އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖުކޯޓާ އިތުރުކުރެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް މިގެންދަނީ ކުރަމުން- އުންމީދު އެބައޮތް! އިންޝާ ﷲ

ޙައްޖުކޯޓާ އިތުރުކުރެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް މިގެންދަނީ ކުރަމުން- އުންމީދު އެބައޮތް! އިންޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު

ދެން ތިޔަބޭފުޅުންގެ ހިތްޕުޅުގަ އުފެދޭނެ ސުވާލެއް އެއީ ނޫސްވެރިންވީމަ ހާއްސަކޮށް ޙައްޖު ކޯޓާއެއް އިތުރު ވާނެ ހެއްޔޭ؟ ހައްޖާ ބެހޭ ވާހަކަ އައީމަ އަންނާނެ ސުވާލެއް މީ. އެހެންމަ ތިބޭފުޅުން އަޅުގަނޑުގެ ވާހަކަ ނިންމާފަ ސުވާލަށް ހުޅުވާލުމުގެ ކުރިންވެސް އަޅުގަނޑު ބޭނުން މިއަށް ޖަވާބެއް ދީފަ ބާއްވަން. ތިބޭފުޅުން ކުރަން ނިންމައިގެން އޮންނާނެ ސުވާލެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ މިސުވާލަކީވެސް މީ.  

ޙައްޖު ކޯޓައެއް އިތުރު ކުރުމަށްޓަކާ ރައީސުލް ޖުމްހޫރިއްޔާގެ ފަރާތް ޕުޅުން ވަރަށް ގިނަ މަސެއްކަތް ކުރިއަށް އެބަ ގެންދަވާ. ސައިދިއަރަބިއްޔާއަށް މިހާރު ސިޓީފުޅެއްވެސް ވަނީ ފޮނުއްވާފަ. އެމަނިކުފާނު އެ ކުރައްވާ މަސެއްކަތް އިސްލާމިކް މިނިސްޓްރީގެ ފަރާތުންވެސް ވަރަށް ގާތުން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެބަ ބަލަން. ޙައްޖު މިނިސްޓްރީއާވެސް ވާހަކަ އެބަ ދައްކަމު.  

މީގަ ފާހަގަ ކޮށްލަންޖެހެނީ ކޯޓާގެ ކަންތައްތައް އިތުރު ކުރުމާއި މި ކަންކަން މި އޮންނަނީ ކުރީގަ އޮންނަ ގޮތަކަށްއް ނޫންމިހާރު. ސައުދިއަރަބިއްޔާވެސް މިހާރު ވަރަށް ބޮޑަށް ނިޒާމެއްގެތެރެއިން ކަންކަން ކުރަނީ. އެތާގަ އެކޮމޮޑޭޓް ކުރެވޭ ވަރަށް މިނާ، އަރަފާތު އަދި މައްކާގަ ހުންނަ ހޮޓާތަކަށް އެކޮމޮޑޭޓް ކުރެވޭ އަދަދު ނޫން ގޮތަކަށް މިހާރު ކަންތަކެއް ކުރިއަކަށް ނުދޭ. އަޅުގަނޑު ސީދާ ޙައްޖު މިނިސްޓަރާ މަޝްވަރާކުރިން. ޙައްޖު ޑެޕިއުޓީ މިނިސްޓަރާ މާޝްވަރާ ކުރިން. އެބޭފުޅުން ވިދާޅުވީ ޙައްޖު ގާތްވީމަ އެކި ޤައުމުތަކަށް ދީފަ އޮންނަ ކޯޓާ، ބޮޑެތި ޤައުމުތަކުން ބޭނުންކުރާ އަދަދު ސާފުވެގެން ދާނެއެވެ. ބައެއް ޤައުމުތަކުން އެ ޤައުމުތަކަށް ދީފަ އޮންނަ އަދަދަށް މީހުން ބޭނުން ނުކުރެއެވެ.  

މިސާލަކާށް އޮވެދާނެ ޤައުމަކަށް 5ލައްކައެއްހާ މީހުން، އެ ޤައުމެއްގެ އާބާދީއަށް ބަލާފަ މި އޮންނަނީ ދީފަ. ނޫނީ 3 ލައްކަ މީހުން ނުވަތަ އެއްލައްކަ މީހުންގެ ކޯޓާ އެއް ދީފަ އޮންނަ ޤައުމަކުން މިސާލަކަށް ބޭނުންކުރަނީ ސީދާއެއަދަދެއް ނޫން. އިޤްތިޞަދީ އެކި ސަބަބުތަކާހުރެ މީހުންނަށް ޙައްޖަށް ނުދެވި ޖާގަ ހުސްވަނީ. މިސާލަކާށް 50000 މީހުން ބޭނުންކުރީ ކޯޓާއެއް އެއްލައްކަ ޖާގަ އޮތް ޤައުމެއްގަ. އެހެން ވެއްޖެއްޔާ ބާކީ އަދަދު ބޭނުމެއް ނުކުރެއޭ. އެހެންމަ ބަކީ އެ އޮންނަ އަދަދު، އެމީހުން ރިކުއެސްޓްކޮށްފަ އޮންނަ ރިކުއެސްޓްތަކަށް، އެކި ޤައުމުތަކަށް މި ބަހާލަނީ. 

އެމީހުން ބުނަނީ އެއެއް މި އެނގެނީ ޙައްޖު ގާތްވީމައޭ މި އެނގެނީ، ޙައްޖު ގާތްވީމައޭ މި އެނގެނީ ޤައުމުތަކުން އެ ކޯޓާ ބޭނުން ނުކުރާކަން. އެ ހާލަތު އަންނައިރުގަ އިރާދުކުރެއްވިއްޔާމު ޕިޔުރިޓީ ތިމަންނަމެން ދޭނަމޭ ދިވެހި ރާއްޖެއަށްވެސް، މިހާރު އެކަންކަން ހުންނަ ގޮތް އަޅުގަނޑު މި ހިއްސާ ކޮށްލަނީ.  

އަޅުގަނޑު އުއްމީދު ކުރަނީ ކޮންމެސް މިންވަރެއްގެ އިތުރުވުމެއް އަންނާނެއޭ. އެކަމް އެ އިތުރުވުން އަންނާނީ ވަރަށް ގާތްކޮށްފައޭ އަންނާނީ. ކޮންމެސް ވަރެއްގެ އިތުރުވުމެއް އައުމުގެ އިހްތިމާލް އެބައޮތް. ޕޮސިބިލިޓީ އެބައޮތް، އުއްމީދު ކުރެވޭ އެގޮތަށް.     

އެހެންވީމަ އެއީ މިހާރުގެ ހާލަތު އޮތްގޮތް އެއީ އަދި އަމްދުން ކޮވިޑާ ގުޅިގެން މިއައި ހުއްޓުމާ ގުޅިގެން ދިވެހިރާއްޖޭގެ ޙައްޖުގެތެރޭގަ މި ކިޔު ދިގުވެގެން މި ދިޔައީ ކޮވިޑުގެ ސަބަބުން ޙައްޖުނުކޮށް މިދިޔަ މުއްދަތާ ދެން ޙައްޖަށް ހުޅުވާލިއިރުގަ ކޯޓާ ލިބުނު އަދަދު މަދުވީމަ. އެހެން ނޫނިއްޔާ ދިވެހިރާއްޖެއަށް މީގެ 3000 މީހުން ނުވަތަ 4000 މީހުންގެ އިތުރުވުމެއް ނެތި ހަމަ މިކަން ރަނގަޅަށް ތަރުތީބު ވެފަ އޮންނާނީ. މި ދަތިކަން އައިސްފަ މި އޮތީ ޙައްޖަށް މީހުން ނުގެންގޮސް ގިނަ ދުވަސްވެފަ އޮތީމަ. ދެތިން އަހަރު ދިޔައީމަ، 2 އަހަރު ޙާއްޖު މީހުން ބޭރުން ޙައްޖުކުރަން ނުވަދެވި އަނެއްކަ ފަހުން ހުޅުވާލި ފަހަރުވެސް 300، 400 މީހުންނަށް ކަންނޭންގެ ހުޅުވާލީ.  

- މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު