12.3 އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރޭ ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ މިދިޔަ 2 އަހަރާއި އަޅާބަލާއިރުވެސް މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންއަންނަކަމަށާއި އެގޮތުން މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 798610 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 711،402 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %12.3 އިތުރުވުމެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 604730 ފަތުރުވެރިންނެވެ.

ރާއްޖެއިން ދަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ އެވޯޑްތަކެއް ހޯދަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ރާއްޖެއިން ވަނީ ޝަރަފުވެރި 4 ކެޓަގަރީ އަކުން އެވޯޑް ޙާސިލްކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު